[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިރުކަކީ އެންމެ ބޮޑު ފާފައެވެ

ޝިރުކަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައެވެ. އަދި އެންމެ ހުތުރުކަން ބޮޑު ފާފަވެސް މެއެވެ. ޝިރުކަށްވުރެ ބޮޑު އެހެން އެއްވެސް ފާފައެއް ނުވެއެވެ.

 عَنْ عَبْدِ اللهِ بنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : يَا رَسُولَ اللهِ، أَيُّ الذَّنْبِ أَعْظَمُ ؟ قَالَ : أَنْ تَجْعَلَ للهِ نِدًّا وَهُوَ خَلَقَكَ, قَالَ : قُلْتُ : ثُمَّ أَيٌّ ؟ قَالَ : أَنْ تَقْتُلَ وَلَدَكَ مَخَافَةَ أَنْ يَطْعَمَ مَعَكَ  قَالَ : قُلْتُ : ثُمَّ أَيٌّ ؟ قَالَ : أَنْ تُزَانِيَ حَلِيلَةَ جَارِكَ[1]

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާ ޚަލްޤުކުރެއްވީ ﷲ ކަމަށް ވީޙާލުވެސް އެއިލާހާ އެއްޗެއް އެއްފަދަ ކުރުމެވެ” އިބްނު މަސްޢޫދު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “ދެން ކޮންކަމެއް ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ކާންދޭން ޖެހޭތީ އެކަމުގެ ބިރަށް ތިބާގެ ދަރި މަރާލުމެވެ.” އިބްނު މަސްޢޫދު ވިދާޅުވިއެވެ. “ދެން ކޮންކަމެއް ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަވަށްޓެރިޔާގެ އަނބިމީހާއާއެކު ޒިނޭކުރުމެވެ.”

 عَنْ أَبِي بَكْرَةَ ، عَنْ أَبِيهِ ، قَالَ : كُنَّا عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : ” أَلا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ ؟ ثَلاثًا : الإِشْرَاكُ باللهِ ، وَعُقُوقُ الْوَالِدَيْنِ ، وَشَهَادَةُ الزُّورِ ، أَوْ قَوْلُ الزُّورِ ” ، وَكَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُتَّكِئًا ، فَجَلَسَ فَمَا زَالَ يُكَرِّرُهَا ، حَتَّى قُلْنَا : لَيْتَهُ سَكَتَ .[2]

 އަބީބަކްރާ އެކަލޭގެފާނުގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިބީމެވެ. ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ބޮޑެތި ފާފަތަކުގެ ތެރެއިން އެންމެބޮޑު ފާފައިގެވާހަކަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ޚަބަރުކުރަންހެއްޔެވެ؟ ތިންފަހަރު އެހެން ޙަދީޘްކުރެއްވިއެވެ. ﷲ އާ ޝިރުކުރުމެވެ. އަދި މައިންބަފައިންނާ ދޭތެރޭ ގޯސްކޮށް ކަންތައްކުރުމެވެ. އަދި ދޮގު ހެކި ދިނުމެވެ. ނުވަތަ ދޮގުބަސް ބުނުމެވެ. އޭރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ލެނގިވަޑައިގެންނެވެ. ދެން އެކަލޭގެފާނު އިށިއިނދެވަޑައިގަތެވެ. އެކަލޭގެފާނު އެބަސްފުޅުތައް ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެގޮތަށް ޙަދީޘްކުރެއްވުން ހުއްޓާލާނޭ ނަމައޭ  ތިމަންމެން (ނަފްސަށް) ބުނެފުމަށް ދަންދަނެވެ.

 ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަށް ޝިރުކު ވެގެންދަނީ އަންނަނިވި ކަންތައްތަކުގެ ސަބަބުންނެވެ.

1- އޭގައި ވަނީ އުފެއްދެވި ފަރާތާއި އުފެއްދުން ތައް އެއްގޮތް ކުރުމެވެ. ޚާލިޤާއި މަޚްލޫޤް އެއްގޮތް ކުރުމެވެ. އެހެނީ އެއްވެސް ފަރާތަކާ ﷲ އާ ޝިރުކުކޮށްފި މީހަކު ﷲ ގެ މަޚްލޫޤް ތަކުންގެ ތެރެއިން މަޚްލޫޤަކާ ﷲ އެއްފަދަކޮށްފިއެވެ. މިއީ އަނިޔާވެރިކަމުގެ ތެރެއިން ވާ އެންމެބޮޑު އަނިޔާއެވެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ[3] މާނައީ: “ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ” وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللهِ[4]  މާނަ: “އަދި ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކޮށްގެން އުޅޭބަޔަކު (އެބަހީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރާ ބަޔަކު) މީސްތަކުންގެ ތެރޭގައިވެއެވެ. އެމީހުން އެމީހުންގެ އެޝަރީކުންތަކަށް ﷲ އަށް ލޯބިކުރާފަދައިން ލޯބިކުރެއެވެ.” فَلاَ تَجْعَلُواْ لِلهِ أَندَاداً وَأَنتُمْ تَعْلَمُونَ[5]  “ފަހެ ތިޔަބައިމީހުން ދެނެތިބި ޙާލުގައި އެއިލާހަށް ޝަރީކުންތަކެއް ނުލާށެވެ.”

 (ނުނިމޭ)

 = أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=


[1] البخاري ومسلم

[2] صحيح مسلم

[3] لقمان 13

[4] البقرة ١٦٥

[5] البقرة 22