ސޫރަތުލް އިސްރާ
އިސްރާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް:
1. عَنْ أَبِي لُبَابَةَ، قَالَ: قَالَتْ عَائِشَةُ: ((كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ وَبَنِي إِسْرَائِيلَ)) [رواه الترمذي وصححه الألباني في سلسلة الأحاديث الصحيحة / 641]
މާނައީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން އަބޫ ލުބާބާ ރިވާ ކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ޒުމަރާއި ބަނީ އިސްރާއީލް (އެބަހީ: ޒުމަރު ސޫރަތާއި އިސްރާ ސޫރަތް) ކިޔަވައި ވިދާޅުވެއްޖައުމަށް ދާންދެން ރަސޫލުﷲ صلى الله عليه وسلم އަވަހާރަފުޅުލައްޕަވާ އުޅުއްވާ ކަމުގައި ނުވެއެވެ.”
2. عَنْ العِرْبَاضِ بْنِ سَارِيَةَ: ((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لاَ يَنَامُ حَتَّى يَقْرَأَ المُسَبِّحَاتِ، وَيَقُولُ: فِيهَا آيَةٌ خَيْرٌ مِنْ أَلْفِ آيَةٍ)) [رواه الترمذي وصححه الألباني / 2712]
މާނައީ: ﷲ ރުއްސުންލެއްވި ޢިރްބާޟް ބްން ސާރިޔާގެ އަރިހުން ރިވާވެގެން ވެއެވެ. “މުސައްބިޙާތު[1] ކިޔަވައި ވިދާޅުވެއްޖައުމައް ދާންދެން ރަސޫލުﷲ صلى الله عليه وسلم އަވަހާރަފުޅު ލައްޕަވާ އުޅުއްވާ ކަމުގައި ނުވެއެވެ. އަދި ވިދާޅުވިއެވެ. އެސޫރަތްތަކުގައި އެއްހާސް އާޔަތަށްވުރެ ހެޔޮވެގެންވާ އާޔަތެއް ވެއެވެ.”
=ނުނިމޭ=
މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
__________________________________________
[1] މުސައްބިޙާތުގެ މާނައީ ތަސްބީޙަ ތަކެވެ. ތަސްބީޙައިގެ ސޫރަތް ތަކަކީ “سَبَّحَ” ނުވަތަ “يُسَبِّحُ” ނުވަތަ “سَبِّحُ” ނުވަތަ “سُبْحَانَ” އިން ފެށިފައިވާ ސޫރަތްތަކެވެ. އެއީ އިސްރާ ސޫރަތާއި، ޙަދީދު ސޫރަތާއި، ޙަޝްރު ސޫރަތާއި، ޞައްފު ސޫރަތާއި، ޖުމްޢަތު ސޫރަތާއި، ތަޣާބުން ސޫރަތާއި އަދި އަޢުލާ ސޫރަތެވެ. (ބައްލަވާ: تحفة الأحوذي للمباركفوري / كتاب: فضائل القرآن / باب:…….. / مجلد: 8 / ص: 239 / طبعة: دار إحياء التراث العربي)