[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 8

qurange sooraii thakuge maaiikann

ޔާސީން ސޫރަތް

 

ޔާސީން ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:[1]

1. ((إِنَّ اللهَ تَبَارَكَ وَتَعَالَى قَرَأَ “طه” و”يس” قَبْلَ أَنْ يَخْلُقَ آدَمَ بِأَلْفَيْ عَامٍ، فَلَمَّا سَمِعَتِ الْمَلاَئِكَةُ الْقُرْآنَ قَالُوْا: طوبى لأُمةٍ ينْزِل هَذَا عَلَيْهِمْ، وطوبى لأَلْسنٍ تَتَكَلَّمُ بِهَذَا، وطوبى لأَجْوَافٍ تَحْمِلُ هًذا)) [((منكر)) سلسلة الأحاديث الضعيفة / 1248]

މާނައީ: އާދަމްގެފާނު ހެއްދެވުމުގެ ދެހާސް އަހަރު ކުރިން ﷲ تبارك وَتعالى ޠާހާ ސޫރަތާއި ޔާސީން ސޫރަތް ތިލާވަތު ކުރެއްވިއެވެ. މަލާއިކަތްބޭކަލުންނަށް އެކިޔެވުން އިވިވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އެއުއްމަތެއްގެ މައްޗަށް މި[ސޫރަތް] ބާވާލެއްވޭ ބަޔަކަށް ހެޔޮކަންވެއެވެ! އަދި މި[ސޫރަތް] ކިޔަވާ ދޫތަކަކަށް ހެޔޮކަން ވެއެވެ! އަދި މި[ސޫރަތް] އުފުލާ ހަށިތަކަކަށް ހެޔޮކަން ވެއެވެ!

2. ((مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ “يس” خَفَّفَ اللَّهُ عَنْهُمْ يَوْمَئِذٍ، وَكَانَ لَهُ بِعَدَدِ مَنْ فِيهَا حَسَنَاتٌ)) [((موضوع)) سلسلة الأحاديث الضعيفة / 1246 ]

މާނައީ: “ޤަބުރުސްތާނަކަށް ވަދެ ޔާސީން ސޫރަތް ކިޔަވައިފިނަމަ، މާތްﷲ އެބައިމީހުންނަށް ލުއިކޮށްދެއްވާނެއެވެ. އަދި އެތާގައި ވީ ބަޔެއްގެ ޢަދަދާ އެއްވަރަށް ހެޔޮކަން އެކިޔެވި މީހާއަށް ލިބޭހުއްޓެވެ.”

3. ((إنّ لكلِّ شَيْءٍ قَلْباً وقَلْبُ القُرْآنِ “يس” ومَنْ قَرَأَ “يس” كَتَبَ الله لهُ بِقِرَاءَتِها قِراءَةَ القُرْآنِ عَشْرَ مَرَّاتٍ)) [((موضوع)) ضعيف الترغيب والترهيب / 885]

މާނައީ: ” ކޮންމެ އެއްޗެއްގައިވެސް ހިތެއް ވާކަން ކަށަވަރެވެ. ކީރިތި ޤުރުއާނުގެ ހިތަކީ ޔާސީން ސޫރަތެވެ. ޔާސީން ސޫރަތް ކިޔައިފިމީހާ 10 ފަހަރު ކީރިތި ޤުރުއާން ކިޔެވި ކަމުގައި މާތް ﷲ ލިޔުއްވާނެއެވެ.”

4. ((مَنْ قَرَأَ “يس” ابْتِغَاءَ وَجْهِ الله غَفَرَ الله لَهُ مَا تَقَدَّمَ مِنْ ذَنْبِهِ فَاقْرَؤُوهَا عِنْدَ مَوْتَاكُمْ)) [((ضعيف)) ضعيف الجامع الصغير / 5785]

މާނައީ: “މާތް ﷲގެ ވަޖްހަފުޅު އަދައިގެން، ޔާސީން ސޫރަތް ކިޔަވައިފިމީހާގެ އިސްވެ ދިޔަހާ ފާފައެއް ﷲ ތަޢާލާ ފުއްސަވާނެތެވެ. ފަހެ މަރުވެފައިވާ މީހުންގެގާތު ޔާސީން ސޫރަތް ކިޔަވާށެވެ.”

5. ((مَنْ قَرَأَ “يس” فِى صَدْرِ النَّهَارِ قُضِيَتْ حَوَائِجُهُ)) [((ضعيف)) ضعيف المشكاة المصابيح / 2118]

މާނައީ: “ދުވާލުގެ ކުރީކޮޅު ޔާސީން ސޫރަތް ކިޔަވައިފިމީހާގެ އެންމެހާ ޙާޖަތްތައް ފުއްދަވައިދެއްވޭނެއެވެ.”

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

 __________________________________________

[1] ޔާސީންސޫރަތުގެ މާތްކަމާ ބެހޭގޮތުން ރިވާވެފައިވާ ޙަދީޘްތަކުގެ ތެރެއިން އައްޝައިޚް އަލްބާނީ -رحمه الله- ތަޙްޤީޤް ކުރައްވާފައިވާ އެއްވެސް ޙަދީޘްއެއް ޞައްޙަ ދަރަޖައަށް ވާޞިލްވެފައެއް ނުވެއެވެ.