ފަތްޙު ސޫރަތް، ރަޙްމާން ސޫރަތް އަދި ވާޤިޢާ ސޫރަތް
ފަތްޙު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ޞައްޙަ ރިވާޔަތެއް:
1. عَنْ أَنَسٍ، أَنَّهَا نَزَلَتْ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرْجِعَهُ مِنَ الْحُدَيْبِيَةِ، وَأَصْحَابُهُ يُخَالِطُونَ الْحُزْنَ وَالْكَآبَةَ، وَقَدْ حِيلَ بَيْنَهُمْ وَبَيْنَ مَنَاسِكِهِمْ، وَنَحَرُوا الْهَدْيَ بِالْحُدَيْبِيَةِ، ﴿إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا﴾ إِلَى قَوْلِهِ: ﴿صِرَاطًا مُسْتَقِيمًا﴾ قَالَ: ((لَقَدْ أُنْزِلَتْ عَلَيَّ آيَتَانِ، هُمَا أَحَبُّ إِلَيَّ مِنَ الدُّنْيَا جَمِيعًا)) [رواه أحمد وصححه الألباني في صحيح الجامع / 5121]
މާނައީ: މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. ޙުދައިބިއްޔާއިން ރަސޫލުﷲ صلى الله عليه وسلم އަށް ރުޖޫޢަވެވަޑައިގަންނަވަނިކޮށް އާޔަތް ބާވާލެއްވުނެވެ. އެކަލޭގެފާނުގެ ޞަޙާބީން ތިއްބެވީ ހިތާމައާއި ކީރިތިކުރެއްވުމުގައެވެ. އެބޭކަލުން އަދާކުރައްވަން އެދިވަޑައިގެންނެވި ޢުމްރާގެ އަޅުކަމާ އެބޭކަލުންނާ މެދުވަނީ ހުރަސް އެޅިފައެވެ. އަދި ހުދައިބިއްޔާގައި އެބޭކަލުން ހަދްޔު ކަތިލެއްވިއެވެ. ދެންފަހެ ﴿إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا﴾ އިން ފެށިގެން ﴿صِرَاطًا مُسْتَقِيمًا﴾ ގެ ނިޔަލަށް [އާޔަތް ބާވައިލެވިއްޖެއެވެ.] އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް ދެއާޔަތް ބާވައިލެއްވިއްޖެއެވެ. އެދެއާޔަތަކީ ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑު ދެއާޔަތެވެ.”
ރަޙްމާން ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ޟަޢީފް ރިވާޔަތެއް:
1. ((لِكُلِّ شَيْءٍ عَرُوسٌ وَعَرُوسُ الْقُرْآنِ “الرَّحْمن”)) [((ضعيف)) ضعيف الجامع الصغير / 4729]
މާނައީ: “ކޮންމެ އެއްޗަކަށްވެސް ރީތިކަމާއި ޒީނަތްތެރިކަމެއް ލިބިގެންވެއެވެ. ޤުރުއާނުގެ ރީތިކަމާއި ޒީނަތްތެރިކަމަކީ ރަޙްމާން ސޫރަތެވެ.”
ވާޤިޢާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:
1. ((عَلِّمُوا نِسَاءكُمُ “سُورَةَ الْوَاقِعَةِ” فَإِنَّهَا سُورَةُ الْغِنَى)) [((ضعيف)) ضعيف الجامع الصغير / 3730]
މާނައީ: “ތިޔަބައިމީހުންގެ އަންހެންކަނބަލުންނަށް، ވާޤިޢާ ސޫރަތް އުނގަންނާދޭހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ ފުދުންތެރިކަންވާ ސޫރަތެކެވެ.”
2. ((مَنْ قَرَأَ “سُوْرَةَ الْوَاقِعَةِ” وَتَعَلَّمَهَا لَمْ يُكْتَبْ مِنَ الْغَافِلِيْنَ، وَلَمْ يَفْتَقِرْ هُوَ وَأَهْلُ بَيْتِهِ)) [((موضوع)) سلسلة الأحاديث الضعيفة / 291]
މާނައީ: “ވާޤިޢާ ސޫރަތް ކިޔަވައި އަދި އެއުނގެނި އުޅޭ މީހާ ޣާފިލްވެފައިވާ މީހުންގެ ތެރެއިން ނުލިޔުއްވޭނެތެވެ. އަދި އޭނާއާއި އޭނާގެ އަހުލުން ފަޤީރު ނުވާ ހުއްޓެވެ.”
3. ((مَنْ قَرَأَ “سُورَةَ الْوَاقِعَةِ” في كُلِّ لَيْلَةٍ لَمْ تُصِبْهُ فَاقَةٌ أَبَداً)) [(( ضعيف)) ضعيف الجامع الصغير / 5773]
“.މާނައީ: “ކޮންމެ ރެއަކުމެ ވާޤިޢާ ސޫރަތް ކިޔަވާ މީހަކަށް ދުވަހަކުވެސް ފަޤީރުކަން ވެރިނުވާނެއެވެ
=ނުނިމޭ=