[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 11


qurange sooraii thakuge maaiikann
 ސޫރަތުލް ޙަޝްރު

 

ޙަޝްރު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:

1. ((مَنْ قَالَ حِينَ يُصْبِحُ ثَلاَثَ مَرَّاتٍ: أَعُوذُ بِالله السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ، وَقَرَأَ ثَلاَثَ آيَاتٍ مِنْ آخِرِ سُورَةِ الحَشْرِ، وَكَّلَ الله بِهِ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ حَتَّى يُمْسِيَ، وَإِنْ مَاتَ في ذلِكَ الْيَوْمِ مَاتَ شَهِيداً، وَمَنْ قالَهَا حِينَ يُمْسِي كانَ بِتِلْكَ المَنْزِلَةِ)) [((ضعيف)) ضعيف الجامع الصغير / 5732]

މާނައީ: “މީހަކު ހެނދުނުކުރާހިނދު ތިންފަހަރު ((أَعُوذُ بِالله السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ)) ކިޔައި، އަދި ޙަޝްރު ސޫރަތުގެ ފަހު ތިން އާޔަތް ކިޔައިފިނަމަﷲ ތަޢާލާ، އޭނާ ހަތްދިހަހާސް މަލާއިކަތުންނާ ޙަވާލު ކުރައްވާނެއެވެ. [އެމަލާއިކަތުން] އޭނާގެ މައްޗަށް ދުޢާކުރެވުންމަތީ ހަވީރުވެއްޖެއުމަށް ދާންދެން ތިއްބަވަތެވެ. އަދި އޭނާ އެދުވަހު މަރުވެއްޖެނަމަ އޭނާ ޝަހީދު މަރަކުން މަރުވެއްޖެއެވެ. އަދި މީހަކު ހެނދުނު ކުރާހިނދު މިފަދައިން ކިޔައިފި ކަމުގައި ވަނީނަމަ އެމީހަކުވެސް އެވަނީ އެދަރަޖައިގައެވެ.”

2. ((مَنْ قَرَأَ خَوَاتِيمَ الحَشْرِ مِنْ لَيْلٍ أَوْ نَهَارٍ فَقُبِضَ فِيْ ذَلِكَ الْيَوْمِ أَوِ اللَّيْلَةِ فَقَدْ أَوْجَبَ الْجَنَّةَ)) [(( ضعيف)) ضعيف الجامع الصغير / 853]

މާނައީ: “ޙަޝްރު ސޫރަތުގެ ފަހު އާޔަތްތައް ދުވާލު ނުވަތަ ރޭގަނޑު ކިޔައިގެން ހުރި މީހާ އެދުވަހު ނުވަތަ އެރޭ އޭނާ މަރުވެއްޖެނަމަ، ފަހެ ހަމަކަށަވަރުން އޭނާއަށް ސުވަރުގެ ވާޖިބުވެއްޖެއެވެ.”

3. ((إذا أخَذْتَ مَضْجَعَكَ فاقْرأ سُورَةَ الحَشْرِ إنْ مُتَّ مُتَّ شَهِيداً)) [(( ضعيف)) ضعيف الجامع الصغير / 307]

މާނައީ: “ތިބާ ނިދަންއޮށޯވެއްޖެނަމަ ޙަޝްރު ސޫރަތް ކިޔަވާހުށިކަމެވެ. [އެޙާލުގައި ވަނިކޮށް] މަރުވެޖެނަމަ ޝަހީދުމަރަކުން ތިބާ މަރުވެއްޖެއެވެ.” 

4. ((اسْمُ اللَّهِ الأَعْظَمُ في سِتِّ آياتٍ مِنْ آخِرِ سُورَةِ الحَشْرِ)) [(( ضعيف)) ضعيف الجامع الصغير / 853]

“.މާނައީ: “ﷲގެ އެންމެ މަތިވެރި އިސްމުފުޅު ވަނީ ޙަޝްރު ސޫރަތުގެ އެންމެ ފަހު 6 އާޔަތުގައެވެ

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ