[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 12

qurange sooraii thakuge maaiikann

ސޫރަތުލް މުލްކު

މުލްކު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޞައްޙަ ރިވާޔަތްތައް:

1. عن أبي هريرة عن النبي صلى لله عليه وسلم قال: ((إنّ سُورَةً مِنَ القُرْآنِ ثلاثونَ آيَةً شَفَعَتْ لِرَجُلٍ حَتّى غُفِرَ له وهِيَ تَبارَكَ الَّذِي بِيَدِهِ المُلْكُ)) [رواه الترمذي وصححه الألباني / 2315]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން އަބޫހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. “ހަމަކަށަރުންވެސް [އެކިޔެވި] މީހަކަށް ފާފަ ފުއްސެވެއްޖައުމަށްދާންދެން ޝަފާޢަތްތެރިވާ ތިރީސް އާޔަތެއް ކީރިތި ޤުރުއާނުގެ ސޫރަތެއްގައި ވެއެވެ. އެއީ ތަބާރަސޫރަތެވެ. [އެބަހީ: ސޫރަތުލް މުލްކު އެވެ.]”

2. عن جابر قال: ((كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَنَامُ حَتَّى يَقْرَأَ “الم تَنْزِيلُ” السَّجْدَةَ ، وَ”تَبَارَكَ الَّذِي بِيَدِهِ الْمُلْكُ”)) [رواه الترمذي وصححه الألباني / 2316]

މާނައީ: މާތް ﷲ ރުއްސުންލެއްވި ޖާބިރު ގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. “ސަޖިދަ ސޫރަތާއި ތަބާރަސޫރަތް [އެބަހީ: ސޫރަތުލް މުލްކު] ކިޔަވައި ވިދާޅުވެއްޖައުމަށްދާންދެން ﷲގެ ރަސޫލާ صلى الله عليه وسلم އަވަހާރަފުޅުލައްޕަވާ އުޅުއްވާ ކަމުގައި ނުވެއެވެ.”

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ