ސޫރަތުއްޝަރްޙު، ސޫރަތުލްފީލް އަދި ސޫރަތުލްޤަދްރް
ސޫރަތުއްޝަރްޙު އަދި ސޫރަތުލްފީލްގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ޟަޢީފް (ބަލިކަށި) ރިވާޔަތެއް:
1. ((مَنْ قَرَأَ فِيْ الْفَجْرِ بِـ “أَلَمْ نَشْرَح” وَ”أَلَمْ تَرَكَيْفَ” لَمْ يرمد)) [ ((لا أصل له)) سلسلة الأحاديث الضعيفة / 67]
މާނައީ: “ފަޖްރުލާހިނދު [އެބަހީ ފަތިސްނަމާދުގެ އިހު ސުންނަތުގައި ނުވަތަ ފަތިސްނަމާދުގައި] ސޫރަތުއްޝަރުޙް އަދި ސޫރަތުލްފީލް ކިޔަވައިފި މީހާ ފަޤީރެއްނުވާނެއެވެ.[ނުވަތަ ލޮލަށް ޖެހޭ ބައްޔެއްކަމަށްވާ الرمد އެއް ނުޖެހޭނެއެވެ.”
ސޫރަތުލްޤަދްރުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:
1. قِرَاءَة سُوْرَة “إِنَّا أَنْزَلْنَاه”عقبَ الوُضُوْءِ [((لا أصل له)) سلسلة الأحاديث الضعيفة / 68]
މާނައީ: “ވުޟޫކުރުމަށްފަހު ސޫރަތުލްޤަދްރު ކިޔެވުމަކީ އެއްވެސް އަޞްލެއް އޮތްކަމެއްނޫނެވެ.”
2. ((مَنْ قَرَأَ فِيْ إِثْرِ وُضُوْئِهِ “إِنَّا أَنْزَلْنَاهُ فِيْ لَيْلَةِ الْقَدْرِ” مَرَّةً وَاحِدَةً كَانَ مِنَ الصِّدِّيْقِيْن وَمَنْ قَرَأَهَا مَرَّتَيْن كتب فِيْ دِيْوَانِ الشُّهَدَاءِ وَمَنْ قَرَأَهَا ثَلاَثًا حَشَرَهُ اللهُ مَحْشَرَ الأَنْبِيَاء)) [((موضوع)) سلسلة الأحاديث الضعيفة / 1449]
މާނައީ: “ވުޟޫކޮށް އަވަދިވާހިނދު، އެއްފަހަރު ސޫރަތުލް ޤަދްރު ކިޔަވައިފިމީހާ ވާހުށީ ޞިއްދީޤުން (ކަށަވަރުކުރި)ގެ ތެރެއިންނެވެ. ދެފަހަރު ކިޔަވައިފިމީހާ ޝަޙީދުންގެ ފޮތުގައި ލިޔުއްވޭނެތެވެ. އަދި ތިންފަހަރު ކިޔަވައިފިމީހާ، ﷲ ތަޢާލާ އޭނާ މަޙްޝަރު ކުރައްވާހުށީ ނަބިއްޔުންނާއެކުއެވެ.”
=ނުނިމޭ=
މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ