[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 15

qurange sooraii thakuge maaiikann

ސޫރަތުލްއިޚްލާޞް، ސޫރަތުލްފަލަޤް އަދި ސޫރަތުއްނާސް

 

މިސޫރަތްތަކުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް:

1. عَن أبي الدَّرْدَاء، عَن النَّبِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((أَيعْجزُ أحَدكُم أَن يقْرَأ فِي لَيْلَةٍ ثُلُث الْقُرْآن؟ قَالُوْا: وَكَيْفَ يقْرَأ ثُلُثَ الْقُرْآن؟ قَالَ: “قُلْ هُوَ اللهُ أَحَد” تعدل ثُلُث الْقُرْآن))  [رواه مسلم وصححه الألباني في صحيح الترغيب والترهيب / 1480]

މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ދަރްދާއު رضي الله عنه ރިވާކުރެއްވިއެވެ.  ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ރޭގަނޑު ކިޔެވުމަށް ތިޔަބޭކަލުންކުރެ ބޭކަލަކު ނުކުޅެދުންތެރިވަމުތޯއެވެ؟ ޞަޙާބީބޭކަލުން ދެންނެވޫއެވެ. ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔަވާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: އިޚްލާޞް ސޫރަތް ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާ ހަމަހަމައެވެ.”

2. عَنْ أَنَسٍ، أَنَّ رَجُلاً قَالَ: ((يَا رَسُولَ اللهِ إِنِّي أُحِبُّ هَذِهِ السُّورَةَ: “قُلْ هُوَ اللَّهُ أَحَدٌ” فَقَالَ: إِنَّ حُبَّكَ إِيَّاهَا يُدْخِلُكَ الجَنَّةَ))  [رواه الترمذي وصححه الألباني / 2323]

މާނައީ: މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށާވަރުން މީހަކު ރަސޫލުﷲ صلى الله عليه وسلم އަށް ދެއްނެވިއެވެ.“މާތް ﷲ ގެ ރަސޫލާއެވެ. ތިމަންނާ އިޚްލާޞް ސޫރަތްދެކެ ލޯބިވަމެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ތިބާ އެސޫރަތްދެކެ ތިވީލޯބި، ތިބާ ސުވަރުގެ ވައްދާހުއްޓެވެ.

3. عَنِ النَّبِىِّ صلى الله عليه وسلم قَالَ: ((مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” حَتَّى يَخْتِمَهَا عَشْرَ مَرَّاتٍ بَنَى اللَّهُ لَهُ قَصْرًا فِى الْجَنَّةِ)) [((سلسلة الأحاديث الصحيحة / 589] 

މާނައީ: ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެވާނެއެވެ.”

4. عَنْ مُعَاذِ بْنِ عَبْدِ اللهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ: ((خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي لَنَا، قَالَ: فَأَدْرَكْتُهُ، فَقَالَ: قُلْ فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: قُلْ، فَلَمْ أَقُلْ شَيْئًا، قَالَ : قُلْ، فَقُلْتُ، مَا أَقُولُ؟ قَالَ: قُلْ: قُلْ هُوَ اللَّهُ أَحَدٌ، وَالمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ))  [رواه الترمذي وصححه الألباني / 2829]

މާނައީ: މުޢާޛް ބްން ޢަބްދުﷲ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންމެން ބޭކަލުން ވިއްސާރަ އަދި ކަޅުފޮއި އަނދިރި ރެއެއްގައި ދަތުރަކު ވީމުއެވެ. އަދި ތިމަންމެންނަށް [އިމާމުވެ] ނަމާދުކޮށްދެއްވުމަށްޓަކައި ރަސޫލާ ހޯދީމެވެ. ވިދާޅުވިއެވެ: ތިމަންމެންނަށް އެކަލޭގެފާނާ އަރާ ހަމަކުރެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ވިދާޅުވާށެވެ. ފަހެ އަޅުގަނޑު އެއްވެސް އެއްޗެކޭ ނުބުނަމެވެ. ދެންވެސް ޙަދީޘްކުރެއްވިއެވެ. ވިދާޅުވާށެވެ. ފަހެ އަޅުގަނޑު އެއްވެސް އެއްޗެކޭ ނުބުނަމެވެ. ޙަދީޘްކުރެއްވިއެވެ: ވިދާޅުވާށެވެ. ފަހެ އަޅުގަނޑު ދެންނެވީމެވެ: އަޅުގަނޑު ބުނަންވީ ކީކޭ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: ހެނދުނުވުމުން އަދި ހަވީރުވުމުން ތިންފަހަރު قُلْ هُوَ اللَّهُ أَحَدٌ އާއި المُعَوِّذَتَيْنِ[ފަލަޤް ސޫރަތާއި ނާސް ސޫރަތް] ކިޔާށެވެ. ތިބާއަށް ހުރިހާ ކަމަކަށް އެ ފުދޭނެއެވެ. “

 5. عَنْ أَبِي هُرَيْرَةَ قَالَ: ((أَقْبَلْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَسَمِعَ رَجُلاً يَقْرَأُ “قُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُ” فَقَالَ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَجَبَتْ، قُلْتُ: وَمَا وَجَبَتْ؟ قَالَ: الْجَنَّة))  [رواه الترمذي وصححه الألباني / 2320]

މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.“ރަސޫލުﷲ صلى الله عليه وسلم ތިމަންކަލޭގެފާނު އަންނަނިކޮށް، މީހަކު އިޚްލާޞް ސޫރަތް ކިޔަވާއަޑު އައްސަވައި ޙަދީޘް ކުރެއްވިއެވެ. ‘ވާޖިބް ވެއްޖެއެވެ.’ ތިމަންކަލޭގެފާނު ދެންނެވީމެވެ. ވާޖިބުވީ ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ‘ސުވަރުގެއެވެ.'”

6. عَنْ عُقْبَةَ بْنِ عَامِرٍ قَالَ: لَقِيتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ لِى: ((يَا عُقْبَةَ بْنَ عَامِرٍ أَلاَ أُعَلِّمُكَ سُوَرًا مَا أُنْزِلَتْ فِى التَّوْرَاةِ، وَلاَ فِى الزَّبُورِ، وَلاَ فِى الإِنْجِيلِ وَلاَ فِى الْفُرْقَانِ مِثْلُهُنَّ لاَ يَأْتِيَنَّ عَلَيْكَ لَيْلَةٌ إِلاَّ قَرَأْتَهُنَّ فِيهَا؟ “قُلْ هُوَ اللَّهُ أَحَدٌ” و “قُلْ أَعُوذُ بِرَبِّ الْفَلَقِ” و “قُلْ أَعُوذُ بِرَبِّ النَّاسِ”)) [((سلسلة الأحاديث الصحيحة / 2861]

މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުޤްބާ ބްން ޢާމިރު ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم އާ ބައްދަލުވީހިނދު އެކަލޭގެފާނު صلى الله عليه وسلم ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. ‘އޭ ޢުޤްބާ ބުން ޢާމިރު އެވެ. ތައުރާތުގައާއި ޒަބޫރުގައާއި އިންޖީލުގައި އަދި ފުރުޤާނުގައިވެސް[އެބަހީ: ޤުރުއާނުގައިވެސް]އެފަދަ ސޫރަތެއް ބާވަލެއްވިފައިނުވާ ސޫރަތްތަކެއް ކަލޭގެފާނަށް އުނގަންނަވައި ނުދެއްވަންވީތޯއެވެ؟ ކަލޭގެފާނު ރޭ ގަނޑަކާ ބައްދަލުކޮށްފިނަމަ އެސޫރަތްތައް އެރެއަކު ކިޔަވާށެވެ. [އެއީ] އިޚްލާޞް، ފަލަޤި އަދި ނާސް ސޫރަތެވެ.'”

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ