[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާގެ ސިއްރު ފާޅުނުކުރުން

318576_307924089222600_100000150351262_1417469_1584772383_nއަނބިމީހާގެ ސިއްރުތަކާއި، އަދި އޭނާގެ ކިބައިގާ ޢައިބެއް ހުރިނަމަ އެ ޢައިބެއް ސިއްރުކޮށް ވަންހަނާކުރުމީ ފިރިމީހާގެ ވާޖިބެކެވެ. އެގޮތަކީ ފިރިމީހާއީ އަނބިމީހާގެ ހުރިހާ ސިއްރަކާއި އަދި ވަންހަނާގައިވާ ހުރިހާކަމެއް ރަނގަޅަށް ދަންނަ ހަމައެކަނި މީހާއެވެ. އެކަމަށް ބިރުގަންނަވައި ރަސޫލާ ޞައްލަﷲ ޢަލައިހި ޥަސައްލަމް ޙަދީޘް ކުރެއްވިއެވެ.

((إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللهِ مَنْزِلَةً يَوْمَ الْقِيَامَةِ، الرَّجُلَ يُفْضِي إِلَى امْرَأَتِهِ، وَتُفْضِي إِلَيْهِ، ثُمَّ يَنْشُرُ سِرَّهَا))

(ޞަޙީޙު މުސްލިމު 123 – (1437))

 މާނައީ: “ފިރިމީހާ އޭނާގެ އަނބިމީހާއާއެކު ނިދައި އަދި އަނބިމީހާވެސް ފިރިމީހާއާއެކު ނިދައި ހެދުމަށްފަހު ދެން އަނބިމީހާގެ ސިއްރުތައް ބޭޒާރުކޮށް މީސްތަކުންނަށް ފާޅުކޮށް ހަދާ ފިރިހެން މީހާއީ ޤިޔާމަތް ދުވަހުން ﷲގެ ހަޟްރަތުގައި ދަރަޖައިގެ ގޮތުން އެންމެ ނުބައި މީހުންކުރެ މީހަކުކަން ކަށަވަރެވެ.” މިއެވެ. ވީއިރު އަނބިމީހާގެ ސިއްރުތައް ރައްކާކޮށް އަދި އޭނާގެ ޢައިބު ރައްކާކޮށް ހެދުމީ ފިރިމީހާގެ ކިބައިން އަނބިމީހާއަށް ލިބެންވާ ޙައްޤެއްކަން ރަނގަޅަށް އެނގެއެވެ.

އިސްވެދިޔަ ކަންތައްތަކަކީ އަނބިމީހާގެ ނިސްބަތުގައި ފިރިމީހާ އަދާކޮށްދޭންޖެހޭ މުހިންމު ކަންކަމެވެ. އަދި މީގެ އިތުރުންވެސް ބައެއް ކަންތައް އެބަހުއްޓެވެ. ބަލިވީމާ ބޭސްކޮށްދިނުމާއި އަދި އަނބިމީހާއަށް ވޭނެއްލިބުން ފަދަ މުޞީބާތެއް ދިމާވެއްޖެނަމަ އެކަންކަމުގައި ފިރިމީހާވެސް ބައިވެރިވެ އޭނާއަށް ތަސައްލީ ކޮށްދިނުމަކީ ރިވެތި އަޚްލާޤުގެ ތެރެއިންވާކަމެވެ.