[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣާފިލުކަމުގެ ޢަލާމާތްތަކާއި ސަބަބުތަކާއި ފަރުވާ

3269816451_7e96b09392_zإِنَّ الَّذِينَ لا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ*أُولَئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ – يونس 7-8

ހަމަކަށަވަރުން، ތިމަންއިލާހާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންއިލާހުގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.

އާއެކެވެ. ބައެއް މީހުން ދުނިޔޭގައި އުޅެނީ މިފަދަ ބައެއްގެ ގޮތުގައެވެ.

އެބައިމީހުންގެ ދިރިއުޅުމާމެދު ހިތްހަމަޖެހިގެންނެވެ.  އާޚިރަތާމެދު ޣާފިލުވެގެންނެވެ.

މަރަށްފަހު އެބައިމީހުންނާ ކުރިމަތިވާނޭ ކަންތައްތަކާއި އެބައިމީހުން ދެމިތިނެވި ތަނުގެ މަތިން އެއްގޮތަކަށްވެސް ފިކުރެއް ނުކުރެއެވެ.

ޣާފިލުވެފައި ތިބުމުގެ ނުރައްކާތެރިކަމާއެވެ!

ޣާފިލުކަމުގެ ނުރައްކާތެރިކަމުން އަޅަމެއް ސަލާމަތްކުރައްވާށި! ޔާ ﷲ!

ﷲ ތިބާގެ ޢަމަލުތައް ބައްލަވާވޮޑިގަންނާކަމާމެދު ޣާފިލުނުވާށެވެ

ﷲ ކުރައްވާފައިވާ ވަޢުދުތަކާ އެއިލާހު އަޅަމެންނަށް ވަޢުދުކުރައްވާފައިވާ ޘަވާބާމެދު ޣާފިލުނުވާށެވެ.

ﷲ ކުރައްވާފައިވާ ވަޢީދުތަކާ އެއިލާހު އަޅަމެންނަށް ވަޢީދު ކުރައްވާފައިވާ ޢަޛާބާމެދު ޣާފިލުނުވާށެވެ.

ޣާފިލުކަމުގެ ޢަލާމާތްތައް

1- އަޅުކަން އަދާކުރުމުގައި ކަންނެތް ވުން

2- ޙަރާމްކަންތައްތައް އެއީ ކުޑަކުޑަ ކަންތައްތަކެއް ކަމުގައި ބެލުން

3- ފާފަކުރުން، ފާފައަށް ލޯބިކުރުން އަދި ފާފައިގެ ވާހަކަ ދެއްކުން (ފާޅުކުރުން)

4- ފައިދާނުވާ ކަންކަމުގައި ވަގުތު ބޭކާރު ކުރުން

ޣާފިލުވުމުގެ ސަބަބުތައް

1- ދުނިޔެދެކެ ލޯބިވުން

2- ﷲ އާމެދު ޖާހިލުވުން

3- ފާފަކުރުން

4- ނުބައި އެކުވެރިން

5- ޢަމަލު ކުރުމާ ނުލާ މާބޮޑަށް އުއްމީދުކުރުން

6- ބޭކާރު ވާހަކަދެއްކުން

7- މަރާއި އާޚިރަތުގެ މަތިން ހަނދުމަނެތުން

ޣަފުލަތުގެ ފަރުވާ

1- ﷲ އާބެހޭ ޢިލްމު ހޯދުން

2- ﷲ ގެ ޛިކްރުން އެއްކިބާނުވުން

3- ޛިކްރުގެ މަޖްލީސްތައް

4- ޤުރުއާން ކިޔެވުން

5- ﷲ އަށް ދުޢާ ދެންނެވުން

6- ޖަމާޢަތުގައި ފަރުޟު ފަސްނަމާދު ކުރުމަށް ރައްކާތެރިވުން

7- ދަމު ނަމާދުކުރުމަށް ފަރުވާ ބެހެއްޓުން

8- ގިނަ ގިނައިން މަރު ހަނދާންކުރުން

اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ -الأنبياء : 1

މީސްތަކުންނަށް އެބައިމީހުންގެ ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެބައިމީހުން ޣާފިލުވެ އެކަމުން އެއްކިބާވެގެންވާ ޙާލުގައެވެ.