[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 16

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

އައްޝައިޚް ޢަބްދުއް ރައްޒާޤު ޙަފިޡަހުﷲ ވިދާޅުވިއެވެ:

މިސްކިތުގައި ނަމާދު ބަރާބަރަށް ކުރާ މުސްކުޅި އަޅުވެރި މީހަކަށް އަހަރެން ޒިޔާރަތްކުރީމެވެ. މިމީހާއަކީ މިސްކިތުގައި ކޮންމެ ނަމާދެއްގެ ވަގުތުވުމުގެ ކުރިން ނަމާދަށް އައިސް އިންތިޒާރު ކުރާ މީހެކެވެ. އަދި އަހަރެން އެމީހާއާ ވާހަކަދައްކަމުން ބުނީމެވެ. ما شاء الله އެވެ. ބޭބެމެންގެ މިއަވަށަކީ ވަރަށް ގިނަ ދީން ކިޔަވައިގެން ތިބި އަދި ކިޔަވަމުންދާ ކުދިން  ތިބި އަވަށެކެވެ. ދެން އެމީހާ އެކަމަކަށް އިންކާރު ކުރުމުގެ ގޮތުން ސުވާލު ކުރިއެވެ. ބޭބެމެންގެ މިއަވަށް ހެއްޔެވެ؟ ދެން އަހަރެން ބުނީމެވެ. އާއެކެވެ.

ދެން އެމީހާ އެސުވާލު އެހެން ތަކުރާރުކުރުމަށްފަހު ބުންޏެވެ. އޭ ދަރިފުޅާއެވެ. މިސްކިތުގައި މީސްތަކުންނާ އެއްކޮށް ޖަމާޢަތުގައި ނަމާދު ނުކުރާ މީހަކީ ދީނީ ޢިލްމު ކިޔަވާ މީހެއްނޫނެވެ.

އެމުސްކުޅި ބޭބެ ދެއްކިވާހަކަޔަށް އަހަރެން ދެކޮޅެއް ނަހަދަމެވެ. ތެދެކެވެ. ބައެއް މީސްތަކުން ޢިލްމުގެ ރޮނގުގައި ކުރިއަރައިދެއެވެ. އަދި އެއްޗެހި ދަސްކުރުމުގައްޔާއި އަދި ފޮތްތައް ކިޔާ އުޅުމުގައި ކުރިއަރާދެއެވެ. އެހެން ނަމަވެސް ޙާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތުން ނުފެންނަ މީހުން އޭގެތެރެއިންވެއެވެ.

ޤިޔާމަތްދުވަހު އަޅާއާ އެންމެ ފުރަތަމަވެސް ނަމާދާ މެދު  ސުވާލުކުރެވޭހިނދު އަދި އިސްލާމްދީނުގައި ޝަހާދަތުގެ ދެކަލިމަކިޔަށްފަހު ދެން އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދާ މެދުގައި މިގޮތަށް ފަރުވާ ކުޑަކުރާ ކަމުގައިވާނަމަ އޭނާގެ ކިބައިގަ ހުރި ޢިލްމުގެ އަޘަރަކީ ކޮބާ ހެއްޔެވެ.؟

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވެއެވެ.

”ފަތިސް ނަމާދު އަދި ޢިޝާ ނަމާދުގެ ޖަމާޢަތުން އަހަރުމެން ތެރެއިން މީހަކު ނުފެނިއްޖެނަމަ އޭނަޔާ މެދު ނުބައިކޮށް ހީކުރާ ބަޔަކު ކަމުގައި އަހަރުމެން ވީމެވެ.”

އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((إِنَّ أَثْقَلَ صَلَاةٍ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ، وَصَلَاةُ الْفَجْرِ)) [البخاري و مسلم]

“ހަމަކަށަވަރުން މުނާފިޤުންގެ މައްޗަށް އެންމެ ބުރަ އަދި އުނދަގޫ ނަމާދަކީ ފަތިސް ނަމާދާއި ޢިޝާ ނަމާދެވެ.”

މިޒަމާނުގައި ދަން ވަންދެން ރޭގަނޑު ހޭލާތިބުމަކީ ވަރަށްޢާންމު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ފަތިސް ނަމާދަށް ވަރަށް ގިނަ މީހުންނަށް ފަރުވާ ކުޑަކުރެވެއެވެ. ބައެއްފަހަރު ޢިލްމީ މައްސަލަތަކުގައި މުނާޤަޝާކުރަން ވެސް ތިބެވެއެވެ. ދެން ފަތިސް ނަމާދު ވަގުތަށް ހޭނުލެވެއެވެ.

ދަންނައެވެ. ކީރިތި ޤުރުއާން ދަސްކުރުމަށްވެސް ރޭގަނޑު ހޭލާ ހުރެފައި އެކަމުގެ ސަބަބުން އޭނާ ފަތިސް ނަމާދަށް ހޭނުލެވޭ ކަމުގައި ވާނަމަ ކީރިތި ޤުރުއާން ކިޔެވުމަށްވެސް ހޭލާ ހުރުން ޙަރާމް ވާނެވެ. އަދި އޭނަ ފާފަވެރި ވާނެއެވެ.

އަދި އެންމެ ގިނައިން މިޒަމާނުގައި ފަރުވާ ކުޑަކުރެވި އަދި އަދާނުކުރެވޭ ނަމާދު ކަމުގައިވާ ހުކުރު ވިލޭރޭގެ ފަތިސް ނަމާދަކީ، ނަމާދު ތަކުގެ ތެރެއިން އެންމެ މާތް ނަމާދެވެ.

ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((أَفْضَلُ الصَّلَوَاتِ عِنْدَ اللهِ صَلَاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ)) [رواه أبو نعيم في الحلية و صحح إسناده الألباني رحمه الله]

މާނައީ:” ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ  ފަތިސް ނަމާދެވެ.”

މިސްކިތްތަކުގެ އިމާމުންނާ މިކަމާ ބެހޭގޮތުން ސުވާލު ކުރެވިއްޖެ ނަމަ އެބައިމީހުން މިކަމަށް އެއްބަސް ވާނެއެވެ. މިގޮތަށް ޢިލްމަށް ނިޞްބަތްވާ އަޚުން ހަދާ ކަމުގައި ވާނަމަ އެޢިލްމުގެ ފައިދާ ކޮބައިތޯއެވެ؟

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ