رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ–القصص16
އަޅުގެ ރައްބު! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެއިލާހު، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ.
رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ- القصص21
އަޅުގެ ރައްބު! އަނިޔާވެރިވީ މީހުންގެ ކިބައިން މި އަޅާ ސަލާމަތްކުރައްވާދޭނވެ!
رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ–القصص24
އަޅުގެ ރައްބު! އިބައިލާހު މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
فَسُبْحَانَ اللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ * وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ *يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِي الْأَرْضَ بَعْدَ مَوْتِهَا وَكَذَٰلِكَ تُخْرَجُونَ *- الروم 17-19
ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، ﷲއަށް ތަސްބީޙަކިޔައި ނަމާދުކުރާށެވެ! * އުޑުތަކާއި، ބިމުގައި އެންމެހާ ޙަމްދު ތަޢުރީފާ ޘަނާމިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (ﷲއަށް ތިޔަބައިމީހުން ތަސްބީޙަކިޔައި ނަމާދުކުރާށެވެ!) * މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެކަލާނގެ ނެރުއްވަތެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަތެވެ. އަދި ބިން މަރުވެ އޮތުމަށްފަހު އެ ބިން ދިރުއްވަތެވެ. އަދި ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) ނެރުއްވާހުށީވެސް ހަމައެފަދައިންނެވެ.
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ – الفاطر 34
އަދި އެބައިމީހުން ބުނާނެތެވެ. ޙަމްދު ހުރީ ﷲ އަށެވެ. އެއިލާހީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި އިލާހެވެ. ހަމަކަށަވަރުން، ތިމަންމެންގެ ރައްބަކީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލުކުރައްވާ އިލާހުކަން ކަށަވަރެވެ.
رَبِّ هَبْ لِي مِنَ الصَّالِحِينَ- الصافات 100
އަޅުގެ ރައްބު! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ * وَسَلامٌ عَلَى الْمُرْسَلِينَ * وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ – الصافات 180-182
އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، ޢިއްޒަތުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.* އަދި (އެންމެހާ) ރަސޫލުންގެ މައްޗަށް ސަލާމްހުށްޓެވެ. * އަދި ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ.
قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ – الزمر 46
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި، ބިންތައް ހެއްދެވި ރަސްކަލާކޮ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބައިލާހުގެ އަޅުތަކުންގެ މެދުގައި، އެއުރެން ޚިލާފުވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބައިލާހެވެ.
(ނުނިމޭ)