[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 17

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

 ޢިލްމަށް ޢަމަލުކުރެވޭ މީހުންގެ ތެރެއިން ވުމަށްޓަކައި ﷲގެ ކިބައިން ވާތްގަށްއެދުން

އިސްވެ ބަޔާންވެގެން ދިޔަފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކޮންމެ ދުވަހަކުވެސް ހެނދުނު ފައިދާކުރަނިވި ޢިލްމު ދެއްވުމަށް އެދި ދުޢާ ކުރައްވައެވެ. އުއްމު ސަލަމާ ރަޟިޔަ ﷲ ޢަންހާ ކިބައިން ވާރިދުވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.

((اللَّهُمَّ إنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزقاً طَيِّباً، وَعَمَلاً مُتَقَبَّلاً))

މާނައީ: ” އޭ ﷲ އެވެ. ހަމަކަށަވަރުން ފައިދާކުރަނިވި ޢިލްމަށް އިބައިލާހު ޙަޟްރަތުން ތިމަން އެދެމެވެ. އަދި ހެޔޮރަނގަޅު ރިޒްޤަށެވެ. އަދި ޤަބޫލުކުރެއްވޭނެ ޢަމަލުތަކަކަށެވެ.”

ކޮންމެ ދުވަހަކުވެސް ފެށޭއިރު ކިޔާ މިދުޢާއަކީ ބަރަކާތްތެރި ދުޢާއެކެވެ. އަދި މިދުޢާއަކީ ހެނދުނުގައި ކިޔުން އެންމެ މުނާޞިބު ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ. އެހެނީ ދުވަހަކީ ޢަމަލުތައް ކުރުމުގެ މައިދާނެވެ.

 އަދި ކޮންމެ ދުވަހަކުވެސް މުސްލިމާގެ އަމާޒަކީ މިދުޢާގައި ބަޔާންވެގެންވާ ތިން ކަންތައް ޙާޞިލުކުރުމެވެ. އެއީ ފައިދާކުރަނިވި ޢިލްމާއި ހެޔޮރަނގަޅު ރިޒްޤާއި އަދި ޤަބޫލުކުރައްވާނޭ ޢަމަލުތަކެކެވެ.

މިހެންވެ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ތިބާގެ ދުވަސް މިދުޢާއިން ފެށުން މުނާސަބު ވެގެންވެއެވެ. އަދި މިދުޢާ ކިޔައިފި ނަމަ ތިބާގެ ދުވަސް ފެށުމުގައި ﷲގެ ކިބައިން ވާތްގަށް އެދެވުނީއެވެ. އަދި ހަމަ އެފަދައިން ޢިލްމު ޙާޞިލްކުރުމުގައްޔާ އަދި ހެޔޮޢަމަލުތަށް ކުރުމުގައްޔާ އަދި ރިޒްޤު ހޯދުމުގައި ﷲގެ ކިބައިން ވާތްގާއި މަދަދަށް އެދެވުނީއެވެ.

  =ނުނިމޭ=

   މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ