[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ثلاثة الأصول 8

thin-aslu hjއިޙްސާންކަމުގައި ވަނީ އެންމެ ރުކުނެކެވެ. އެއީ ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު ތިބާ ދެކެދެނެވޮޑިގެންވެއެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ. إِنَّ اللهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَالنحل: ١٢٨މާނައީ: “ހަމަކަށަވަރުން،ވޮޑިގެންވަނީ، ތަޤުވާވެރިވި މީހުންނާއި އަދި އެމީހުންނީ އިޙްސާންތެރިންކަމުގައިވީ މީހުންނާ އެކުގައެވެ.” އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ. وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ (217) الَّذِي يَرَاكَ حِينَ تَقُومُ (218) وَتَقَلُّبَكَ فِي السَّاجِدِينَ (219) إِنَّهُ هُوَ السَّمِيعُ الْعَلِيمُ (220)الشعراء: ٢١٧ – ٢٢٠މާނައީ: “އަދި ޢިއްޒަތްވަންތަ، ގިނަގިނައިން ރަޙްމަތްލައްވާ އިލާހަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ!* އެއިލާހީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ އިލާހެވެ. * އަދި ސަޖިދަކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. * ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ. وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِنْ قُرْآَنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ يونس: ٦١. މާނައީ: “ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤުރުއާނުން ކޮންމެ އެއްޗެއް ކިޔަވާވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ.”

ސުންނަތުގެ ދަލީލަކީ ޖިބްރީލްގެފާނުގެ މަޝްހޫރު ޙަދީޘެވެ. ޢުމަރު ރަޟިޔަﷲ ގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލު ﷲ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ގެ އަރިހުގައި، ތިމަން ބޭކަލުން އެއްދުވަހަކު ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފި އެވެ. އެ ކަލޭގެފާނުގެ ހެދުންކޮޅުގައި ވަނީ، ގަދަވެގެންވާ ހުދުކުލަ އެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ވަނީ، ގަދަވެގެންވާ ކަޅުކުލަ އެވެ. ދަތުރެއް ކުރެއްވި ކަމުގެ އެއްވެސް ޢަލާމާތެއް، އެކަލޭގެފާނުގެ ކިބައިގައި ނުވެ އެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެންމެ ބޭކަލަކަށް ވެސް، އެއީ، ކޮން ބޭކަލެއްކަން އެނގިވަޑައެއް ނުގަނެއެވެ. ތިމަންބޭކަލުން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން، އެކަލޭގެފާނުގެ ދެކަކޫފުޅު، އިތުރު އެކަލޭގެފާނުގެ ދެ ކަކޫފުޅުގައި ޖައްސަވައިގެން އިށީނދެވަޑައިގެންފިއެވެ. އަދި އެކަލޭގެފާނުގެ ދެ އަތްތިލަފުޅު، އިތުރު އެކަލޭގެފާނުގެ ދެ ފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވާފައި ވިދާޅުވިއެވެ.އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!ﷲ ގެ ރަސޫލާ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އިލާހަކު ވޮޑިގެން ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” ޢުމަރުގެފާނު ވިދާޅުވި އެވެ. “އެކަލޭގެފާނުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމު އެވެ. އެއީ، އެކަލޭގެފާނު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.”އެކަލޭގެފާނު ވިދާޅުވިއެވެ. “އީމާންކަމަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.”އެކަލޭގެފާނު ވިދާޅުވި އެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” އެކަލޭގެފާނު ވިދާޅުވި އެވެ. “އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ ދެކެދެކެ ހުރި ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.” އެކަލޭގެފާނު ވިދާޅުވި އެވެ. “ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އައްސަވާ ފަރާތަށް އެ ކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިގެނެއް ނުވެ އެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ.“ދެން އެބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންކަލޭގެފާނު އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.އޭ! ޢުމަރެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟”” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.”އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.” (ރަވާހު މުސްލިމް)

(ނުނިމޭ)