الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ގެދޮރު ބިނާކުރުން
ފުރަތަމަ ނަސޭހަތް: ރަނގަޅު އަނތްބަކު އިޚްތިޔާރުކުރުން
(وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ) [سورة النور ٣٢]
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ. އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީރުން ކަމުގައިވާނަމަ، އެއިލާހުގެ ފަޟުލުވަންތަކަމުން، އެއިލާހު އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. ﷲއީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.”
ގޭގެ ވެރިމީހާ އިޚްތިޔާރުކުރަންޖެހޭނީ އަންނަނިވި ޝަރުޠުތައް ހަމަވާ ޞާލިޙު އަނތްބެކެވެ.
- ((تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ)) [متفق عليه]
މާނައީ: “ހަތަރުކަމަކަށްޓަކާ އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. [އެބަހީ: ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.]“
- ((الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ)) [رواه مسلم ١٤٦٧]
މާނައީ: “މިދުނިޔެއަކީ ވަގުތީ އުފަލެކެވެ. އަދި މިދުނިޔޭގެ އެންމެ ހެޔޮ އުފަލަކީ ޞާލިޙު އަންހެނެކެވެ.”
- ((لِيَتَّخِذْ أَحَدُكُمْ قَلْبًا شَاكِرًا وَلِسَانًا ذَاكِرًا وَزَوْجَةً مُؤْمِنَةً تُعِينُهُ عَلَى أَمْرِ الْآخِرَةِ)) [رواه أحمد ٢٢٤٣٧ والترمذي وابن ماجه عن ثوبان، صحيح الجامع الصغير وزياداته ٥٣٥٥]
މާނައީ: “ޝުކުރުވެރި ހިތަކާއި، ޛިކުރުކުރާ ދުލަކާއި، އާޚިރަތަށްޓަކައި ތިބާއަށް އެހީތެރިވެދޭނޭ މުއުމިނު އަނތްބަކު ތިޔަބައިމީހުން ހޯދާހުށިކަމެވެ.”
- އަދި އެހެން ރިވާޔަތެއްގައިވެއެވެ.
((…وَزَوْجَةً صَالِحَةً تُعِينُكَ عَلَى أَمْرِ دُنْيَاكَ وَدِينِكَ خَيْرُ مَا اكْتَنَزَ النَّاسُ)) [رواه البيهقي، صحيح الجامع ٤٤٠٩]
މާނައީ: “… ދުނިޔަވީ ކަންކަމުގައްޔާއި އުޚްރަވީކަންކަމުގައި ތިބާއަށް އެހީތެރިވެދޭނެ ޞާލިޙު އަނތްބަކީ މީސްތަކުންނަށް ލިބޭ ކަންޒުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކަންޒެވެ.”
- ((تَزَوَّجُوا الْوَدُودَ الْوَلُودَ إِنِّي مُكَاثِرٌ بِكُمْ الْأَنْبِيَاءَ يَوْمَ الْقِيَامَةِ)) [التعليقات الحسان على صحيح ابن حبان ٤٠١٧]
މާނައީ: “ލޮބުވެތިކަންބޮޑު، ގިނަގިނައިންވިހާ އަންހެނުންނާ ކައިވެނި ކުރާށެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހު ތިޔަބައިމީހުންގެ ގިނަކަމުން ތިމަންކަލޭގެފާނު އެހެން ނަބީބޭކަލުންގެ މައްޗަށް ފަޚުރުވެރިވެވަޑައިގަންނަވާނަމެވެ.”
((عَلَيْكُمْ بِالأَبْكَارِ فَإِنَّهُنَّ أَعْذَبُ أَفْوَاهًا وَأَنْتَقُ أَرْحَامًا وَأَرْضَى بِالْيَسِيرِ)) [رواه ابن ماجة، السلسلة الصحيحة ٦٢٣]
މާނައީ: “ތިޔަބައިމީހުން ބިކުރުވެރި އަންހެނުން އިޚްތިޔާރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެކަނބަލުންގެ ބަސްމަގު ރަނގަޅުވެފައި ވިހާލެއް ގިނަވާނެއެވެ. އަދި ކުޑަ މިންވަރަކުން އެކަނބަލުން ރުހޭނެއެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
((وأَقَلّ خِبًّا)) [صحيح الجامع الصغير وزياداته ٤٠٥٣/١]
މާނައީ: “އަދި މަކަރުވެރިކަން ކުޑަވާނެއެވެ.”
=ނުނިމޭ=