مقدمة
إِنَّ الْحَمْدَ لِلهِ، نَحْمَدُهُ وَنَسْتَعِيْنُهُ، وَنَسْتَغْفِرُهُ، وَنَعُوْذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللهُ، فَلاَ مُضِلَّ لَه، وَمَنْ يُضْلِلْ فَلاَ هَادِيَ لَه.
وَأَشْهَدُ أَنْ لاَإِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ﴾ (سورة آل عمران 102)
﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا﴾ (سورة النساء 1)
﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا﴾ (سورة الأحزاب 70-71)
އެންމެހާ ރިވެތި ޙަމްދާއި ތަޢުރީފާއި ޘަނާއެއް ހުރީ ޢާލަމްތަކުގެ ވެރި ގަދަކީރިތިވަންތަ ﷲ އަށެވެ. އަޅަމެން ވާގިއެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވުންއެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައި ކަމުންނާއި ޢަމަލުތަކުގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމުއެވެ. މާތް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދާނޭ މީހަކު ނުވެއެވެ. އަދި އެކަލާނގެ މަގުފުރައްދައިފި މީހަކަށް ތެދުމަގު ދައްކާނޭ މީހަކު ނުމެވޭމެއެވެ.
ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ، އަދި މުޙައްމަދު صلّى الله عليه وسلّم އީ އެކަލާނގެ ނަބިއްޔާކަމާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ.
[މާތް ﷲ ވަޙީ ކުރެއްވިއެވެ.]
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ﴾ (سورة آل عمران 102)
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައި ވާޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!”
[އެހެން އާޔަތެއްގައި ވަޙީ ކުރެއްވިއެވެ.]
﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا﴾ (سورة النساء 1)
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވެރިވާށެވެ! އެކަލާނގެއީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ.”
[އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.]
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا﴾ [سورة الأحزاب 70-71]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! [70] (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ. [71]“
أَمَّا بَعْدُ:
ހަމަކަށަވަރުން ﷲ ސުބްޙާނަޙޫ ވަތަޢާލާ އެކަލާނގެ އަޅާ އަދި ނަބިއްޔާ، މުޙައްމަދު صلّى الله عليه وسلّم ޙައްޤާއިގެން ފޮނުއްވެވިއެވެ. ޤިޔާމަތް ކުޑަތަންވެފައި ވަނިކޮށް، [ސުވަރުގޭގެ] އުފާވެރި ޚަބަރު ދެއްވާ އަދި [ނަރަކައިގެ] އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ލެއްވިއެވެ. އުންމަތަށް އެކަމަކަށް މަގު ނުދައްކަވާ އެއްވެސް ހެޔޮކަމެއް، އެކަލޭގެފާނު ދޫނުކުރައްވައެވެ. އަދި އެއްވެސް ނުބައިކަމެއް، އެކަމާއިމެދު އުންމަތް ހޭވެރިނުކޮށް ދޫނުކުރައްވައެވެ.
=ނުނިމޭ=