[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އުގެނުމާއި ޢިލްމު ލިބިގަތުން

1303108887

1. އުނގެނޭނެގޮތާއި ހަރުފަތްތައް.

ކިޔަވާ ކުއްޖާގެ މައްޗަށް ވަނީ މަޑުމަޑުން ޢިލްމު އުނގެނުމެވެ. ޢިލްމު އުނގެނުމުގައި އަވަސް އަރައިގަތުމަކީ ލިބޭ ޢިލްމެއްގެ މަންފާ ކުޑަކުރުވާނެކަމެކެވެ. އެހެންކަމުން ޢިލްމު އުނގެނުމުގައި އެންމެ ފުރަތަމަ އެ ޢިލްމެއްގެ އަޞްލުތައް ދަސްކުރާށެވެ.

މުހިންމު ނުކުތާތަކަކީ: އެ ޢިލްމެއްގެ ކުދި ފޮތްތައް ހިތުދަސްކުރުން، ޝެއިޚެއްގެ އަރިހުން ދަސްކުރުން، އަޞްލުތައް އެނގުމުގެ ކުރިން ބޮޑެތި ފޮތްތަކަށް ނުދިޔުން، އެއްފޮތް ނިންމުމަށްފަހުގައި މެނުވީ އެހެން ފޮތަކަށް ނުދިޔުން، އެފޮތެއްގައި ހިމެނޭ މުހިންމު ނުކުތާތައް ނޯޓުކުރުން.

2. ޢިލްމުވެރިންގެ ކިބައިން ޢިލްމުނެގުން.

ޢިލްމު އުނގެނުމުގެ އަޞްލަކީ ޢިލްމުވެރިންގެ ކިބައިން ޢިލްމު އުނގެނުމެވެ. ބުނެވިފައިވެއެވެ.

((مَنْ دَخَلَ فيِ العِلْمِ وَحْدَهُ خَرَجَ وَحْدَهُ))  

މާނައީ: “އެކަނި ޢިލްމުގެ ތެރެއަށް ވަދެއްޖެމީހާ ނުކުމެގެންދާނީވެސް އެކަންޏެވެ.”

އެބަހީ: ޝެއިޚަކާނުލައި ޢިލްމަށްވަދެއްޖެމީހާ ނުކުމެގެންދާނީ ޢިލްމަކާނުލައެވެ. ކޮންމެ ކަމެއް ނުވަތަ އެއްޗެއް ތަރައްޤީކޮށް އުފެއްދުމުގައި އެކަމެއްގެ މާހިރުންނަށް ބޭނުންވާފަދައިން، ޢިލްމަށްވެސް އެކަމުގެ މާހިރުން ބޭނުންވާނެއެވެ. އެއީ ޢިލްމުވެރިންނެވެ.

______________________

މަރުޖިޢު:

حلية طالب العلم: بكر فضيلة الشيخ بكر بن عبدالله أبو زيد – رحمه لله –