[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިޔަވާކުއްޖާގެ އަދަބުތަކުގެ ތެރެއިން …

Ilm

ޝެއިޚާމެދު ބަހައްޓަންޖެހޭ އަދަބުތައް

1. ޝެއިޚުގެ ޙުރުމަތަށް ރިޢާޔަތްކުރުން.

ޢިލްމަކީ އެންމެ ފުރަތަމަވެސް ފޮތްތަކުން ނެގޭނެ އެއްޗެއް ނޫނެވެ. އެގޮތުން ޢިލްމު އުގަންނައިދޭ ޝެއިޚަށް އިޙްތިރާމުކުރުމާއި، އޯގާތެރިކޮށް ހިތުމާއި، މާތްކޮށް ހިތުމަކީ ކުއްޖާގެ މައްޗަށް ލާޒިމުކަމެކެވެ. ޝެއިޚާއެކު މަޖްލިސްކުރާއިރުގައާއި، ވާހަކަދައްކާއިރު ރިވެތި އަދަބުތަކަށް ފަރުވާތެރިވުން ހުއްޓެވެ. ހަމައެފަދައިން ސުވާލުކުރާއިރު ރިވެތި ބަހުން ސުވާލުކުރުމާއި، ސުވާލުގެ ޖަވާބު ޝައުޤުވެރިކަމާއެކު ކަނުލައި އަޑުއެހުން ހުއްޓެވެ. އަދި ޝައިޚުގެ ކުރިމަތީގައި މަޑުމައިތިރިވުންވެއެވެ. އަދި ޝެއިޚާ މުޚާޠަބުކުރާއިރު ސީދާނަމުން ގޮވުމުގެ ބަދަލުގައި ((އުސްތާޛު)) ނުވަތަ ((ޝެއިޚު)) މިފަދަ ޢިބާރާތްތައް ބޭނުންކުރުން ހުއްޓެވެ.

އަދި ޝެއިޚުގެ ވާހަކަމެދުކެނޑުމާއި، ޝެއިޚުގެ ވާހަކައިގެތެރެއަށް އަމިއްލައަށް ވާހަކަ ވެއްދުމާއި، ޝެއިޚު އިމްތިޙާނުކުރުމުން ދުރުހެލިވާންޖެހެއެވެ. މިފަދަ ކަންކަމަކީ ހިތަށް ބޮޑައިވެރިކަން ވައްދުވައި، ޝައިޚު ފޫހިކުރުވާނެކަމެކެވެ.

2. ޝެއިޚުގެ ކިބައިގައިވާ ރިވެތި އަޚްލާޤުން ފައިދާ ޙާޞިލުކުރުން.

3. ޝެއިޚުގެ ދަރުސްގައި ޝައިޚު ހީވާގިކުރުވާށެވެ.

މިކަން ބިނާވެފައިވާނީ ޝެއިޚު ދަރުސް ދެއްވާއިރު ދަރިވަރުން އަޑުއަހާ ވިސްނާފިކުރުކުރާ މިންވަރެއްގެ މައްޗަށްކަން ހަނދާންބަހައްޓާށެވެ. އެހެންކަމުން، ޝެއިޚުގެ އުއްމީދާއި، ހިތްވަރު ގެއްލުވާނުލުމުގެ މައްޗަށް ސަމާލުވާށެވެ.

4. ޝެއިޚު ފިލާވަޅު ނަންގަވައިދެއްވާއިރު ލިޔުން.

5. ބިދުޢަވެރިންގެ ކިބައިން ޢިލްމު ނުނެގުން.

މުހިއްމު ނުކުތާއެއް:

ޝެއިޚުންނަށް އިޙްތިރާމުކުރުމުގައި ޙައްދުން ބޭރަށް ނުދިޔުންވެއެވެ. މިގޮތުން ބާޠިލު ފިރުޤާތަކުގެ މީހުން ކަންތައްކުރާ ފަދައިން އަތަށް ބޮސްދިނުމާއި، ގުދުވުން ފަދަ ކަންކަމަކީ ޝަރުޢީ އަދަބުތަކުން ބޭރުގައިވާ ކަންކަމެވެ. ހަމައެފަދައިން މުޚާޠަބު ކުރާއިރު ((ސައްޔިދީ)) ނުވަތަ ((މައުލާޔާ)) ފަދަ ޚިދުމަތްކުރުމާއި، އަޅުންގެ ދަރަޖަ ދޭހަކޮށްދޭ ބަސްތަކުން މުޚާޠަބުކުރުމުން ދުރުހެލިވާންޖެހެއެވެ.

***

 އެކުވެރިކުއްޖާއާމެދު ބަހައްޓަންޖެހޭ އަދަބުތައް

މީސްތަކުންނަކީ އެބައިމީހުންނާއެކުގައި އުޅޭ ބަޔަކާ އެއްވައްތަރުވުމުގެ ބާރެއް އެބައިމީހުންގެ ކިބައިގައި ލައްވާފައިވާ ބައެކެވެ. އެހެންކަމުން ނުބައިއެކުވެރިންނާމެދު ސަމާލުވުން ހުއްޓެވެ. ތިމާގެ އެކުވެރިއަކަށް ކުއްޖަކު އައްޔަނު ކުރުމުގެ ކުރިން އެކުއްޖާއަކީ ތިބާ ބޭނުންވާ ލަނޑުދަނޑިއަށް ފޯރުކޮށްދޭނެ މީހެއްތޯ ބަލާށެވެ. އެކުވެރިޔާއަކީ އޭނާގެ ސަބަބުން ތިބާގެ ވެރިއިލާހާ ކުއްތަންކުރުވާނެ މީހެއްތޯއާއި، ތިބާގެ ޝަރަފުކަމުގައިވާ ޢިލްމު ޙާޞިލުކުރުމުގައި އެހީތެރިވާނެ މީހެއްތޯ ބަލާށެވެ.

އަދި އެކުވެރިޔާއަށް ކަމޭހިތާށެވެ.

***

______________________

މަރުޖިޢު:

حلية طالب العلم: بكر فضيلة الشيخ بكر بن عبدالله أبو زيد – رحمه لله –