[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 10

drt4غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَهَ إِلَّا هُوَ إِلَيْهِ الْمَصِيرُ- غافر3” (އެކަލާނގެއީ) ފާފަފުއްސަވާ، ތައުބާ ޤަބޫލުކުރައްވާ، ޢުޤޫބާތް ގަދަފަދަ، ނިޢުމަތްތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކުއަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫޢަވުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”

 

رَبَّنَا وَسِعْتَ كُلَّ شَيْءٍ رَحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ-غافر7 “އަޅަމެންގެ ރައްބު! އިބައިލާހުގެ ރަޙްމަތާއި ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، ތައުބާވެ، އިބައިލާހުގެ މަގަށް ތަބަޢަވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އެއުރެން މުއްތިކުރައްވާނދޭވެ!”

 

رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدْتَهُمْ وَمَنْ صَلَحَ مِنْ آَبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ- غافر8 “އަޅަމެންގެ ރައްބު! އެބައިމީހުންނަށް އިބައިލާހު ވަޢުދުވެވޮޑިގެންފައިވާ ދާއިމަށް ދެމިހުންނާނޭ ސުވަރުގެތަކަށް އެބައިމީހުން ވައްދަވާނދޭވެ! އެބައިމީހުންގެ މައިންބަފައިންނާއި، އެބައިމީހުންގެ އަނބީންނާއި، އެބައިމީހުންގެ ދަރިންކުރެ ޞާލިޙްވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބައިލާހީ، ޢިއްޒަތްތެރިވެވޮޑިގެންވާ، ޙިކްމަތްތެރިވެވޮޑިގެންވާ އިލާހެވެ.”

 

 

وَأُفَوِّضُ أَمْرِي إِلَى اللَّهِ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ-غافر44 “އަދި އަހުރެންގެ ހުރިހާ ކަމެއް ﷲ އަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން، ﷲއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

 

سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ – الزخرف 13 “އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.”

 

سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ -0الزخرف 82 “އެއުރެން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެވެރި، ޢަރުޝުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވެވޮޑިގެންވެއެވެ.”

 

 

رَبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ- الدخان 12 “އަޅަމެންގެ ރައްބު! އަޅަމެންގެ ކިބައިން ޢަޛާބު ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން އީމާންވާހުށީމުއެވެ.”

(ނުނިމޭ)