[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްޖާހިލިއްޔަތު އަލްފިސްޤު – މިކަންކަމުގެ ބައިތަކާއި ޙުކުމްތަކާއި ޙަޤީޤަތް ބަޔާންކޮށްދިނުން 2

20121018_040615

އަދި އަބޫ ޛައްރާ ދިމާއަށްވެސް ޙަދީޘްކުރެއްވިއެވެ.

((إِنَّكَ امْرُءٌ فِيْكَ جَاهِلِيَّة))[رواه البخاري ومسلم]

“ކަލޭއަކީ ޖާހިލިއްޔަތުގެ ކަމެއް ހުރި މީހެކެވެ.”

އަދި މިނޫންވެސް ބައެއް ބަސްފުޅު އައިސްފައިވެއެވެ.

މިހިސާބުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވާހަކަކޮޅު ނިމުނީއެވެ.

 

އިސްވެދިޔަ ވާހަކަކޮޅުގެ ޚުލާޞާއަކީ ޖާހިލިއްޔަތަކީ ޖާހިލުކަމަށް ނިސްބަތްވެގެންވުމެވެ. އެއީ ޢިލްމު ނެތުމެވެ. އެނގުން ނެތުމެވެ. ނޭނގުމެވެ. އެކަން ދެބަޔަކަށް ބެހިގެންވެއެވެ.

1- އަލްޖާހިއްލަތުލް ޢާއްމަތުއެވެ. އެބަހީ ޢާއްމު ޖާހިލުކަމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިއެވެ. އޭރު ހިނގައިދިޔަ ކަންކަމެވެ. އެކަލޭގެފާނު ފޮނުއްވެވުމުން އެކަންކަން ނިމުނީއެވެ.

 

2- އަލްޖާހިއްލަތުލް ޚާއްޞަތު އެވެ.  އެބަހީ ޚާއްޞަ ޖާހިލިއްޔަތެވެ. އެކަން ހުރީ ބައެއް ދައުލަތް ދައުލަތުގައްޔާއި ބައެއް ރަށްރަށުގައްޔާއި އަދި ބައެއް މީހުންގެ ކިބައިގައެވެ. މިކަންކަން ނުފިލައި ބާކީ އެބައޮވެއެވެ. މިކަންކަން މިހެން އޮތީމައި ޖާހިލިއްޔަތުކަން ޢާއްމުކުރާ މީހުންގެ ބަހުގައި ބުނެވޭ ކުށް ރަނގަޅަށް ހާމަވެއެވެ.  ބައެއް މީހުން ބުނެއެވެ. “މި ޤަރުނުގެ ޖާހިލިއްޔަތުކަން” ނުވަތަ ދެންވެސް މިފަދަ ކޮންމެވެސް ޢިބާރާތެއް ބުނެއެވެ. އެއީ ރަނގަޅު ޢިބާރާތެއް ނޫނެކެވެ. ރަނގަޅު ޢިބާރާތަކީ “މި ޤަރުނުގެ ބައެއް މީހުންގެ ޖާހިލިއްޔަތު” ނުވަތަ މި ޤަރުނުގެ ގިނަ މީހުންގެ ޖާހިލިއްޔަތު މިހެން ބުނުމެވެ. މުޅި ޤަރުނު ޢާއްމުވާގޮތަށް ބުނުމީ ޞައްޙަ ގޮތެއްނޫނެކެވެ. އެގޮތަކީ އައްނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމުން ޢާއްމު ޖާހިލިއްޔަތުކަން ނިމުނީއެވެ. (ނުނިމޭ)