[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (19)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އެގާރަވަނަ ނަސޭހަތް: ހެޔޮލަފާ ޞާލިޙު މީހުންނާއި ދީނީ ޢިލްމު އުނގެނޭ މީހުންނަށް ގެއަށް ޒިޔާރަތްކުރުމަށް ދަޢުވަތު ދިނުން

 

﴿رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا ﴾ [سورة نوح ٢٨]

މާނައީ: “އަޅުގެ ރައްބެވެ! މިއަޅާއާއި މިއަޅާގެ މައިންބަފައިންނާއި، އީމާންވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނަށް ފާފަފުއްސަވާނދޭވެ. އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ.”

އީމާންކަމުގެ އަހުލުވެރިން ތިބާގެ ގެއަށް ވަދެއްޖެނަމަ ގޭގައި ނޫރު އިތުރުވާނެއެވެ. އަދި އެބައިމީހުންނާ ވާހަކަ ދައްކާ، ސުވާލުކޮށް، ޚިޔާލުބަދަލުކުރުމުން ގިނަގުނަ ފައިދާތަކެއް ޙާޞިލުވާނެއެވެ. ފަހެ، ‘ގޮމަކަސްތޫރި’ (musk) ގެންގުޅޭ މީހެއްނަމަ ތިބާއަށް އޭގެން ދޭނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން އެ ގަންނާނެއެވެ. ނުވަތަ އޭނާގެ ކިބައިން މީރުވަސް ދުވާނެއެވެ. ދަރިންނާއި އަޚުން އަދި ބައްޕައިން އެބައިމީހުންނާއެކު އިށީނދެ، އަދި އަންހެނުން ފަރުދާއެއްގެ ފަހަތުން އެބައިމީހުންގެ ވާހަކަތައް އަޑުއެހުމުން އެއީ އެ އެންމެންނަށް ލިބޭ ތަރުބިއްޔަތެކެވެ. އަދި ގެއަށް ހެޔޮކަން ވައްދާކަމުގައިވާނަމަ، ނުބަޔާއި ފަސާދަވަނުން ތިބާއަށް އެ މަނާ ކުރެވުނީއެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް