[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 1 ، د 2 – އަޅުކަން)

thauheedh 4 pic

ދެވަނަ ފިލާވަޅު: އަޅުކަން

އަޅުކަމަކީ: ﷲގެ ޙަޟްރަތުގައި ލޯބިވެވޮޑިގެންވާ އަދި ރުއްސަވާވޮޑިގެންވާ އެންމެހާ ކަންތައްތައް ހިމެނޭ ލަފްޒެކެވެ. އެކަމުގައި ބަހާއި ޢަމަލު ހިމެނެއެވެ. އެއީ އެކަންތައްތަކުގެ ތެރެއިން ބޭރުފުށާއި އެތެރެފުށުގެ ކަންތައްތައްވެސް ހިމެނޭ ގޮތުގައެވެ. އަޅުކަންކުރެވޭނީ ﷲއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެއެވެ. އެކަންކުރެވޭނީ އެއިލާހު އަމުރުކުރެއްވި ކަންތައްތައް އަދާކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގެންނެވެ.

ފިލާވަޅުގެ އިރުޝާދުތައް

* އަޅުކަމުގެ ވައްތަރުތައް ވަރަށް ގިނައެވެ.

އޭގެ ތެރޭގައި ބޭރުފުށުގެ ކަންތައްތައް ހިމެނެއެވެ:

މިޘާލަކަށް: ނަމާދާއި، ދުޢާއާއި، ޛަބަޙަކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުން ޤާއިމުކުރުމާއި، ހެޔޮކަންތައްތަކުރުމުގައި އަދި މުންކަރާތްތަކުން ދުރުހެލިވުމުގައި ވާގިވެރިވުމާއި، ﷲގެ މަގުގައި ޖިހާދުކުރުމާއި، ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ.

 އަދި އަޅުކަމުގެ ތެރޭގައި އެތެރެފުށުގެ ކަންތައްތައްވެސް ހިމެނެއެވެ:

މިޘާލަކަށް: ލޯބިވުމާއި، ބިރުގަތުމާއި، ބިރުވެތިވުމާއި، އުންމީދުކުރުމެވެ.

* އެންމެހާ އަޅުކަންތައް އަދާކުރުން ވާޖިބުވެގެންވަނީ ހަމައެކަނި ﷲއަށެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ.

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ [سورة البينة ٥]

މާނައީ: “ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.”[1]

*  އަޅުވެރިއަކީ ﷲ ތަޢާލާ އަމުކުރެއްވި ކަންތައްތައް އަދާކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާ މީހާއެވެ.

ސުވާލުތައް

1. ބޭރުފުށުގެ އަޅުކަންތަކާއި އެތެރެފުށުގެ އަޅުކަންތައް ވަކިކުރުމުގެ ގޮތުން ބޭރުފުށުގެ އަޅުކަންތަކުގައި ދަށުރޮނގު ދަމާށެވެ.

ޙައްޖު، ވަކީލުކުރުން، ދުޢާކުރުން، ނަމާދު، ބިރުގަތުން، ﷲގެ މަގުގައި ޖިހާދުކުރުން

2. އަންނަނިވި ހުސްތަންތަން ފުރާށެވެ.

(أ) އަޅުކަމަކީ:……………………………………………………… ހިމެނޭ ލަފްޒެކެވެ. ……………………………………………………..

(ب) ﷲއަށް ކަޔަމަންގަތުން ޙާޞިލުވާނީ …………………………………… ، ………………………………….. ދުރުހެލިވުމުންނެވެ.

*****************

______________________

[1] ޙުނަފާއިންނަކީ: އެންމެހާ ދީންތައްދޫކޮށް އިސްލާމްދީނަށް އެނބުރިގެން ތިބޭ މީހުން

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ