[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރުވެފައިވާ ޖަނަވާރުގެ ހަމުން ހަދާ ކަންވާރުގެ ޠަހާރަތު

Ivory Compote 12 x 7 E

މަރުވެފައިވާ ޖަނަވާރުގެ ހަން ދިބާޣު ކުރެވިއްޖެނަމަ ޠާޙިރުވެއްޖެއެވެ. އަދި ބޭނުންކުރުންވެސް ހުއްދަވާނެއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙަދީޘުން އެކަމަށް ދަލީލު ލިބޭތީއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

«أَيُّمَا إِهَابٍ دُبِغَ فَقَدْ طَهُرَ» [ رواه الترمذي برقم 1650 ومسلم برقم 366 بلفظ إذا دبغ الإهاب فقد طهر] 

“މަރުވެފައިވާ ޖަނާވަރުގެ ހަން ދިބާޣުކުރެވިއްޖެނަމަ ހަމަކަށަވަރުން ޠާޙިރުވެއްޖެއެވެ.”

أَنَّهُ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّ عَلَى شَاةٍ مَيْتَةٍ فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلَّا أَخَذُوا إِهَابَهَا فَدَبَغُوهُ فَانْتَفَعُوا بِهِ» ؟ فَقَالُوا: إِنَّهَا مَيْتَةٌ. قَالَ: «فَإِنَّمَا حَرُمَ أَكْلُهَا» [رواه مسلم برقم 363 وابن ماجه برقم 3610]

އަދި އެކަލޭގެފާނު މަރުވެފައިވާ ބަކަރިއެއްގެ ކައިރިން ދަމުން ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން އޭގެ ހަން ނުނަގަނީ ކީއްވެހެއްޔެވެ؟” ދެން އެބައިމީހުން އޭގެ ހަން ނަގާ އޭގެން މަންފާ ޙާޞިލްކޮށްފިއެވެ. އެބައިމީހުން ދެންނެވިއެވެ. “އެއީ މަރުވެފައިވާ އެއްޗެކެވެ.” ޙަދީޘްކުރެއްވިއެވެ. “ޙަރާމް ކުރެއްވިފައިވަނީ އެ ކެއުމެވެ.”

މިއީ ކަތިލުމުން ޙަލާލުވެގެންދާ ޖަނަވާރުގެ ހަމަށް ޚާއްޞަ ޙުކުމެކެވެ.

މަރުވެފައިވާ ޖަނވާރުގެ ކެހެރި ދަންނައެވެ. އެއީ ޠާހިރު އެއްޗެކެވެ. ޔަޢުނީ ކެއުން ހުއްދަ ޖަނަވާރުގެ ކެހެރިއެވެ. މަރުވެފައިވާ ޖަނަވާރުގެ މަސް ދަންނައެވެ. އެއީ ޙަރާމް އެއްޗެކެވެ. ޙަރާމްވީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅުންނެވެ.

(إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ) [الأنعام: 145].  

“މުޅަ ތަކެއްޗާއި، އޮހޮރޭ ލެއާއި އޫރުގެ މަސް ކަމުގައި ވުން ފިޔަވައެވެ. އެއީ ނަޖިސް އެއްޗެކެވެ.”

ދިބާޢުކުރެވޭނީ ޖަނަވާރުގެ ހަމުގައި ހުންނަ ކުނި މިލައާއި ނަޖިސް، ފެނަށް އަޅާ ލޮނުފަދަ މާއްދާއަކުން ނުވަތަ ފަތްޕިލާވެލީގެ ބާވަތަކުން ނުވަތަ މިފަދަ ގޮތަކުން އެ ފިލުވާލާ ސާފުކުރުމުންނެވެ.

ކަތިލިޔަސް މަސްކެއުން ހުއްދަނުވާ ޖަނަވާރުތައް ދަންނައެވެ. އެތަކެތީގެ ހަން ޠާހިރު ނުވާހުއްޓެވެ. މިގޮތުން ބަލާއިރު ބުޅަލުގެ ހަމާއި އެފަދަ އެހެން ޖަނަވާރުތަކުގެ ހަން ދިބާޣުކުޅަޔަސް ޠާހިރުނުވާހުއްޓެވެ. އެއީ އެތަކެއްޗަކީ ދިރިހުރި އިރު ޠާހިރު ތަކެތި ކަމުގައިވިޔަސް މެއެވެ.

ކެއުން ޙަރާމް ކުރެވިފައިވާ ޖަނަވާރު، އެއީ އޭތި ދިރިހުރި އިރު ޠާޙިރު އެއްޗެއް ކަމުގައިވިޔަސް، އޭގެ ހަން ދިބާޣުކޮށްގެން ޠާހިރެއްނުވާނެއެވެ.

ޚުލާޞާ: މަރުވެފައިވާ ޖަނަވާރެއް، އެއީ މަސްކެއުން ހުއްދަ ޖަނަވާރެއްނަމަ އޭގެ ޙަން ދިބާޣުކުރުމުން ޠާހިރުވާނެއެވެ. އަދި މަރުވެފައިވާ ޖަނަވާރެއް އެއީ މަސްކެއުން ހުއްދަނޫން ޖަނަވާރެއް ނަމަ އޭގެ ހަން ދިބާޣުކުރުމުން ޠާހިރެއް ނުވާނެއެވެ.

 

ފިޤްހުލް މުޔައްސަރުގެ ހުރިހާ ބައިތައް

 ___________________________

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد