[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (20)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ބާރަވަނަ ނަސޭހަތް: ގެދޮރާ ބެހޭގޮތުން އައިސްފައިވާ ޝަރުޢީ ޙުކުމްތައް އުނގެނުން

 

އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

 ގޭގައި ނަމާދުކުރުން.

ފިރިހެނުން ގޭގައި ނަމާދުކުރުމާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«… أَفْضَلَ الصَّلاَةِ صَلاَةُ المَرْءِ فِي بَيْتِهِ إِلَّا المَكْتُوبَةَ» [رواه البخاري ، الفتح رقم ٧۳۱]

މާނައީ: “…ފަރުޟު ނަމާދުތައް ފިޔަވާ، އެންމެ ހެޔޮވެގެންވާ ނަމާދަކީ މީހަކު އޭނާގެ ގޭގައި ކުރާ ނަމާދެވެ.”

ފަހެ، ޢުޛުރަކާލައިގެން މެނުވީ، ވާޖިބުވެގެންވަނީ މިސްކިތުގައި (ފަރުޟު) ނަމާދުކުރުމެވެ. އަދިވެސް ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

« تَطَوُّعُ الرَّجُلِ فِي بَيْتِهِ يَزِيدُ عَلَى تَطَوُّعِهِ عِنْدَ النَّاسِ، كَفَضْلِ صَلَاةِ الرَّجُلِ فِي جَمَاعَةٍ عَلَى صَلَاتِهِ وَحْدَهُ » [رواه ابن أبي شيبة ، صحيح الجامع ۲٩٥۳]

މާނައީ: “މީހަކު އޭނާގެ ގޭގައި ކުރާ ސުންނަތް ނަމާދުގެ ޘަވާބު މީސްތަކުންގެ ތެރޭގައި ކުރާ ސުންނަތް ނަމާދުގެ ޘަވާބަށްވުރެ އިތުރުވެގެންވެއެވެ. އެއީ ޖަމާޢަތުގައި މީހަކު ކުރާ ފަރުޟު ނަމާދު، އެކަނިހުރެ ކުރާ ފަރުޟު ނަމާދަށްވުރެ ހެޔޮވެގެންވާ ފަދައިންނެވެ.”

އަދި އަންހެނާއާ މެދު ދަންނައެވެ. ގޭގެ ވީހާވެސް އެތެރޭގައި ނަމާދުކުރުން އެކަނބަލުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

« خَيْرُ صَلَاةِ النِّسَاءِ فِي قَعْرِ بُيُوتِهِنَّ » [رواه الطبراني، صحيح  الجامع ۳۳۱۱]

މާނައީ: “އަންހެންކަނބަލުން ކުރާ އެންމެ ހެޔޮ ނަމާދަކީ ގޭގެ އެންމެ އެތެރޭގައި ކުރާ ނަމާދެވެ.”

ގޭގެވެރިމީހާގެ ޢިޛުނަނެތި އެހެންމީހަކު އޭނާގެ ގޭގައި އިމާމަކަށްވެގެން ނުވާނެއެވެ. އަދި ގޭގެވެރިމީހާއަށް ޚާއްޞަކުރެވިފައިވާ ތަނުގައި އިށީނދެގެންވެސް ނުވާނެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

« لَا يُؤَمُّ الرَّجُلُ فِي سُلْطَانِهِ وَلَا يُجْلَسُ عَلَى تَكْرِمَتِهِ فِي بَيْتِهِ إِلَّا بِإِذْنِهِ » [رواه الترمذي رقم ۲٧٧۲]

މާނައީ: “މީހެއްގެ ބާރުވެރިކަމުގައިވާ ތަނެއްގައި އޭނާގެ އިޛުނައެއް ނެތި އެހެންމީހަކު އިމާމުވެ ނަމާދުނުކުރާހުށިކަމެވެ. އަދި މީހަކަށް މާތްކޮށް ހިތުމުގެ ގޮތުން އެމީހެއްގެ ގޭގައި އެމީހާއަށް ޚާއްޞަ ކުރެވިފައިވާ ތަނެއްގައި އޭނާގެ އިޛުނަ ނެތި އެހެން މީހަކު ނުއިށީންނާށެވެ.”

އެބަހީ: އޭނާގެ މިލްކުގައިވާ ތަނެއްގައި ނުވަތަ އެތަނަށް ވެރިއަކުވާ ތަނެއްގައި، މިޘާލަކަށް ގޭގެވެރިމީހާ އޭނާގެ ގޭގައި އަދި މިސްކިތުގެ އިމާމަށްވުރެ ރަނގަޅަށް ޤުރްއާން ކިޔަވާ މީހަކުކަމުގައި ވިޔަސް އެވެރިއެއްގެ ޢިޛުނަނެތި އެތަނުގައި އިމާމަކަށް ނުވެވޭނެއެވެ. އަދި ހަމައެދަފައިން ގޭގެވެރިމީހާއަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި، މިޘާލަކަށް ގޭގެވެރިމީހާގެ އެނދު ތަންމަތީގައި އޭނާގެ ޢިޛުނަނެތި އިށީނުން އެއްވެސް މީހަކަށް ހުއްދަވެގެންނުވެއެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް