[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (21)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިޛުނަ ހޯދުން

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ‌ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ‌ لَّكُمْ لَعَلَّكُمْ تَذَكَّرُ‌ونَ [٢٧] فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ارْ‌جِعُوا فَارْ‌جِعُوا ۖ هُوَ أَزْكَىٰ لَكُمْ ۚ وَاللَّـهُ بِمَا تَعْمَلُونَ عَلِيمٌ [٢٨]﴾ [سورة النور]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްކޮށް އިޛުނަ ލިބިގެންފުމަށްދާނދެން ނުވަންނާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. [27] ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ އިޛުނަ ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ނުވަންނާށެވެ. އަދި ތިޔަބައިމީހުން އެނބުރި ދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ ފަހެ، އެނބުރި ދާށެވެ. އެގޮތް ތިޔަބައިމީހުންނަށް ޠާހިރުކަންބޮޑެވެ. ﷲ އީ ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [28]”

﴿… وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا …﴾  [سورة البقرة ١٨٩]

މާނައީ: “…އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ…”

 

އެތަނުގެ ތެރޭގައި ތިބާއަށް ބޭނުމެއްވާ ތަނަކަށް، މިޘާލަކަށް: މަގުމަތީގައި ދަތުރުކޮށްފައިދާ މީހުންނަށް ހުޅުވާލެވިފައި ހުންނަ މެހެމާނުދާރީ އަދާކުރާ ތަނެއްނަމަ، އެތަނަށް އިޛުނަ ނުހޯދާ ވަނުމަކީ މައްސަލައެއް ނޫނެވެ.

﴿لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا بُيُوتًا غَيْرَ‌ مَسْكُونَةٍ فِيهَا مَتَاعٌ لَّكُمْ ۚ وَاللَّـهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ﴾ [سورة النور ٢٩]

މާނައީ: “އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ އަދި މީހުންނޫޅޭ ގެތަކަށް ތިޔަބައިމީހުން ވަނުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.”

ގާތް ތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ ގޭގެއިން ކައިބޮއި ހެދުމުގައި މައްސަލައެއް ނެތެވެ. އަދި ގާތް ތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ ގެތަކާއި އަދި އެމީހަކަށް އެގެއެއްގެ ތަޅުދަނޑިތައް ޙަވާލުކޮށްފައިވާ ގޭގެއިން، އެބައިމީހުން އެކަމަށް ނުރުހުންތެރިނުވާނަމަ، ކައިބޮއި ހެދުމުގައި މައްސަލައެއް ނެތެވެ.

﴿لَّيْسَ عَلَى الْأَعْمَىٰ حَرَ‌جٌ وَلَا عَلَى الْأَعْرَ‌جِ حَرَ‌جٌ وَلَا عَلَى الْمَرِ‌يضِ حَرَ‌جٌ وَلَا عَلَىٰ أَنفُسِكُمْ أَن تَأْكُلُوا مِن بُيُوتِكُمْ أَوْ بُيُوتِ آبَائِكُمْ أَوْ بُيُوتِ أُمَّهَاتِكُمْ أَوْ بُيُوتِ إِخْوَانِكُمْ أَوْ بُيُوتِ أَخَوَاتِكُمْ أَوْ بُيُوتِ أَعْمَامِكُمْ أَوْ بُيُوتِ عَمَّاتِكُمْ أَوْ بُيُوتِ أَخْوَالِكُمْ أَوْ بُيُوتِ خَالَاتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا جَمِيعًا أَوْ أَشْتَاتًا… ﴾ [سورة النور ٦١]

މާނައީ: ”(އެކަކު އަނެކެއްގެ ގެއިން ކައިބޮއި އުޅުމުގައި) ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއް ނެތްމެއެވެ. އަދި ތިޔަބައިމީހުންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ ބަފައިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ މައިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ އަޚުންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ އުޚްތުންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ ބަފައިފުށުގެ ބޮޑުދައިތައިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ މައިފުށުގެ ބޮޑުބޭބެއިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ މައިފުށުގެ ބޮޑުދައިތައިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންނަށް އެ ތަންތާނގެ ތަޅުދަނޑިތައް މިލްކުވެގެންވާ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ ރަޙްމަތްތެރިއެއްގެ ގެއިން ތިޔަބައިމީހުން ކައިއުޅުމަކުން ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން އެންމެން އެކުގައި ނުވަތަ ވަކިވަކިން ކައިބޮއި އުޅުމަކުންވެސް ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ…”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް