[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވުޟޫ ޞައްޙަވުމުގެ ޝަރުޠުތައް

Brass_water_tapވުޟޫ ޞައްޙަވުމުގެ ޝަރުޠުތައް
1- އިސްލާމަކުކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރުމާއި ބާލިޢުވުން. (ކާފިރުންނާއި މޮޔައިންނާއި ކުޑަކުދިންގެ ތެރެއިން ތަންދޮރު އެނގޭ ޢުމުރަށް ވާޞިލުނުވާ ކުދިން ކުރާ ވުޟޫ ޞައްޙައެއް ނުވާނެއެވެ.)
2- ނިޔަތް: އެއީ މި ޙަދީޘުގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إِنَّمَا الأَعْمَالُ بِالنِّيَّياتِ)) [رواه البخاري برقم 1 ومسلم برقم 1907] މާނައީ: “ޢަމަލުތައް ނިޔަތްތަކުގެ މައްޗަށް މެނުވީ ނުވެއެވެ.” ނިޔަތް ދުލުން ކިޔުމީ ޝަރުޢުކުރެވިގެންވާ ކަމެއް ނޫނެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެކަން ޘާބިތުވެފައިނުވާތީއެވެ.
3- ޠަހޫރު ފެން : ޥުޟޫ ކުރަންޖެހެނީ ޠަހޫރު ފެނުންނެވެ. ނަޖިސްފެނުން ކުރާ ވުޟޫ ޞައްޙައެއްނުވާނެއެވެ.
4- ހަމުގައި ފެންޖެހުން މަނާކުރާ އެންމެހާ ތަކެތި ނައްތައިލުން، އެއީ މިސާލަކަށް މޭކަޕާއި އަންހެންވެރިން ނިޔަފަތީގައި ޖައްސާ ފާޑުފާޑުގެ ކުލަފަދަ ތަކެއްޗެވެ.
5- އިސްތިޖްމާރު ނުވަތަ އިސްތިންޖާކުރަންޖެހޭ ސަބަބެއް މެދުވެރިވެއްޖެނަމަ އެކަންތައް ކުރުން.
6- މުވާލާތުކުރުން: (ގުޅުން ނުކެނޑުން) އެބަހީ އެއްގުނަވަނާ އަނެއް ގުނަވަން ގުޅިގެންވާގޮތަށް [ކުރިން ދޮވުނު ގުނަވަން ނުހިކެނީސް] ދޮވުމެވެ.
7- ގުނަވަންތައް ދޮންނަ އިރު ތަރުތީބުން ދޮވުން.
8- ދޮވުން ވާޖިބުވެގެންވާ ހުރިހާ ގުނަވަނެއް ދޮވުން.

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد