[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 3

ﷲ ތަޢާލާވަނީ ޙަދީޘްގެ އަހުލުވެރިންނަކީ ދީނުގެ ބިންގާތައް ހިފަހައްޓާ ބައެއްގެ ގޮތުގައި ލައްވާފައެވެ. އަދި އެބައިމީހުންގެ ސަބަބުން ހުތުރުވެގެންވާ ބިދުޢަތައް ނެތިގެންދިޔައެވެ. އެބައިމީހުންނަކީ ﷲގެ މަޚްލޫޤުންގެ ތެރެއިން އަމާނާތްތެރިންނެވެ. އަދި ނަބިއްޔާ صلى الله عليه وسلم އާއި މިއުންމަތާއި ދެމެދުގައި (ދީން ފޯރުކޮށްދިނުމުގައި)ވީ މެދުވެރީންނެވެ. އަދި އެއިލާހުގެ މިއްލަތު ދިފާޢުކުރުމުގައި މުޖުތަހިދުންނެވެ. އެބައިމީހުންގެ ނޫރު އުޖާލާވެގެންވެއެވެ. އަދި މާތްކަން ދެމިގެންވެއެވެ. އަދި އެބައިމީހުން އުޅުއްވިގޮތް ފާޅުކޮށް އެނގެން އެބައޮތެވެ. އަދި އެބައިމީހުންގެ ޙުއްޖަތްތަކަށް ގަދަކަން ލިބިގެންވެއެވެ.

ކޮންމެ ބަޔަކީވެސް އެބަޔެއްގެ ހަވާނަފްސަށް ރުޖޫޢަވާ ބައެކެވެ. ނުވަތަ ކޮންމެވެސް ރައުޔެއްކަމުގޮސް އެއަށް ލާޒިމުވާ ބައެކެވެ. ޙަދީޘްގެ އަހުލުވެރިން ފިޔަވައެވެ. ފަހެ އެބައިމީހުންގެ ޢުއްދާއަކީ ﷲ ތަޢާލާގެ ފޮތެވެ. އަދި އެބައިމީހުން ޙުއްޖަތަކީ ޠާހިރު ސުންނަތެވެ. އަދި އެބައިމީހުން އެޖަމާޢަތަކަށް ނިސްބަތްވާ ޖަމާޢަތަކީ ރަސޫލާ صلى الله عليه وسلم ގެ ޖަމާޢަތެވެ.

އެބައިމީހުން ހަވާނަފްސާއެކު ނުދާނެއެވެ. އަދި މީހުންގެ އަމިއްލަ ރައުޔުތަކަށް ބަލާނަހަދާނެއެވެ. މީސްތަކުންގެ ފަރާތުން ޤަބޫލުކުރަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެވިފައިވީ އެއްޗެކެވެ. އެބައިމީހުންނަކީ އެއަމާނާތް ހަވާލުކުރެވިފައިވާ ޢަދުލުވެރިބައެކެވެ. އަދި ދީން ރައްކާކޮށްދޭ ބަނޑޭރީންނެވެ. އަދި ޢިލްމު އުފުލައިދޭ ކަންވާރުތަކެވެ. އޭގެ ތެރޭގައި ކޮންމެ ޢިލްމުވެރިއަކާއި ފިޤުހުވެރިއަކު ހިމެނެއެވެ. އަދި ޝަރުފުލިބިގެންވީ ކޮންމެ އިމާމެއްވެސްމެއެވެ. އަދި ކުޅަދާނަ ޤާރީންވެސްމެއެވެ. އަދި ރަނގަޅަށް ޚުޠުބާދޭ މީހުންވެސްމެއެވެ.

އެބައިމީހުންނަކީ މަތިވެރިވެގެންވީ ޖުމްހޫރުންނެވެ. އަދި އެބައިމީހުން ތަބާވީ މަގަކީ ސީދާމަގެވެ. އެބައިމީހުންނާ ދެކޮޅަށް ރާވާ މީހުން، ފަހެ ﷲ އެފަދަ މީހުން ހަލާކުކުރައްވާ ބަލިކަށި ކުރައްވައެވެ. އަދި އެނގިހުރެ އެބައިމީހުންނާ ދެކޮޅުހަދައިފި މީހަކު، ފަހެ ﷲ އެފަދަ މީހުންނަކަށް ނަޞްރެއް ނުދެއްވާނެއެވެ. އެބައިމީހުންނާ ޚިލާފުވީ މީހުންނަކަށް އެބައިމީހުންނަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަހެރިކޮށްލައިފި ބަޔަކަށް ކާމިޔާބު ނުވާހުއްޓެވެ.

ދީނަށް ރައްކާތެރިވާ މީހުންވަނީ އެބައިމީހުންގެ އިރުޝާދުތަކަށް ބޭނުންޖެހިފައެވެ. އަދި ނުބައިކަމުގެ ލޮލުން އެބައިމީހުންނަށް ނަޒަރުހިންގާމީހާ ފަހެ އެމީހަކު މާޔޫސްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަށް ނަޞްރުދެއްވުމަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. [1]

_________________________________

[1] ބައްލަވާ: ޚަޠީބުލް ބަޢްދާދީގެ (شرف أصحاب الحديث / ص: 8-9)

މިލިޔުމުގެ އެހެނިހެން ބައިތައް