[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 4

thadhveen 4

އެއަށްފަހު ދަންނައެވެ.

މި ބަޔާންކޮށްދެވެނީ އަޅުގަނޑުމެންގެ ކުރިން ޖީލަކަށް ފަހު ޖީލެއް ވަޑައިގެން ސަލަފުއްޞާލިޙުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކެވެ. އެއީ މީގެ ކުރިން ބަޔާންކޮށްދެވުނު ސިފަތަކުގެ އަހުލުވެރިންނެވެ. އެބޭފުޅުންވަނީ ހުރިހާ ބުރަކަމެއް އުފުލާ އަދި ސުންނަތަށް ޚިދުމަތްކޮށް ރައްކާތެރިކޮށް އަދި އުންމަތަށް ފޯރުކޮށްދެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ.

އަޅުގަނޑު މިފޮތުގައި ޖަމާކޮށްފައިވާނީ އެކި މަޞްދަރުތަކުންނެވެ. އަދި އެމަޢުލޫމާތުތައް އެއްކޮށް، އެކަންކަން ބަޔާންކޮށް ގުޅުވައިދީ އެ ބުރަ މަސައްކަތްތައް ބަޔާންކޮށްދިނުމުގެ ގޮތުން ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ އަމިއްލަ ޢިބާރާތްތައް ބޭނުންކޮށްފައިވާނެއެވެ. މިފޮތް ޖަމާކުރެވުނީ އަލްޖާމިޢާ އަލްއިސްލާމިއްޔާގެ ކުއްލިޔަތުން ޙަދީޘްގެ ފުރަތަމަ އަހަރުގެ ކުދިންނަށް (އެކި ޒަމާންތަކުގައި ނަބަނީ ސުންނަތް އެއްކޮށް ޖަމާކުރެވުނު ގޮތް) މި މާއްދާ ކިޔަވައިދިން ދުވަސްވަރުއެވެ.

މިގޮތުން އެދުވަސްވަރު އަޅުގަނޑުވާނީ ދިރާސީ މަންހަޖަށް ބޭނުންވާ ގިނަ މައުޟޫޢުތަކުގައި ލިޔެފައެވެ. އެއީ އެއްފޮތެއްގައި އެހުރިހާ މަޢުލޫމާތެއް ނުވަތަ ގިނަ މަޢުލޫމާތުތައްވެސް އެއްކުރެވިފައި ނުވާތީއެވެ. އެއީ ކުއްލިއްޔާގައި ކިޔަވައިދެވޭ މިމާއްދާގެ މަންހަޖާ އެއްގޮތްވާ ފޮތެއް ނުވަތަ ގާތްކުރާ ފޮތެއްވެސް ނުވާތީއެވެ. ބޭނުމަކީ ކިޔަވާ ދުވަސްވަރު ކުއްޖާގެ އަތުގައި މަރުޖިޢުއެއްގެ ގޮތުގައި އޮންނާނެ ފޮތެއްކަމުގައި މިފޮތްވުމެވެ. އަދި ފަހުންވެސް މިފޮތުގެ އަޞްލު މަރުޖިޢުތަކަށް މިފޮތުގެ ޒަރިއްޔާއިން ވާސިލުވުމަށެވެ.

އަޅުގަނޑުވާނީ އެމަޢުލޫމާތުތައް ތަޤްރީބުކޮށްފައެވެ. އަދި ތަހުޒީބުވެސްކޮށްފައެވެ. އަދި މިފޮތަށް ނަންދީފައިވާނީ (تدوين السنة النبوية: نشأته وتطوره من القرن الأول إلى نهاية القرن التاسع الهجري)  އެވެ.

މިފޮތުގައި ހިމަނާފައިވާނީ ފަސް ބާބެވެ. އަދި އެ ބާބުތަކުގެ ދަށުން ފަޞްލުތަކެކެވެ. އަދި ކޮންމެ ފަޞްލެއްވެސްވާނީ ބައިތަކަކަށް ބަހާލާފައެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް