ވުޟޫކުރުމުގައި މުސްތަޙައްބު ވެގެންވާ ކަންތައްތައްވެއެވެ. އެއީ އެކަން ކުރާ މީހާ އަށް އަޖުރު ލިބޭ ކަންކަމެވެ. އަދި އެކަންތައްތައް ދޫކޮށްލިޔަސް މައްސަލައެއް ނެތް ކަންކަމެވެ. މި ކަންކަމަށް ކިޔެނީ ވުޟޫގެ ސުންނަތްތަކެވެ.
1- ވުޟޫކުރަން ފަށައިގަންނަ ހިނދު ބިސްމި ކިއުން: ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ . ((لاَ وُضُوءَ لِمن لَم يَذْكُرِ اسمَ اللهِ عَلَيهِ)) [أخرجه أحمد 2/418 وأبوداود برقم 101 والحاكم 1/147 وغيرهم من حديث أبي هريرة رضي الله عنه و حسنه ابن الصلاح وابن كثير والعراقي وقواه المنذري وابن حجر وقال الألباني حسن – إرواء الغليل 1/122 ] މާނައީ: ” (ވުޟޫކުރަން ފެށުމުގެ ކުރިން) ﷲ ގެ އިސްމުފުޅު ޛިކްރު ނުކުރާ މީހަކަށް (ބިސްމި ނުކިޔާ މީހަކަށް) ވުޟޫއެއް ނުވެއެވެ.”
2- ދަތްއުނގުޅުން. ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. ((لَوْلاَ أَنْ أَشُقَّ عَلَى أُمَّتِيْ َلأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ وُضُوْءٍ ))” [أخرجه البخاري معلقا بصيغة الجزم: ك الصيام ب سواك الرطب واليابس للصائم. ووصله النسائي (انظر: فتح الباري 4/159)] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ މައްޗަށް އުނދަގޫ ކަމެއްކަމުގައި ނުވާނަމަ ވުޟޫކުރާ ކޮންމެފަހަރަކު ދަތްއުނގުޅުމަށް އެބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ.”
3- ވުޟޫކުރަން ފަށާއިރު އެންމެ ފުރަތަމަ ދެއަތްތިލަ ތިންފަހަރު ދޮވުން. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވިއުރު އެގޮތަށް ކަންތައްތައް ކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ވުޟޫކުރެއްވި ގޮތް ޞިފަކުރައްވާފައިވާ ޙަދީޘްތަކުގައި އެކަލޭގެފާނު އަތްތިލަ ތިންފަހަރު ދޮންނެވިކަމަށް ވާރިދުވެފައިވެއެވެ.
4- ރޯދަވެރިޔާ ނޫންމީހާ އަނގަދޮވުމާއި ނޭފަތަށް ފެންލުމުގައި މުބާލަޣާ ކުރުން. މީގެ ދަލީލަކީ ((وَبَالِغْ فِي الاِسْتِنْشَاقِ إِلاَّ أَنْ تَكُوْنَ صَائِمًا ))” [أخرجه أبو داود برقم (142) والنسائي (1/66) رقم (87) وصححه الألباني (صحيح النسائي رقم 85)] މާނައީ: “އަދި ތިބާ ރޯދައަށް ހުންނަޙާލު މެނުވީ ނޭފަތަށް ފެންލުމުގައި މުބާލަޣާ ކުރާހުށިކަމެވެ.”
[މިތާގައި މުބާލަޣާކުރުމުގެ މުރާދަކީ ބޮޑަށް އެތެރެއަށް ފެންދާނޭހެން އެކަންކުރުމެވެ. ]
6- ފެން ރަނގަޅަށް ވަންނަންދެން އަތް އުނގުޅުމާއި އިސްތަށިބޯ ތުނބުޅި ވިނަވައިލުން: އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވި އިރު އެގޮތަށް ކުރެއްވީތީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޥުޟޫ ކުރައްވާނަމަ އެކަލޭގެފާނުގެ ދެ އަތް ރަނގަޅަށް އުނގުޅުއްވައެވެ. [رواه ابن حبان في صحيحه (3/363) برقم(1082) والبيهقي في السنن الكبرى (1/196) والحاكم في المستدرك (1/243) وصححه وابن خزيمة في صحيحه (1/62) والإمام أحمد في مسنده(4/39).]
އަދި ހަމައެފަދައިން، އެކަލޭގެފާނުގެ ދަތްދޮޅީގެ ދަށަށް ފެންލައްވައި ތުނބުޅިފުޅު ވިނަވައިލައްވައެވެ. [رواه أبو داود برقم (145) وصححه الألباني (الإرواء برقم 92) ]
7- އަތާއި ފައި ދޮންނަ ހިނދު ވައަތްފަރާތުގެ މައްޗަށް ކަނާއަތްފަރާތް އިސްކުރުން. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ފައިވާންޖޯޑުކޮޅަށް އަރާވަޑައިގަތުމުގައްޔާއި ފުނާ އެޅުއްވުމުގައްޔާއި ޠާހިރުވެވަޑައިގެންނެވުމުގައި އަދި އެހެނިހެން ހުރިހާ ކަމެއްގައި ކަނާތްފަރާތް އިސްކުޅައުމަށް ލޯބި ކުރެއްވިއެވެ. [متفق عليه: رواه البخاري برقم (168) ومسلم برقم 226) ].
8- މޫނާއި ދެއަތާއި ދެފައި ދޮންނަ ހިނދު ތިންފަށް ކުޅައުން: ވާޖިބުވެގެންވަނީ ކޮންމެ ގުނަވަނެއްވެސް އެއްފަހަރު ދޮވުމެވެ. އަދި ސުންނަތް ގޮތަކީ ތިންފަހަރު ދޮވުމެވެ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިކަމަށް އެގޮތަށް ކުރެއްވިކަން ސާބިތު ވެގެންވާތީއެވެ. އެކަލޭގެފާނު ޥުޟޫކުރައްވާ ހިނދު (ކޮންމެ ގުނަވަނަކަށް) އެއްފަހަރު ފެންލައިގެންވެސް ވުޟޫކުރެއްވިއެވެ. އަދި (ކޮންމެ ގުނަވަނަކަށް) ދެފަހަރު ފެންލައިގެންވެސް ވުޟޫކުރެއްވިއެވެ. އަދި (ކޮންމެ ގުނަވަނަކަށް) ތިންފަހަރު ފެންލައިގެންވެސް ވުޟޫކުރެއްވިއެވެ.
8- ޥުޟޫކޮށް ނިމިގެން ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( مَا مِنْكُمْ أَحَدٌ يَتَوَضَّأُ فَيَسْبِغُ الوُضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَشْهَدُ اَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ ،إِلاَّ فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةِ، يَدُخُلُ مِنْ أَيِّهَا شَاءَ)). [أخرجه مسلم برقم (234) وزاد الترمذي: ((اللهم اجعلني من التوابين واجعلني من المتطهرين) برقم (55) وصححه بهذه الزيادة الألباني (الإرواء برقم 96). މާނައީ: “ތިޔަބައިމީހުންކުރެމީހަކު އޭނާ އެންމެފުރިހަމަގޮތުގައި ވުޟޫކޮށް، أَشْهَدُ أَنْ لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ (މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވާކަމަށާއި، އެއިލާހުގެ އެއްކައުވަންތަކަމަށާއި، އެއިލާހަށް އެއްވެސް ޝަރީކަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި އެއިލާހުގެ ރަސޫލާކަމަށް އަޅުހެކިވަމެވެ.) މިފަދައިން ކިޔައިފިނަމަ، އޭނާއަށްޓަކައި ސުވަރުގޭގެ އަށްދޮރު ހުޅުވޭނެއެވެ. އޭގެން އޭނާ ބޭނުން ދޮރަކުން އޭނާއަށް ވަދެވޭނެއެވެ.”
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد