އަޅުގަނޑު މިފޮތް ފަށާފައިވާނީ تَمْهِيْد އަކުންނެވެ. އޭގައިވާނީ تدوين السنة ގެ މާނަ ބަޔާންކޮށްދީފައެވެ.
ދެން އެއަށްފަހު ފުރަތަމަ ބާބުގައި އިސްލާމްދީނުގައި ސުންނަތަށް ދެވިފައިވާ ޤަދަރުވާނީ ބަޔާންކޮށްދީފައެވެ. އަދި ސަލަފުންގެ ބޭކަލުން ސުންނަތަށް ދެއްވާފައިވާ އަހައްމިއްޔަތުވެސް މެއެވެ.
އޭގައި ތިން ފަޞްލެއް ހިމެނިފައިވާނެއެވެ:
ފުރަތަމަ ފަޞްލު: ﷲގެ ފޮތުގައިވާ ޙުކުމާއި އަދި ﷲގެ ރަސޫލާގެ ޙުކުމް ހަމަހަމަކުރުން ވާރިދުވެފައިވާގޮތް ބަޔާންކޮށްދީފައިވާނެއެވެ. އަދި އެކަމުގައި ކީރިތި ޤުރުއާނާއި ސުންނަތާއި ސަލަފުންގެ ބަސްފުޅުތައް ޛިކުރުކޮށްފައިވާނެއެވެ.
ދެވަނަ ފަޞްލު: ސަލަފުންގެ ބޭކަލުން ސުންނަތަށް ދެއްވާފައިވާ އަހައްމިއްޔަތުވާނީ ބަޔާންކޮށްފައެވެ. އަދި އެއާ ގުޅޭ ތިން ބައެއް އިތުރުކޮށްފައިވާނެއެވެ؛ އެއީ:
ފުރަތަމައީ: ޞަޙާބީ ބޭކަލުން ސުންނަތަށް ދެއްވާފައިވާ އަހައްމިއްޔަތު
ދެވަނައީ: ތާބިޢީ ބޭކަލުންނާއި އެއަށްފަހު ވަޑައިގަތް ބޭކަލުން ސުންނަތަށް ދެއްވާފައިވާ ޤަދަރު
ތިންވަނައީ: ޙަދީޘް ހޯދުމުގައި ދަތުރުކުރެއްވުން
ތިންވަނަ ފަޞްލު: ފަހެ ހަވާނަފްސަށް ތަބާވާ މީހުންނާއި އެކި ފިރުޤާތަކަށް ނިސްބަތްވާ މީހުން، ސުންނަތުން ޙުއްޖަތްނެގުމާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކާ މެދު އަޅުގަނޑުވާނީ އަލިއަޅުވާލާފައިވާނެއެވެ. އަދި ތިން ބަޔަކަށް އެ ފަޞްލުވާނީ ބަހާލާފައެވެ:
ފުރަތަމައީ: އެކުއެކީގައި ސުންނަތް ޤަބޫލުނުކުރާ މީހުން
ދެވަނައީ: އާޙާދު ޚަބަރު އިންކާރު ކުރާމީހުން
ތިންވަނައީ: ނައްޞަށްވުރެ އިތުރުވެފައިވާ ބައި ޤަބޫލުނުކުރާ މީހުން
ދެވަނަ ބާބުގައި އަޅުގަނޑު ވާނީ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނުގައި ސުންނަތް ލިޔެ ރައްކާތެރިކުރެވުނު ގޮތާމެދު ވާހަކަދައްކާފައެވެ. އަދި ދެ ބަޔަކަށް އެ ފަޞްލުވާނީ ބަހާފައެވެ:
އެއްވަނަ ބައި: ހިޖްރީ ފުރަތަމަ ޤަރުނުގައި ލިޔެރައްކާތެރި ކުރެވުނު ގޮތް : ސުންނަތް ލިޔެރައްކާކުރުމުގެ ފުރަތަމަ ފެށިފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ޒަނާމުގައިކަން ޘާބިތުވާ ދަލީލުތަކާއި ބުރުހާނުތައް އަޅުގަނޑުވަނީ ބަޔާންކޮށްދީފައެވެ. އަދި އެއަށްފަހު ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ އެކި ޢުމުރުފުރައިގެ ބޭކަލުން މިޤަރުނުގައި ސުންނަތް ލިޔެ ރައްކާކުރެއްވުމަށް ކުރައްވާފައިވާ މިންނަތް މަސައްކަތްޕުޅުތައް ޛިކުރުކޮށްފައިވާނެއެވެ.
ދެވަނަ ބައި: ހިޖްރީ ދެވަނަ ޤަރުނުގައި ލިޔެރައްކާތެރި ކުރެވުނު ގޮތް : މި ފަޞްލުގައި އިޝާރާތްކޮށްފައިވާނީ މި ޤަރުނުގައި ޙަދީޘް ލިޔެރައްކާތެރި ކުރެވުނު ގޮތް ތަރައްޤީވެގެން އައިގޮތެވެ. އަދި މި ދުވަސްވަރު އުޅުއްވި ފޮތްތައް ލިޔުއްވި ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލުންގެ ލިސްޓެއް އަޅުގަނޑުވާނީ ޛިކުރުކޮށްފައެވެ. އަދި ވަރަށް ކުރުގޮތަކަށް މިޤަރުނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މިޘާލެއްގެ ދިރާސާވާނީ ހަށަހަޅާދީފައެވެ. އެ މިޘާލަކީ އިމާމު މާލިކު ލިޔުއްވި މުވައްޠާއެވެ.
އަދި ތިންވަނަ ބަޔާ މެދު ދަންނައެވެ. އެ ބާބު ޚާއްޞަކޮސްފައިވާނީ ހިޖުރައިން ތިންވަނަ ޤަރުނާ ބެހޭގޮތުންނެވެ. އެދުވަސްވަރަކީ އިސްލާމީ ޢިލްމުތައް ލިޔެ ރައްކާކުރެވުނު އެންމެ އުޖާލާކަން ބޮޑު ދުވަސްވަރެވެ. އަދި ޚާއްޞަ ގޮތެއްގައި ނަބަވީ ސުންނަތާ ގުޅުންހުރި ޢިލްމުތަކެވެ.
އެބާބު ވާނީ ދެފަޞްލަށް ބަހާފައެވެ. އަދި ފެށުމުގެ ގޮތުން، މިޤަރުނުގެ ޢިލްމުވެރިން ކުރައްވާފައިވާ ބުރަމަސައްކަތާ ބެހޭގޮތުން ޚުލާޞާގޮތަކަށް އަލިއަޅުވާލާފައިވާނެއެވެ. އެއީ ޙަދީޘް ލިޔެރައްކާތެރި ކުރެވުނު ގޮތް ތަރައްޤީވެގެން އައިގޮތާއި އަދި ފޮތް ލިޔުއްވުމުގައި އެބޭފުޅުން ގެނެސްފައިވާ އާ ކުރިއެރުންތަކެވެ. އަދި ފޮތް ލިޔުމުގެ ދާއިރާތައް ފުޅާކުރެއްވި ކުރެއްވުމެވެ.
ފުރަތަމަ ފަޞްލު: އެ ފަޞްލަށްވާނީ ދެބަޔަކަށް ބަހާލައިގެން المَسَانِيْد(މުސްނަދުތަކާ) ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ:
ފުރަތަމައީ: المَسَانِيْد ގެ ތަޢުރީފާއި އަދި އެ ލިޔެފައިވާ ގޮތާއި އެންމެ މުހިންމު مُسْنَد ތަކުގެ ވާހަކަ
ދެވަނައީ: އިމާމު އަޙްމަދު – رحمه الله – ގެ މުސްނަދާ ބެހޭގޮތުންވާ ކުރު ދިރާސާއެއް
ދެވަނަ ފަޞްލު: މަޝްހޫރު ކުތުބުއްސިއްތާގެ ފޮތްތަކުގެ ތެރެއިން ކޮންމެ ފޮތަކާ ބެހޭގޮތުން ވަރަށް ކުރު ދިރާސާއެއް ހިމަނާފައިވާނެއެވެ. މިދިރާސާ ކުރުކޮށް ލިޔެފައިވާނީ ދެ ސަބަބަކާ ހުރެއެވެ:
ފުރަތަމައީ: އެފޮތްތަކަކީ އެންމެންވެސް ދަންނަ މަޝްހޫރު ފޮތްތަކަކަށްވުމުންނެވެ. އަދި އެހާރާއި މިހާރުގެ އެތައް ދިރާސާތަކެއް އެފޮތްތަކާމެދު ލިޔެވިފައިވެއެވެ. [1]
ދެވަނައީ: ހަމަކަށަވަރުން [އަލްޖާމިޢާ އަލްއިސްލާމިއްޔާގައި] ކުއްލިއްޔާ މަރުޙަލާ ކިޔަވާކުދިން ހަތަރުއަހަރުގެ މުއްދަތެއްގެ ތެރޭގައި މިފޮތްތަކާމެދު ކިޔަވާނެއެވެ. އަދި އެފޮތްތަކުން ބައެއް މިޘާލުތައް ނަގައިގެން އަދި ކޮންމެ ފޮތެއްގެ މުއައްލިފާއި އަދި ފޮތާމެދު ކިޔަވާނެއެވެ.
ހަތަރުވަނަ ބާބު އާ މެދު ދަންނައެވެ. ފަހެ އެބާބުގައި އަޅުގަނޑުގެ ޛިކުރުކޮށްފައިވާނީ ހަތަރުވަނަ އަދި ފަސްވަނަ ޤަރުނުގައި ސުންނަތް ލިޔެ ރައްކާކުރެވުނު ގޮތާ ބެހޭގޮތުންނެވެ. އެއީ ދެ ފަޞްލަކަށް ބަހާލައިގެންނެވެ:
ފުރަތަމައީ: ހަތަރުވަނަ ޤަރުނުގައި ޙަދީޘް ލިޔެ ރައްކާކުރެވުނު ގޮތް. މި ފަޞްލުވާނީ ދެބަޔަކަށް ބަހާފައެވެ:
ފުރަތަމަ ބައި: މިޤަރުނުގައި ލިޔެ ރައްކާކުރެވުނު ސުންނަތުގެ ބައެއް ފޮތްތަކުގެ ތަޢާރަފެކެވެ. އެއީ ހަތް ފޮތެކެވެ:
1 އިބްނު ޚުޒައިމާގެ ޞަޙީޙް
2 އިބްނު ޙިއްބާންގެ ޞަޙީޙް
3 ޙާކިމްގެ މުސްތަދްރަކު
4 ޠަޙާވީގެ ޝަރްޙު މުޝްކިލުލް އާޘާރު
5 ޠަބަރާނީގެ އަލްމުޢްޖަމުލް ކަބީރު
6 ދާރުޤުތުނީގެ ސުނަން
7 ބައިހަޤީގެ އައްސުނަނަނުލް ކުބްރާ
ދެވަނަ ބައި: المُسْتَخْرَجَات ގެ ފޮތްތައް
ދެވަނަ ފަޞްލު: ފަސްވަނަ ޤަރުނުގައި ސުންނަތް ލިޔެ ރައްކާކުރެވުނު ގޮތަށް މިފަޞްލު ޚާއްޞަކޮށްފައިވާނެއެވެ.
މި ފަޞްލުގައިވަނީ ދެމައުޟޫޢުއެކެވެ.
ފުރަތަމަ މައުޟޫޢު: ކުތުބުއްސިއްތާ ނުވަތަ އޭގެ ތެރެއިން ބައެއްފޮތްތައް ޖަމާކޮށް ލިޔެވިފައިވާ އެންމެ މުހިންމު ފޮތްތައް.
ދެވަނަ މައުޟޫޢު: ތިން ފޮތެއްގެ ކުރު ތަޢާރަފެއް، އެއީ:
1 ބަޣަވީގެ ޝަރްޙުއް ސުންނާ
2 ބަޣަވީގެ މަޞާބީޙުއް ސުންނާ
3 އިބްނުލް އަޘީރުގެ ޖާމިޢުލް އުޞޫލް
އަދި ފަސްވަނަ ބާބު ގައި ވާހަކަދައްކާފައިވާނީ: ހިޖުރައިން ފަސްވަނަ ޤަރުނަށްފަހު ސުންނަތް ލިޔެ ރައްކާކުރުން ޖަހާފައިވާ މިސްރާބާ ބެހޭގޮތުންނެވެ.
އެ ބާބު ވާނީ ދެ ފަޞްލަކަށް ބަހާލާފައެވެ. އަދި އެ ދެ ފަޞްލު ފަށާފައިވާނީ ހިޖުރައިން ފަސްވަނަ ޤަރުނުން ފެށިގެން ނުވަވަނަ ޤަރުނާ ހަމައަށް އިސްލާމީ އުންމަތުގެ ޙާލަތު ބަޔާންކޮށްދޭ ފަދަ ތަމްހީދަކުންނެވެ. އެއީ ދެބަޔަކަށް ބާހަލައިގެންނެވެ:
ފުރަތަމައީ: ޢާންމު ގޮތެއްގައި މުސްލިމުންނަށް އަދި ޚާއްޞަގޮތެއްގައި އަހްލުއްސުންނާގެ މީހުނަށް ދިމާވެފައިހުރި ފިތުނަތަކާއި އިމްތިޙާނުތަކުގެ ވާހަކަ.
ދެވަނައީ: މިފިތުނަތަކާ ދެކޮޅަށް ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަޔާންކޮށްދިނުމާއި އަދި އަހްލުއްސުންނާގެ މަސައްކަތްތައް ފާޅުކޮށްދިނުން. އަދި ﷲ ތަޢާލާގެ ރަޙްމަތަށްފަހު، މުސްލިމުން އެވަޅުގަނޑުން ސަލާމަތްކޮށްދިން ބަޔަކީ އެއީ ކަން ހާމަކޮށްދިނުން. އެއީ ބިދުޢަތަކާއި ޚުރާފާތުތަކާއި އަދި އެންމެހާ މަގުފުރެދުންތަކަށް ރައްދު ދިނުމުގެ ޒަރީޢާއިން.
ފުރަތަމަ ފަޞްލު އާ މެދު ދަންނައެވެ: މި ފަޞްލުގައި ހިމަނާފައިވާނީ ކަނޑައެޅިފައިވާ ޚާއްޞަ މައުޟޫޢުތަކަކަށް ލިޔެފައިވާ ފޮތްތަކެވެ. މިޘާލަކަށް:
1 الموضوعات ގެ ފޮތްތައް
2 الأحكام ގެ ފޮތްތައް
3 الغريب ގެ ފޮތްތައް
4 الترغيب والترهيب ގެ ފޮތްތައް
ދެވަނަ ފަޞްލު: ޢާންމު ގޮތެއްގައި އަދި ޝާމިލު މައުޟޫޢު ތަކެއްގައި ލިޔެފައިވާ ފޮތްތައް. މިޘާލަކަށް: الأطراف، التخريج، الزوائد، المجاميع އަދި އެފަދަ އެހެނިހެން ފޮތްތައް.
= ނުނިމޭ =