[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޤަދަރު މަތިވެރިކުރުން4

1 (3)މިމޭރުމުން ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި އެކި އެކި އުންމަތްތަކަށް ނަމާދު ފަރުޟުކުރެވުނުކަން ބަޔާންކުރައްވާފައެވެ. އަދި ނަމާދުގެ ވަގުތުތަކަކީވެސް ހުރިހައި ޝަރީޢަތްތަކުގައިވެސް އެއްވަގުތުތަކެކެވެ. ނަމާދު ފަރުޟުކުރެވުނު ހިނދު ޖިބްރީލްގެފާނު ވަޑައިގެން ފަސް ނަމާދު، ކޮންމެ ނަމާދެއް އެނަމާދެއްގެ ވަގުތުގައި އަދާކުރައްވައި އެކަލޭގެފާނަށް އުގަންނަވައި ދެއްވިއެވެ. އެއަށް ފަހު ޖިބްރީލްގެފާނު ވިދާޅުވިއެވެ: “هَذَا وَقْتُ الْأَنْبِيَاءِ قَبْلَكَ” މާނައީ: “މިވަގުތުތަކަކީ އިސްވެދިޔަ ނަބިއްޔުންގެ ވެސް ވަގުތެވެ”

ޖިބްރީލްގެފާނު ޢަމަލީގޮތުން މާތް ނަބިއްޔާއަށް އުގަންނަވައި ދެއްވި ފަދައިން ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴾ [النساء 103] މާނައީ: “ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ”.

އަދި މުއުމިނުންނަށް މަދަޙައިގެ ގޮތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾﴾ [المؤمنون 1-2] މާނައީ:”މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ”.

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((أَرَأَيْتُمْ لَوْ كَانَ بِبَابِ أَحَدِكُمْ نَهَرٌ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، مَاذَا تَقُولُونَ ذَاكَ يُبْقِي مِنْ دَرَنِهِ؟)) قَالُوا: لَا يُبْقِي مِنْ دَرَنِهِ شَيْئًا، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:((فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهِنَّ الْخَطَايَا)) [متفق عليه] މާނައީ: ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ ތިޔަބަމީހުންގެ ތެރެއިން މީހެއްގެ ދޮރު ކުރިމަތީގައި ވާ ކޯރަކުން ދުވާލަކު ފަސްފަހަރު ފެންވަރާ މީހެއްގެ ހަށިގަނޑުގައި ހަޑިކަމެއް ހުންނާނެހެއްޔެވެ؟ ޞަޙާބީންދެންނެވިއެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ހަޑިކަމެއް ނުހުންނާނެއެވެ. ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. އެމީހާގެ މިސާލީ ފަސްނަމާދުގެ މިސާލެވެ. ފަސްފަހަރު ފެންވަރާ މީހާގެ ޖިސްމުގައި ހަޑިކަމެއް ނުހުންނާނެ ފަދައިން ފަސް ނަމާދު އަދާކުރާމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ( ޠާހިރުކުރައްވާ)ނެތެވެ”.

ނަމާދަށް ދިއުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ﷲ ތަޢާލާ ހެޔޮކަމެއް ލިޔުއްވަތެވެ، އަދި ދަރަޖައެއް މަތިވެރިކުރައްވަތެވެ، އަދި ފާފައެއް ފުއްސަވަތެވެ. ((إِذَا تَوَضَّأَ الرَّجُلُ فَأَحْسَنَ الْوضُوءَ، ثُمَّ أَتَى الْمَسْجِدَ لَا يُرِيدُ إِلَّا الصَّلَاةَ، لَمْ يَخْطُ خُطْوَةً إِلَّا رُفِعَ بِهَا دَرَجَةً، وَحُطَّ عَنْهُ بِهَا خَطِيئَةٌ)) [متفق عليه] މާނައި:” މީހަކު ވުޟޫކޮށް އެވުޟޫ ފުރިހަމަ ކޮށް، އެއަށްފަހު ހަމައެކަނި ނަމާދަށް އެދިގެންވާ ޙާލު މިސްކިތަށް އައިސްފިނަމަ (ފަހެ) އޭނާ އަޅާކޮންމެ ފިޔަވަޅަކަށް ދަރަޖައެއް އުފުއްލެވޭނެތެވެ. އަދި ފާފައެއް ފުއްސެވޭނެތެވެ”. (ނުނިމޭ)