އިސްލާމީ ޢަޤީދާގެ އަސާސްތައް – (3)
މިފިލާވަޅުގައި އަލިއަޅުވާލާނީ އިސްލާމްދީނުގެ މަޢުލޫމާތު ލިބި، އެޔާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިސްލާމްދީނަށް ގޮވާލައި، ދަޢުވަތު ދިނުމުގެ މައްޗަށެވެ.
މިފިލާވަޅުގައި އަލިއަޅުވާލާނީ އިސްލާމްދީނުގެ މަޢުލޫމާތު ލިބި، އެޔާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިސްލާމްދީނަށް ގޮވާލައި، ދަޢުވަތު ދިނުމުގެ މައްޗަށެވެ.
ތައުޙީދުއް ރުބޫބިއްޔަތުގެ މުރާދަކީ ވެރިކަމާއި، ޚަލްޤުކުރެއްވުމާއި، ތަދުބީރުކުރެއްވުމާއި، ރިޒްޤުދެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުން ފަދަ އެންމެހައި އަފްޢާލުތަކުގައި (އެބަހީ ﷲ ތަޢާލާ ކުރައްވަވާ ކަންކަމުގައި) ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ.
މިސިލްސިލާގެ ފުރަތަމަ ފިލާވަޅުގައި އަލިއަޅުވާލައިފައިވާނީ ޢިލްމާއި މަޢުރިފާ ލިބިގަތުމުގެ މައްޗަށެވެ. މިފިލާވަޅުގައި އަލިއަޅުވާލާނީ ޢިލްމާއި މަޢުރިފާގެ މައްޗަށް ޢަމަލުކުރުމުގެ މައްޗަށެވެ.
އިސްލާމީ ޢަޤީދާގެ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ކޮންމެ މުސްލިމަކުވެސް ދަނެގަތުން ލާޒިމް ކަންތައްތަކެއް ވެއެވެ.
މިހެން މިކަން އޮތް އިރު މާތް ނަބިއްޔާ ﷺ މިދުނިޔެ ދޫކުރެއްވުމަށް ފަހުގައި، މާތް ކަމެކޭ ބުނެ ޢީދު މީލާދު ފަދަ އާ އަޅުކަންތައް (ބިދުޢަތަށް) ދީނުގެ ތެރެއަށް ވެއްދުމުން ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ދޮގުކުރެވެނީއެވެ. ދީނުގެ ތެރެއަށް އާކަންކަން ގެނައުމަކީ އިސްލާމްދީން ފުރިހަމަވެއްޖެކަމަށް ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅު ދޮގުކުރުން ކަމުގައި ނޫނީ ނުވާނެއެވެ. އެފަދައިން ބަޔަކު ކަންތައް ކުރުމުން ދޭހަވަނީ ﷲ ތަޢާލާ އިސްލާމްދީން ފުރިހަމަ ނުކުރައްވާކަމެވެ. އަދި މާތް ނަބިއްޔާ ﷺ މިދުނިޔެ ދޫކުރެއްވީ އެކަލޭގެފާނާއި ހަވާލުކުރެއްވުނު ރިސާލަތް ފޯރުކޮށްދެއްވުމުގެ އަމާނާތް ފުރިހަމަ ނުކުރައްވާ ކަމެވެ. نعوذ بالله އެވެ.
ތައުޙީދުލް އުލޫހިއްޔަތުގައި ޝިޔަޢީންގެ ޢަޤީދާ
ޝިޔަޢީން އިސްލާމީ ޝަރީޢަތުގެ މަޞްދަރެއް ކަމުގައިވާ އިޖުމާޢާއި މެދު ޤަބޫލުކުރާ ޢަޤީދާ
މާތް ނަބިއްޔާ ﷺ ޙައްޖަތުލް ވަދާޢުގައި ޢަރަފާތް ބިމުގައި ހުންނަވައިގެން ވަރަށް މުހިންމު ޚުތުބާއެއް އުންމަތަށް ދެއްވިއެވެ. މިޚުތުބާގައި ނަބިއްޔާ ﷺ ވަނީ މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އަސާސްތަކެއް އުންމަތަށް ބަޔާންކޮށްދެއްވާފައެވެ.
ޢަރަފާތް ދުވަހަކީ އެތަކެއް ޚާއްޞަކަމަކާއި މާތްކަމެއް ލިބިގެންވާ ދުވަހެއް
ޝިޔަޢީން އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު ކަމުގައިވާ މާތް ނަބިއްޔާ ﷺ ގެ ސުންނަތާއި މެދު ޤަބޫލުކުރާ ޢަޤީދާ
ޝިޔަޢީން ކީރިތި ޤުރުއާނާއި މެދު ޤަބޫލުކުރާ ޢަޤީދާ:
ﷲ ތަޢާލާ އެއިލާހަށް ސަޖިދަކުރުމަށް އިބްލީހަށް އަމުރުކުރެއްވުމުން، އޭނާ ކިބުރުވެރިވެ އެއަމުރުފުޅަށް ކިޔަމަންވުމަށް އިންކާރުކުރިއެވެ. އޭގެ ސަބަބުން ﷲ ތަޢާލާ އޭނާއަށް ލަޢުނަތް ލައްވައި، އެއިލާހުގެ ރަޙްމަތުން ބޭރުކުރެއްވިއެވެ. އެވަގުތުން ފެށިގެން އޭނާ ވަނީ އާދަމުގެ ދަރިންގެ މައްޗަށް ޢަދާވާތްތެރިކަން ފާޅުކޮށްފައެވެ.
ހައްދުފަހަނައަޅާފައިވާ މިބައިގަނޑު ފާޅުވުމާއި ދާދި އެކީގައިހެން އިސްލާމީ އުންމަތުގެ ތެރޭގައި ހައްދުފަހަނައެޅި އެހެން ޖަމާޢަތެއްވެސް ވުޖޫދަށްއައެވެ. އެއީ މާތް ނަބިއްޔާ ﷺ ގެ އާލު ބައިތުންނަށް ނަޞްރު ދިނުމުގެ ނަމުގައި ފާޅުވި ޝިޔަޢީ ޖަމާޢަތެވެ. މިބައިގަނޑުވެސް ވަނީ މާތް ވެގެންވާ އިސްލާމް ދީނުގެ އެތަކެއް އުސޫލުތަކެއް މުގުރާލައި އިންތަކުން ބޭރުވެގެން ގޮސްފައެވެ. މިބައިގަނޑު ތެރޭގައި ހައްދުފަހަނައެޅުން އޮތް މިންވަރަކީ މީގެ ތެރެއިން ބައެއް މީހުން ރަސޫލަކީ އަދި އިލާހަކީ ވެސް ޢަލީގެފާނު ކަމަށް ދަޢުވާކުރާ ދަރަޖައަށް ދިއުމެވެ.
ދީނީ ގޮތުން ހައްދުފަހަނައެޅުން މިތަނުގައި މާނަ މިކުރަނީ ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި އުސޫލުތައް ފަހަނައަޅައި ގޮސް، ދީނުގެ ނަމުގައި ދީނާއި ޚިލާފު ކަންތައްތަކެއް ކުރުމަށެވެ.
ދަރިއަކު ދީނަށް ލޯބިޖެހި ނަމާދު ޤާއިމުކޮށް، ނަބިއްޔާ ﷺ ގެ ސުންނަތްތަކަށް ލޯބިކުރާ މަންޒަރު ފެނުމަކީ މައިންބަފައިންގެ ހިތަށް ފިނިކަން ލިއްބައިދޭނެ ކަމެކެވެ. އެއީ ކޮންމެ މަޔަކާއި ބަފަޔަކު ދެކެން ބޭނުންވާނެ މަންޒަރެކެވެ. ނަމަވެސް އެ ދަނޑިވަޅުގައި މައިންބަފައިން ނުވަތަ ބެލެނިވެރިން ސަމާލުވާންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބަވެއެވެ. އެނުކުތާއަށް ސަމާލުކަން ނުދެވިއްޖެނަމަ ހިތަށް ލިބުނު ފިނިކަން ހިތި ވޭނަކަށް ވެދާނެއެވެ.
ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިސްތިޤްބާލުކުރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔާފައެވެ. ރޯދައިގެ މައްސަރު، ޤުރުއާނުގެ މައްސަރު، ރޭއަޅުކަމުގެ މައްސަރު، ސަދަޤާތާއި ޚައިރާތުގެ މައްސަރު، ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު މިވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ނުކުތާތާތަކެއް ވެއެވެ: ރަމަޟާންމަހު އަޅުގަނޑުމެން އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވަންޖެހޭނެއެވެ. ކުރީ ޒަމާންތަކުގައި އުޅުއްވި ޞާލިޙު ބޭކަލުން ރަމަޟާންމަހަށްފަހު ހަމަސްވަންދެން އެބޭކަލުން ރަމަޟާންމަހުގައި އަދާކުރި…