[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (27)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ސާދަވަނަ ނަސޭހަތް: ޢާއިލާތެރޭގައި ހުރި ޚިލާފުތައް ދަރިންގެ ކުރިމަތީގައި ފާޅުނުކުރުން

 

ގިނަ ބަޔަކު އެއްގެއެއްގެ ތެރޭގައި ދިރިއުޅޭއިރު އެއްވެސް ވައްތަރެއްގެ ދެބަސްވުމެއް ނެތި ނުދާނެއެވެ. ޞުލްޙަވެރިވުމަކީ ރަނގަޅުގޮތެވެ. އަދި ޙައްޤަށް ރުޖޫޢަވުމަކީ ރިވެތި ޚުލުޤެކެވެ. ނަމަވެސް ގޭގެ އެއްބައިވަންތަކަމަށް ގުޑުންއަރާ، ގޭގެ އެތެރޭގެ ބިނާއަށް ގެއްލުންވަނީ އެ މައްސަލަތައް ގޭގެ އަހުލުވެރިންގެ ކުރިމަތީ ފާޅުކުރުމުންނެވެ. ފަހެ، އޭރުން ޢާއިލާ ދެބަޔަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަށް ބައިވެގެންދެއެވެ. އަދި އެއްބައިވަންތަކަން ނެތިކޮށްލައެވެ.

އަދި މީގެ އިތުރުން ދަރިންނަށް ނަފްސާނީގޮތުން ނުރަނގަޅު އަޘަރުތައް ކުރެއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށެވެ. ބައްޕަ ދަރިފުޅު ގާތު މަންމައާ ވާހަކަ ނުދައްކާށޭ ނުވަތަ މަންމަ ދަރިފުޅު ގާތު ބައްޕައާ ވާހަކަ ނުދައްކާށޭ ބުނާ ގެއެއްގެ ޙާލާމެދު ވިސްނާލައްވާށެވެ. ދަރިފުޅު ހުންނާނީ އޮޅުންބޮޅުންތަކެއްގެ ތެރޭގައި އެކުއްޖާގެ ނަފްސަށް ހަމަޖެހުމެއް ނުލިބިއެވެ. އަދި އެންމެންވެސް ދިރިއުޅެމުންދާނީ އުނދަގޫކަމުގެ ތެރޭގައެވެ. ފަހެ، އަޅުގަޑުމެން ޚިލާފުތަކާ ދުރުވާން ޖެހެއެވެ. އަދި އެފަދަ ކަމަކާ ކުރިމަތިވެއްޖެނަމަ އެކަން ފޮރުވުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.

އަޅުގަނޑުމެން ﷲ ތަޢާލާގެ ޙަޟްރަތުން އެދެނީ އަޅުގަނޑުމެންގެ ހިތްތަކުގައި ލޯތްބާއި އެއްބައިވަންތަކަން ލެއްވެމަށެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް