[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރީން ތަރުބިއްޔަތު ކުރުން…3

1. ރަނގަޅު އިސްލާމީ ނަމެއްކިޔުން.

ރަނގަޅު އިސްލާމީ ނަމެއް ކިޔުމުގައި ކޮންމެހެން އެންމެ ކުރު ނަން ނުވަތަ މުޖުތަމަޢުގައި އެންމެ މަދު ނަން ކިޔުމަކީ އެދެވިގެންވާކަމެއް ނޫނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރެއް ހިންގާލައިފި ކަމުގައިވަނީނަމަ އަޅުގަނޑުމެންނަށް ފެނިގެންދަނީ ނަން ކިޔުމުގައި ތަފާތު އުޞޫލުތައް އެކި ބޭފުޅުން ގެންގުޅުއްވާތަނެވެ. ނަން ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި ދެ އަކުރުން ކިޔޭ ނަމެއް، ނުވަތަ މަންމަގެ ނަމުން އަކުރަކާއި ބައްޕަގެ ނަމުން އަކުރަކާއި ކޮންމެވެސް އެހެން ނަމަކުން އަކުރެއް، ނުވަތަ މުޖުތަމަޢުގައި ނެތް ނަމެއް ކިޔުންފަދަ ޝަރުޠުތަކަކީ އަދުގެ މުޖުތަމަޢުއިން އަޅުގަނޑުމެންނަށް ފެންނަމުންދާ ކަންކަމެވެ. އެހެންނަމަވެސް ނަން ކިޔުމުގައި އެންމެ ސަމާލުވާންވީ ކަންތައްތަކަށް އަޅުގަނޑުމެންނަށް މިވަނީ ފަރުވާކުޑަކެރެވިފައެވެ. އެހެނީ ނަން ކިޔުމުގައި އެންމެ ސަމާލުކަންދޭންވާނީ މާނައަށެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވި ޙަދީޘްފުޅެއްފެ މާނައިގައިވެއެވެ.

” ހަމަކަށަވަރުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންގެ ނަންތަކުންނާއި އަދި ތިޔަބައިމީހުންގެ ބަފައިންގެ ނަންތަކުން ގޮވޭނެތެވެ. ފަހެ ތިޔަބައިމީހުންގެ ނަންތައް ރީތި ކުރާށެވެ. “ މިއެވެ.

މީގެ އިތިރުން ނަން ކިޔާ އިރު މާތްﷲ ގެ ނަންފުޅުތަކުގެ ތެރެއިން ނަމެއް ބާނުން ކޮށްގެން ނަންކިޔުމަކީވެސް މޮޅު އިތުރު ގޮތެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައިވެއެވެ.

” ތިޔަބައިމީންގެ ނަންތަކުގެތެރެއިން ﷲ އެންމެ ލޯބިވެވޮޑިގެންވާ ނަމަކީ ޢަބްދުﷲ އަދި ޢަބްދުއްރަޙްމާންއެވެ. “

ނަން ކިޔުމުގައި އެންމެ ސުންނަތްގޮތީ ވިހޭތާ 7 ދުވަހު ނަން ކިޔުމެވެ. އެހެންނަމަވެސް ވިހާ ދުވަހު ނަންކިޔުމާއި، 3 ވަނަ ދުވަހު ނަންކިޔުމާއި، އަދި 7 ވަނަ ދުވަހަށްވުރެ ފަހުން ނަންކިޔުމާއި މިއިން ކޮންމެ ދުވަހެއްވެސް ނަން ކިޔުމުގައި އެންމެ ރަނގަޅެވެ. ނަން ކިޔަން ވަކި ދުވަހެއް ޖާއިޒް ވެގެނެއް އައިސްފައެއީ ނުވާކަމުގައި މުޖުތަހިދުން ވިދާޅުވެއެވެ.

2. ބޯބޭލުން.

ޔަޙްޔާ ބުނު ބުކައިރު، އަނަސްބުނު މާލިކްގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ

” ޙަސަނުގެފާނާއި ޙުސޭނުގެފާނާއި ދެ ބޭފުޅުންނަށް 7 ދުވަސް ވީދުވަހު އެ ދެބޭފުޅުންގެ އިސްތަށި ބޭލުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރެއްވިއެވެ. ފަހެ އެ 2 ބޭފުޅުންގެ އިސްތަށިފުޅު ބާލުއްވާ އެ އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރެއްވިއެވެ. “

ބޯބޭލުމުގައި އެންމެ ސުންނަތްގޮތީ ފުރަތަމަ ކަނާތްފަރާތުން ބޯބާލަން ފެށުމެވެ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

” ބޯބާލާށެވެ.  އައަށްފަހު އެކަލޭގެފާނު ބޮލުގެ ކަނާތްފަރާތަށް ޢިޝާރާތް ކުރެއްވިއެވެ. ދެން ވާތްފަރާތަށް ޢިޝާރާތް ކުރެއްވިއެވެ. “

3. ޢަޤީޤާ ކަތިލުން.

ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވި ޙަދީޘެއްގެ މާނައިގައިވެއެވެ.

” ފިރިހެން ކުއްޖަކު ނަމަ ދެ ބަކަރި ނުވަތަ އަންހެން ކުއްޖަކުނަމަ އެއްބަކަރި ކަތިލާށެވެ. “

ނުނިމޭ