[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 2 ، د 6 – މުއުމިނުން ޠާޣޫތުންނަށް ކާފިރުވުމަކީ ލާޒިމްކަމެއް) – ފަހު ފިލާވަޅު

thauheedh 4 pic

ދަންނާށެވެ. ޠާޣޫތަށް ކާފިރުވެގެން މެނުވީ  ﷲ ތަޢާލާއަށް އީމާންވެގެންހުރި މުއުމިނަކަށް ނުވެވޭނެއެވެ. ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴾ [سورة البقرة٢٥٦]

މާނައީ: “ދީނަށް ވެއްދުމުގައި މަޖުބޫރުކުރުމެއް ނެތެވެ. ހަމަކަށަވަރުން މަގުފުރެދުމުގެ (އަނދިރިކަމުގެ) ތެރެއިން ހިދާޔަތުގެ (ސާފު އަލި) މަގު އެނގި ފާޅުވެއްޖެއެވެ. ފަހެ ޠާޣޫތުންނަށް ކާފަރުވެﷲ އަށް އީމާންވާމީހާ، ފަހެ އެމީހާ އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ހަލާކުވުމެއް އެޔަކަށް ނުވެއެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

الرُّشْدُ އަކީ މުޙައްމަދު صلى الله عليه وسلم ގެ ދީނެވެ. އަދި الْغَيُّ އަކީ އަބޫ ޖަހުލުގެ ދީނެވެ.

“الْعُرْوَةِ الْوُثْقَىٰ”އަކީ:

ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވާކަމަށް ހެކިވުގައި އެކުލެވިގެންވަނީ ނަފީކުރުމާއި އަދި ޘާބިތު ކުރުމެވެ.

ނަފީކުރަނީﷲ ނޫން ފަރާތްތަކަށް އަދާކުރެވޭ އެންމެހާ ވައްތަރެއްގެ އަޅުކަންތަކެވެ.

ޘާބިތުކުރަނީ އެހެން އެއްވެސް ފަރާތެއް ޝަރީކުކުރުމަކާ ނުލާ، ހަމައެކަނީ ﷲއަށްޓަކައި އަދާކުރެވޭ އެންމެހާ އަޅުކަންތަކެވެ.

ފިލާވަޅުގެ އިރުޝާދުތައް

* ﷲ ތަޢާލާ އެއްކައުވަންތަކުރުމުގައި އެންމެ މުހިންމުކަމަކީ ހަމައެކަނި ﷲއަށްޓަކައި ޚާލިޞްކޮށް އަޅުކަން އަދާކުރުމެވެ.

* ޠާޣޫތަށް ކާފިވެ އަދި ތާޣޫތުންނަށް އަޅުކަންކުރާ މީހުންގެ ކިބައިން ބަރީއަވެގެން މެނުވީ ﷲ އަށް ޙަޤީޤަތުގައި އީމާންނުވެވެއެވެ.  ފަހެ ލާޒިމުވެގެންވަނީ އެންމެ ފުރަތަމަވެސް ޠާޣޫތަށް ކާފިރުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿…فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ…﴾ [سورة البقرة٢٥٦]

މާނައީ: “…ފަހެ ޠާޣޫތުންނަށް ކާފަރުވެﷲ އަށް އީމާންވާމީހާ…”

* “الْعُرْوَةِ الْوُثْقَىٰ”އަކީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކުނުވާކަމަށް ހެކިވުމެވެ. އޭގައި ހިފަހައްޓައިފި މީހަކު ގެއްލެނިވުމާއި ހަލާކުން ނަޖާވެ ސަލާމަތްވެއްޖެއެވެ.

ސުވާލުތައް

1. އެކަށީގެންވާ ބަސްތައް ބޭނުކޮށްގެން އަންނަނިވި ޖުމުލަތަކުގައިވާ ހުސްތަންތަން ފުރާށެވެ.

أ) އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިގެން ހުންނަމީހަކު ___________________ކާފަރުވެ، ______________________      އަށް އީމާންވުން ވާޖިބުވެގެންވެއެވެ.

ب)ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވާކަމަށް ހެކިވުމުގައި އެކުލެވިގެންވަނީ _____________________ އަދި ____________ ކުރުމެވެ.

2. ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފި މީހެއްގެ ޖަޒާއަކީ ކޮބާ ހެއްޔެވެ؟

3. ޠާޣޫތުންނަށް ކާފަރުވުމަކީ ވާޖިބެއް ހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ