[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަޞީހަތްދިނުމާއި އަދި އެނަޞީހަތް ޤަބޫލުކުރުމުގެ މާތްކަން 2

naseehaالحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد
“ފަހެ ޙައްޤު އެނގި ބަޔާންވެއްޖެމީހާއަށް ހައްޤަށް ރުޖޫޢަވުން ވާޖިބުވެގެންވެއެވެ. އަދި ބާތިލުގައި ހިފަހައްޓައި ބާތިލުގެ ގޮތްތަކުގައި ތިބުމަށްވުރެ ޙައްޤަށް ރުޖޫޢަވުން ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ނަޞީޙަތް ޤަބޫލުކުރުމަކީ ނަޞީޙަތް ރައްދުވާ މީހާގެ ދަރަޖައިން އެއްވެސް ދަރަޖައެއް އުނިވާނެ ކަމެއްނޫނެވެ. އަދި އޭނާގެ ޤަދަރުވެރިކަމުންވެސް ބައެއް އުނިނުވާ ހުއްޓެވެ. އަދި އޭނާގެ މަޤާމުންވެސް އަދި ޒަޢާމަތުންވެސް އެމީހަކަށް އުނިކަމެއް ނާންނަ ހުއްޓެވެ. އަދި ކިއެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން އެމީހެއްގެ ޤަދަރު އުފުލެއެވެ. ދަރަޖަ މަތިވެރިވެއެވެ. އަދި އޭނާގެ މަންޒިލު މަތިވެރިވުމަށް މަގުފަހިވެގެންދެއެވެ. އަދި މީސްތަކުންގެ ޘަނާއޭނާއަށް ލިބޭހުއްޓެވެ. އަދި އެމީހެއްގެ ނަންގަނެވޭ ގަނެވުން މަތިވެރިވެގެންދާ ހުއްޓެވެ. އަދި އެމީހަކަށް ބާތިލުގައިވާ އިރު ލިބުނު ޘަނާއަށްވުރެ މަތިވެރިވެގެންވާ ޘަނާ އެކަމުން ލިބިގެންވެއެވެ.

އޭގެ އިދިކޮޅަށް ބަލާއިރު ބާޠިލުގައި ހިފަހައްޓާމީހާ، ނަޞީޙަތްދޭ މީހާގެ ބަސްތައް އޭނާގެ މައްޗަށް ބުރަވެގެންވާތީ ނުވަތަ އެއީ އެއްވެސް ކަމެއްކަމުގައި ނުދެކޭމީހެއްކަމުގައި ވާހުއްޓެވެ. އަދި އެމީހެއްގެ ބުއްދި އެބަސްތައް ޤަބޫލުކުރުމަށް ތަންނުދޭ ހުއްޓެވެ. އަދި އެމީހެއްގެ ކަންތައްތައް ދަށްވާ ހުއްޓެވެ. އަދި އެމީހެއްގެ ދަރަޖަ ދައްވާހުއްޓެވެ.

އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. ” ތިމަންކަލޭގެފާނު މީހަކަށް ނަޞީޙަތް ދިނުމުން އެނަޞީޙަތެއްގައި އެމީހަކު ހިފައިފިނަމަ، ތިމަންކަލޭގެފާނުގެ ކައިރީގައި އެމީހެއްގެ ދަރަޖަ އުފުލެއެވެ. އަދި އޭނާ ތިމަންކަލޭގެފާނުގެ މައްޗަށް ލޯބިވާކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް މީހަކު ތިމަންކަލޭގެފާނުގެ ނަޞީހަތް ޤަބޫލުނުކޮށްފިނަމަ، އެމީހެއްގެ ދަރަޖަ ތިމަންކަލޭގެފާނުގެ ކައިރީގައި ގެއްލެއެވެ. އަދި އެމީހަކާއި މެދު ދެކޮޅުހެދެއެވެ. “

ބައެއް މީހުން އެބައިމީހުންނަށް ގޯސް މަދަހަ ކިޔައި އަދި ކަންތައްތައް ރީތިކޮށްގެން ޘަނާ ކިޔާ އެބައިމީހުންނަށް ނަޞީޙަތް ނުދޭ މީހުންގެ މައްޗަށް ހިތް ލެބިގެންދަނީ ކީއްވެގެން ހެއްޔެވެ؟ އެޔާއެކުގައި އެބައިމީހުންނަށް އެއީ މަކަރުހެދުމެއް ކަމާއި އަދި އެކަމުގެ ސަބަބުން އެބައިމީހުން މަގުފުރެދި ހަލާކުވެގެންދާނެ ކަން އެނގޭ އިރުވެސް އެކަމަށް ހުށަހޮޅިގަންނަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ އިޙުސާންތެރިކަމާއި އޯގާތެރިކަމާއި ލޯތްބާއި މިފަދަ ކަންކަމުން ދުރުކުރަން ނަޞީޙަތްދޭ މީހާގެ ކިބައިން ސަލާމަތްވާށެވެ.

ފަހެ ހެޔޮވެގެންވާ ނަސީބު ލިބެނިވި އުފާވެރިކަމުގެ ޚަބަރު ލިބިގެންވާ މީހަކީ ހެޔޮނަޞީޙަތަށް ތަބާވާ މީހާއެވެ. އަދި އެމީހަކު މަގުފުރެދެނިވި ނަޞީޙަތުން ސަލާމަތްވެ ރައްކާތެރިވާ މީހާއެވެ. އެމީހެއްގެ މައްޗަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ.
އަދި ހެޔޮވެގެންވާ ނަޞީޙަތްދެވުމުން އެކަމަށް ބީރުކަންފަތެއްދީ ސާލިޙުމީހެއްގެ ނަޞީޙަތަކުން ބަރީޢަވެ، އޭނާގެ ނުބައިކަމުން ސަލާމާތްވުމަށް ދެކޮޅުހަދައި، އަދި އޭނާގެ އަނދިރިކަމުގައި ދެމިހުރެ، އަދި އޭނާގެ ނުބައިވެގެންވާ އަޚުލާޤުގެ މަތީގައި ދެމިހުރިމީހާއަށް އަބާއްޖަވެރިކަން ހުއްޓެވެ.

ހިތް ސަލާމަތުންހުރި، ބުއްދިގަދަ ވިސްނޭ މީހާއަކީ، ނަޞީޙަތުން ފައިދާ ލިބިގަންނަ މީހާއެވެ. އަދި ހަނދާން ކޮށްދެވުމުން އެހަނދާންކޮށްދެވޭ ކަންތައްތަކުން ފައިދާ ލިބިގަންނަ މީހާއެވެ.
سَيَذَّكَّرُ مَنْ يَخْشَى (10) وَيَتَجَنَّبُهَا الْأَشْقَى [الأعلى: 10، 11].
މާނައީ: (اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ. އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ.”

އަދި އެންމެ ނުބައިވެގެންވާ އެއްކަމަކީ ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ހެކިދައްކައި ނަޞީޙަތްދެވިއްޖެނަމަ، އެމީހަކު އެހުންނަ ބާޠިލުގޮތެއްގެ މަތީ ދެމިހުރެ ޤުރުއާނާއި ސުންނަތުން އެމީހަކަށް ދެއްކުނު ދަލީލު ރައްދުކުރާ ކުރުމެވެ. އަދި އޭނާ ޖަދަލުކޮށް އޭނާގެ ހަވާނަފުސަށް ފެންނަ ގޮތް އިސްކުރެއެވެ. އަދި މުޅިން ނުބައިކޮށް އޭނާ ބޭނުންވާ ގޮތަށް އެކަމެއް މާނަކޮށް ހަދައެވެ.

އައް-ޝަޢުބީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“ތިޔަބައިމީހުން ހަލާކުވާނީ އާޘާރު (އެބަހީ ޞައްޙަ ޙަދީޘް) ދޫކޮށްލުމުން ކަމުގައި މެނުވީ ނުވެއެވެ.” ރިވާކުރެއްވީ ބައިހަޤީ.
ޙައްޤުވަނީ ސާފުވެގެންނެވެ. އޭގެ ބޭރުގައި ތޮށިގަނޑެއް ނުވަތަ އެނޫންވެސް ހުރަހެއްނުވެއެވެ. ނަމަވެސް ބާތިލަކީ ކަނުކޮށް ބީރުކުރާ އެއްޗެކެވެ. އަދި އެމީހަކު މަގުފުރައްދައި ނަރަކައަށް އެއްލާލައެވެ.

ﷲ އަށް ބިރުވެތިވެ ޙައްޤުގޮތުގައި ތަޤުވާވެރި ވާ ބަޔެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވާށިއެވެ. އަދި ޙައްޤު ޤަބޫލުކުރާ ބަޔެއްކަމުގައި ތިޔަބައިމީހުން ވާށެވެ. އަދި ހޫދުގެފާނުގެ ޤައުމުގެ މީހުން ފަދައިން އަދި ނުވަތަ ލޫތުގެފާނުގެ ޤައުމުގެ މީހުން ފަދައިން ކިބުރުވެރިވެ ނަޞީޙަތް ދެވުމުން އެޔަށް ފުރަގަސްދޭ މީހުންގެ ތެރެއިންވާ ބައެއްކަމުގައި ތިޔަބައިމީހުން ނުވާށެވެ. އަދި އަމާނާތްތެރި ޞާލިޙުން ދޭ ނަޞީޙަތުގައި ހިފާ ބަޔެއްކަމުގައި ވެގަންނާށެވެ. އަދި ނަޞީޙަތް ދޭ މީހުންގެ ނަޞީޙަތަށް ރުޅިއަރާ އެކަމަށް ލޯބިކުރާ މީހުން ކަމުގައި ތިޔަބައިމީހުން ނުވާށެވެ. ދުޢާއަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެނަށް އެކަމުގެ މައްޗަށް ތަޢުފީޤު ދެއްވުމެވެ.”(*) (ނިމުނީ)

ގުޅުންހުރި މައުޟޫތައް ބައްލަވާ
______________
(*)މިއީ 1434 ވަނަ އަހަރުގެ ޞަފަރު މަހުގެ 22 ވަނަވީ ހުކުރުދުވަހު މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއް ޝައިޚު ޞަލާޙް ބުދެއިރު ޙަފިޡަހުﷲ މަސްޖިދުއް ނަބަވީގައި ދެއްވާފައިވާ ދެއްވާފައިވާ ޚުތުބާއިން ނަގާފައިވާ މައޫޟޫއެކެވެ. މިތަނުގައި ހިމަނާލެވިފައި މިވަނީ ޑރ.ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ (ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި މުންކަރާތް މަނާކުރުމާބެހޭ) ރިސާލާޔާ ގުޅުންހުރި މައުޟޫއަކަށް ވާތީއެވެ.