[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ – ދެވަނަ ފަޞްލުގެ ޖަވާބުތައް

thauheedh 4 pic

ފުރަތަމަ ފިލާވަޅު: الله ތަޢާލާ މީސްތަކުންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟެއްކަމުގައި ލައްވާފައިވާ ކަންތައް

1. ﷲ ތަޢާލާ އާދަމުގެ ދަރިޔާގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟެއްކަމުގައި ލައްވާފައިވަނީ ﷲއަށް އީމާންވުމާއި ޠާޣޫތުތަކަށް ކާފަރުވުމެވެ. އެކަމުގެ ދަލީލަކީ ﷲ ގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ…﴾[سورةالنحل٣٦ ]

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، (ހަމައެކަނި) ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ…”

2.  ޠާޣޫތުތަކަށް ކާފަރުވުން ޞައްޙަވާނީ ވަރަށް ގިނަ ކަންތައްތަކެއްގެ ޛަރީޢާއިންނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

*    ﷲ ނޫން އެހެންފަރާތަކަށް އަޅުކަންކުރުމަކީ ބާޠިލުކަމެއްކަމުގައި އިޢުތިޤާދުކުރުން. އެ އަޅުކަންކުރެވޭ ފަރާތަކީ މަލާއިކަތެއްކަމުގައި ނުވަތަ ނަބީބޭކަލެއްކަމުގައި ވިޔަސްމެއެވެ.

*    ﷲ ނޫން އެހެން ފަރާތަކަށް އަޅުކަންކުރުމުން އެއްކިބާވުން. ފަހެ އެއީ ﷲ ނޫން އެހެން ފަރާތަކަށް ދުޢާނުކުރުމެވެ. އަދި ﷲ ނޫން އެހެން ފަރާތަކަށް ވަކީލުނުކުރުމެވެ. އަދި ﷲ އަށްޓަކައި މެނުވީ ޖަނަވާރުތައް ކަތިލާ ޛަބަޙަނުކުރުމެވެ. އަދި ﷲއަށްޓަކައި މެނުވީ ނަދުރު ނުބުނުމެވެ. އަދިވެސް މިފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވުމެވެ.

*    ޝިރުކާއި އޭގެ އަހުލުވެރިން ދެކެ ރުޅިއައުން.

*    ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކޮށް ޝަރީކަކުރާމީހުންނަކީ ކާފަރުންކަމުގައި އިޢުތިޤާދުކުރުން.

3. ޠާޣޫތުތަކަށް ކާފަރުވާނީ ﷲނޫން އެހެން ފަރާތަކަށް އަޅުކަންކުރުމަކީ ބާޠިލުކަމެއްކަމުގައި އިޢުތިޤާދުކޮށްގެންނެވެ. އަދި އެކަން ކުރުން ދޫކޮށްލާ، އެކަމަށް ނުރުހިގެންނެވެ.

4. ﷲ ނޫން ފަރާތަކަށް އަޅުކަންކުރާ މީހަކީ ﷲ އަށް ކާފިރުވެފައިވާ މުޝްރިކެކެވެ.

ދެވަނަ ފިލާވަޅު: ޙައްޤު އީމާންކަން

  1. – އިޚްލާޞްތެރިކަމާއެކު ﷲއަށް އަޅުކަން އަދާކުރުން: ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދަޢުވަތުދިނުން.

– މުސްލިމުންނާ ޢަދާވާތްރިވާ ކާފަރުންދެކެ ރުޅިއައުން: އިބްރާހީމު عليه السلام އެބައިމީހުންގެ ބުދުތައް ތަޅުއްވާލުން.

  1. ހައްޤު އީމާންކަން ޙާޞިލުވާނީ:

– ހަމަކަށަވަރުން ﷲ އީ އެއްކައުވަންތަ، އަދި އެއިލާހަށް އެއްވެސް ޝަރީކަކު ނުވާ ފަރާތްކަމުގައި އިޢުތިޤާދުކުރުމުން. އަދި އެއިލާހު ފިޔަވާ އަޅުކުރުން ޙައްޤުވެގެންވާ ފަރާތެއް ނުވާކަމަށް އިޢުތިޤާދުކުރުމުން.

– އިޚްލާޞްތެރިކަމާއެކު ﷲއަށް އަޅުކަން އަދާކުރުމުން.

– މުއުމިނުންދެކެ ލޯބިވެ އެބައިމީހުންނަށް ނަޞްރުދިނުމުން.

– މުސްލިމުންނާ ޢަދާވާތްރިވާ ކާފަރުންދެކެ ރުޅިއައުމުން.

  1. އިބްރާހީމުعليه السلامގެ މިއްލަތަށް ފުރަގަސްދީފި މީހަކަށް ކިޔާނީ މުޝްރިކެކެވެ.

4. އިބްރާހީމު عليه السلام ގެ މިއްލަތު ދޫކޮށްލައިފި މީހަކަށް ޙާޞިލުވާނެ ގެއްލުމަކީ އޭނާ އެވަނީ އޭނާގެ ނަފްސަށް އިހާނާތްތެރިވެ، ފަސާދަކޮށް ހަލާކުކޮށްފައެވެ.

5.   (أ)  ޙަޤީޤީ އީމާންކަން ޙާޞިލުނުވާނެއެވެ.

(ب)  ޙަޤީޤީ އީމާންކަން ޙާޞިލުނުވާނެއެވެ.

(ج)  ޙަޤީޤީ އީމާންކަން ޙާޞިލުވާނެއެވެ.

ތިންވަނަ ފިލާވަޅު: ޝައިޠާނާއަކީ އެންމެބޮޑު ޠާޣޫތު

  1. الطَّاغُوْتُ އަކީ ޙައްދުފަހަނައަޅާގޮސް، އޭނާއަކީ މީސްތަކުންގެ އިލާހެއްކަމުގައި ބުނާމީހާކަން ކަށަވަރެވެ. ނުވަތަ އޭނާއަށް ޣައިބުގެ ޢިލްމު އެނގޭކަމަށް ބުނާ މީހާއެވެ. ނުވަތަ ކައުނު ހިންގުމުގައި އޭނާއަށް ބާރުތަކެއް ލިބިގެންވާކަމަށް ބުނާ މީހާއެވެ. ނުވަތަ ﷲ ގެ ޝަރީޢަތްނޫން އެހެން ޝަރީޢަތަކަށް ތަބާވުމަށް މީސްތަކުންނަށް ދަޢުވަތުދޭ މީހާއެވެ.

2. ﷲއަށް އަޅުކަންކުރުމުން މީސްތަކުން އެއްކިބާކުރުވާ، އަދި ޝިރުކުކުރުމާއި ކުފުރު މީސްތަކުންނަށް ޒީނަތްތެރިކޮށްދޭތީއެވެ.

3.الصِّرَاطُ المُسْتَقِيْمُ އަކީހަމައެކަނި ﷲ އަށް އަޅުކަންކޮށް، ޝައިޠާނާއަށް އަޅުކަންކުރުމުން ދުރުހެލިވުމެވެ .

4. މިއާޔަތުގައި ﷲ ތަޢާލާ އަހަރެމެންނަށް ނަހީކުރައްވާފައިވަނީ ޝައިޠާނާއަށް އަޅުކަންކުރުމެވެ. އަދި އަމުރުކުރައްވާފައިވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ.

ހަތަރުވަނަ ފިލާވަޅު: الله ބާވާލެއްވި ޙުކުމް ފިޔަވާ އެހެން އެއްޗަކުން ޙުކުމްކުރުން

1.  ﷲގެ ޙުކުމް ބަދަލުކޮށްފި މީހަކަށް ކިޔަނީ ޠާޣޫތެކެވެ.

  1. ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތެއް މާ މޮޅުކަމަށް އިޢުތިޤާދުކުރުމާއެކު(ޤަބޫލުކުރުމާއެކު)، ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތަކަށް ޙުކުމްކުރާ މީހާއީ މިއްލަތުން ބޭރުވެފައިވާ ޠާޣޫތެކެވެ.

ފަސްވަނަ ފިލާވަޅު: ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރާމީހާ ނުވަތަ މީސްތަކުން އޭނާއަށް އަޅުކަންކުރާއިރު އެކަމަށް ރުހޭ މީހަކީ ޠާޣޫތެއް

  1. ޣައިބުގެ ޢިލްމު އެނގިވޮޑިގެންވަނީ ހަމައެކަނި ﷲއަށެވެ. އެކަމުގެ ދަލީލަކީ އެއިލާހުގެ އަންނަނިވި ވަޙީބަސްފުޅެވެ.

عَالِمُ الْغَيْبِ فَلَا يُظْهِرُعَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا ﴿٢٧﴾ [سورةالجن]

މާނައީ: “(އެކަލާނގެއީ) ޣައިބުދެނެވޮޑިގެންވާ އިލާހެވެ. ފަހެ، އެކަލާނގެ ޣައިބުއެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ. [26] އެކަލާނގެ ރުހިވޮޑިގެންވާ ރަސޫލަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ ރަސޫލެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ މަލާއިކަތުން ފޮނުއްވައެވެ. [27]”

2. ތިންވަނަ ޠާޣޫތަކީ ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރާމީހާއެވެ. އަދި ހަތަރުވަނަ ޠާޣޫތަކީ  ހަމައެކަނި ﷲ އަށް އަޅުކަންކުރުމުގެ ބަދަލުގައި، ބަޔަކު މީހުން މީހަކަށް އަޅުކަންކުރުމުން، އެއަޅުކަމަށް ރުހިގެން އެއަޅުކަން ރައްދުވިމީހާ ހުރެއްޖެނަމަ، ފަހެ އެ އަޅުކަން ރައްދުވިމީހާއެވެ.

  1. ތިމަންނާއީ ﷲ ފިޔަވާ އިލާހެކޭ ބުނާ މީހެއްގެ ޖަޒާއަކީ ނަރަކައެވެ.

4. ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ޣައިބެއް ނޭނގޭނެއެވެ.

5. އެއީ ﷲ ނޫން ފަރާތްތަކަށް އަޅުކަންކުރާ މީހުންނެވެ.

ހަވަނަ ފިލާވަޅު: މުއުމިނުން ޠާޣޫތުންނަށް ކާފިރުވުމަކީ ލާޒިމްކަމެއް

1.   أ) އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިގެން ހުންނަމީހަކު ޠާޣޫތަށްކާފަރުވެ، ﷲ   އަށް އީމާންވުން ވާޖިބުވެގެންވެއެވެ.

ب) ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވާކަމަށް ހެކިވުމުގައި އެކުލެވިގެންވަނީ ނަފީކުރުމާ އަދި ޘާބިތުކުރުމެވެ.

  1.  ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފި މީހެއްގެ ޖަޒާއަކީ ގެއްލެނިވުމާއި ހަލާކުން ނަޖާވެ ސަލާމަތްވުމެވެ.

3. ޠާޣޫތުންނަށް ކާފަރުވުމަކީ ވާޖިބެކެވެ. އެއީ ޠާޣޫތަށް ކާފިރުވެގެން މެނުވީ އިންސާނާއަށް ﷲ ތަޢާލާއަށް އީމާންވެގެންހުރި މުއުމިނަކަށް ނުވެވޭނެތީއެވެ.

__________________________________

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ

—™˜–