[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅުއެޅުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅު އެޅުވޭކަމަށާއި އެމަހުގައި ޝައިޠާނުން ނޫޅޭނެކަމަށް އަޅުގަނޑުމެން ކުރިއްސުރެ އަޑުއަހަމެވެ. ނަމަވެސް ރަަމޟާންމަހުގައިވެސް ނުބައިކޮށް އުޅޭ މީހުން ފެނެއެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަންނަމީހުންވެސް ފެނެއެވެ. ހުރިހާ ޝައިޠާނުން ކަސްތޮޅު އެޅިފައިވާނަމަ ރަމަޟާންމަހު މިފަދަ މީހުން ފެންނަނީ ކީއްވެ ހެއްޔެވެ؟

 

“ރަމަޟާންމަހުގައިވެސް ޝައިޠާނާ އިންސާނާއަށް ވަސްވާސްދީފާނެއެވެ. އަދި ސިޙުރުވެރިންވެސް ރަމަޟާންމަހުގައިވެސް ސިޙުރު ހަދާފާނެއެވެ. ނަމަވެސް ގޮތުގައި އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހުގައި އެކަންތައްތައް މަދުވާނެއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

(( إِذَادَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ ، وَغُلِّقَتْ أَبْوَابُ جَهَنَّمَ ، وَسُلْسِلَتْ الشَّيَاطِين )) . [رواه البخاري (3277) ومسلم (1079)] .

މާނައީ: “ރަމަޟާންމަސް ފެށުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ސިލްސިލާއިން ބަނދެވެއެވެ.”

އަދި އިމާމް ނަސާއީ ރިވާކުރެއްވި ރިވާޔަތުގައިވެއެވެ.

(( وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ )) .[النسائي (2106) ]

މާނައީ: “އަދި މާރިދު ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.”

المردة އަކީ مارد ގެ ގިނަ ގޮތެވެ. އެއީ ނުބައިކަމަށް ހުސްވެގެން ތިބޭ އެއްޗިއްސެވެ.

މީގެ މާނައަކީ ޝައިޠާނުންގެ އަޘަރު އެކުއެކީ ކެނޑިގެންދާނެ ކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭގެން ދަލީލު ލިބެނީ ރަމަޟާންމަހު އެސޮރުމެން ބަލިކަށިވެ، އެނޫން މަސްތަކުގައި ލިބިގެންވާފަދަ ކުޅަދާނަކަމެއް ލިބިގެން ނުވާކަމެވެ.

އަދި އެސޮރުމެން އެންމެން ކަސްތޮޅު ނޭޅި ހަމައެކަނި މާރިދުންގެ ކަސްތޮޅު އެޅުވޭކަމުގެ އިޙްތިމާލުވެސް އެބައޮތެވެ…”

والله أعلم .

_____________________________________________

މަޞްދަރު