ސުޢޫދި ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިނގެ މަޖިލީހުގެ ޢިލްމުވެރިޔެއް ކަމުގައިވާ ފަޟީލަތުއް ޝައިޚުލް ޢައްލާމާ ޞާލިޙު ބުން ޢަބްދުﷲ އަލްފައުޒާން އާއި ސުވާލުކުރެވުނެވެ:
ސުވާލު:ވާލްޑް ކަޕުގެ މެޗުތައް ރޭގަނޑުގެ ތިންބައިން ފަހު ބައިގައި ބަލާ މުސްލިމް ޒުވަނުންނާއި ޢިލްމު އުނގެނޭ ކުދިންނަށް ޝެއިޚުގެ ނަޞޭޙަތަކީ ކޮބާ؟ ރަމަޟާން މަހުގައި ތަރާވީސް ނަމަދުކުރާ ގަޑިއާއި އިޝާ ނަމަދު ވަޤުތުގައި ވެސް މެޗްތައްކުޅެވެއެވެ.
ޖަވާބު: މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވަނީ ކުޅިވަރާއި ސަކަރާތްޖެހުން ދޫކޮށްލުމެވެ. އަދި ﷲ ޢައްޒަ ވަ ޖައްލަ އަށް އަޅުކަންކުރުމަށް ކުރިމަތިލުމެވެ. އަދި އެބައިމީހުންގެ ވަޤުތުތައް މެޗާއި އަދިވެސް އެހެނިހެން ކުޅިވަރާއި މަޖާތަކުގައި ހޭދަކޮށް ގެއްލުވާލައިގެން ނުވާނެއެވެ. ޚާއްޞަކޮށް ރަމަޞާންމަހު މިގޮތަށް ވަގުތު ގެއްލުވާލައިގެންނުވާނެއެވެ.
[މިގޮތަށް ޢަމަލު ކުރުމަކީ] މިއީ ޢާއްމުގޮތެއްގައި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ! އަދި ޚާއްޞަކޮށް ޒުވާނުންގެ މައްޗަށެވެ. އެހެނީ އެމީހުންގެ ތެރެއިން ބައެއް ކުދިންނަކީ މެޗުތަކަށް ފޯރިހުންނަ އަދި މެޗުތައް ބެލުމަށް ފޯރިހުންނަ ކުދިންތަކެކެވެ. އަދި މި މެޗުތަކަކީ އެއްވެސް ފައިދާއެއް ހުރިއެއްޗެއް ނޫނެވެ. އެހެނެއްކަމަކު މި މެޗުތަކުގައިވަނީ ވަޤުތު ގެއްލުވާލުމެވެ. އިންސާނަކު އޭނާގެ އަގުހުރި ވަގުތުތަކާއި ރަމަޟާންމަހުގެ މި މަތިވެރި މޫސުމް އެ މެޗުތައް ބެލުމަށް ދޫކޮށްލަނީ ކިހިނެއްތޯއެވެ؟ ފަހެ މި ކަމަކީ މިއީ ފޫނުބެއްދޭވަރުގެ ބޮޑުވެގެންވާ ގެއްލުމެކެވެ. އެހެންކަމުން މިކަންތައް ހުއްޓާލައި ﷲ އަށް އަޅުކަން ކުރުމަށް އެމީހުން ކުރިމަތިލާންޖެހެއެވެ. ޚާއްޞަކޮށް ރަމަޟާންމަހުގައެވެ. ﷲ އަށް ކިޔަމަންތެރި ވުމުގަޔާއި ރޭ އަޅުކަން ކުރުމުގައި އެމީހުންގެ ވަގުތުތައް ހޭދަކުރަން ޖެހެއެވެ. މިއީ އެބައިމީހުންނަށް އަމުރުވެވިގެންވާ ގޮތެވެ. އަދި މީހާގެ ކިބައިން ވަކިނުވެ ދެމިހުންނާނެ އެއްޗަކީ އެއީއެވެ [ހެޔޮޢަމަލެވެ.]. އެއީ ޙިސާބުބެއްލެވޭ ދުވަހު ﷲ ޢައްޒަ ވަ ޖައްލަ އޭނާއަށްޓަކައި ދެއްވުމަށް ރައްކާކޮށްފައި ބެހެއްޓޭ އެއްޗެއްގެ ގޮތުގައެވެ.
މަޞްދަރު: http://www.alfawzan.af.org.sa/node/15245