[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުކިޔަމަންތެރިކަން – އުއްމަތް ހަލާކުވުމުގެ ސަބަބެއް

10543694_325343710954184_1761989902_n

ޝެއިޚް މުޙައްމަދު ބުން ޞާލިޙު އަލް-ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.

” މިހާރު މިއުއްމަތަށް ދިމާވެފަިވާ ބޮޑު ހަލާކާއި ގެއްލުމަށްވުރެ ބޮޑު ހަލާކާއި ގެއްލުމެއް ތިޔަބައިމީހުނަށް ފެނޭހެއްޔެވެ؟! މި އުއްމަތުގެ މީހުންގެ ޢަދަދު ބިލިޔަނުން ގުނެއެވެ. ފަހެ މި އުއްމަތަކީ ދުނިޔޭގެ ނިސްބަތުން ގާތްގަނޑަކަށް ހަތަރުބައިކުޅައެއްބައެވެ. އެހެނެއްކަމަކު ބައިނަލްއަޤުވަމީ މުޖުުތަމަޢުގައި މި އުއްމަތުގެ އެއްވެސް އަގެއްނެތެވެ. އެހެންނަމަވެސް މި އުއްމަތުގައި މަޢުނަވީ ގޮތުން ބާރުއެބައޮތެވެ. އަދި މާއްދީގޮތުން ބާރު އެބަހުއްޓެވެ. [ޢަދަދުގެ ގޮތުން ގިނަވެ]އިންސާނީ ބާރުވެސް ގަދައެވެ. އެކަމަކު މި އުއްމަތުގެ މީހުން ﷲގެ ދީން ދޫކޮށްލުމުން ﷲ ޢައްޒަ ވަޖައްލަ ވަނީ އެއުރެން ދޫކޮށްލައްވާފައެވެ.  ބައެއްފަހަރު މީހަކު މުސްލިމުންގެ ތެރެއިންވާ އޭނާގެ އަޚުންނަށް އިތުބާރުކޮށް ބަރޯސާވުމަށްވުރެ ބޮޑަށް ކާފަރުންގެ ތެރެއިން ހިމެނޭ އަނިޔާވެރިންނަށް އިތުބާރުކޮށް ބަރޯސާވާ ހިސާބަށް ކަންތައް ގޮސްފައިވެއެވެ. މިއީ މުޞީބާތެކެވެ. އަދި ވޭންހުރިކަމެކެވެ. “

މަޞްދަރު: [التعليق على السياسة الشرعية ص. 197]