1- އެ އަޚުންނަށް ނަޞުރުދެއްވާތޯ ދުޢާކުރުން. މީގެ ތެރޭގައި ނަމާދުގައި ޤުނޫތުކިޔުން ހިމެނޭ.قال النبي صلى الله عليه وسلم : (هَلْ تُنْصَرُونَ وَتُرْزَقُونَ إِلَّا بِضُعَفَائِكُمْ) رواه البخاري (2896( މާނައީ: “ތިޔަބައިމީހުންނަށް ނަޞްރުލިބެނީވެސް އަދި ރިޒުޤުލިބެނީވެސް ތިޔަބައިމީހުންގެ ބަލިކަށިމީހުންގެ ސަބަބުންނެވެ. [ އެބަހީ: އެބައިމީހުން ކުރާ ދުޢާގެ ސަބަބުންނެވެ.]”
2- ޞަދަޤާތުގެ ފައިސާއާއި އެހެނިހެންތަކެތި އެއްކޮށް އިތުބާރު ހިފޭ މަގުތަކުން އެތަކެތި ޙާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުން.
3- އަނިޔާލިބޭ އަދި ބަލިކަށި މީސްތަކުންނަށް ތިމާއަށް ވެވުނުގޮތަކުން އެހީތެރިވުން. މީޑިއާއާއި އިންޓަނެޓުގެ ޒަރިއްޔައިންވެސްމެއެވެ.
4- ދީނީ ޢިލްމުވެރިންނާއި، ދީނުގެމަގަށް ދަޢުވަތުދޭމީހުންނާއި، ޚަޠީބުންނާއި، ލިޔުންތެރިންނާއި ނޫސްވެރިން، މުސްލިމުންނަށް ލިބެމުންދާ އަނިޔާތައް ބަޔާންކޮށް މިކަމާއިމެދު މުސްލިމުންނަށް އިހުމާލުވެވިފައިވާކަމުގެ މައްޗަށާއި، މުޤައްދަސް ބިންތައް ޙިމާޔަތްކުރުމަށް އިސްލާމީ އުއްމަތުން ލަޝްކަރުތައް އެއްކުރުމުގެ މުހިންމުކަން ބަޔާންކުރުން.
5- ﷲ ގެ ދީން ހިމާޔަތްކުރުމަށް ހަނގުރާމަކުރުމުން ދުރުހެލިވެވިފައިވާކަމުގެ މައްޗަށް ނަފްސު މުޙާސަބާކޮށް، އެކަން ކުރުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި އެކަމަށް އެދި ނިޔަތްގަނެގެން ހުރުމެވެ. ނަބިއްޔާصلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. ( مَنْ مَاتَ وَلَمْ يَغْزُ وَلَمْ يُحَدِّثْ بِهِ نَفْسَهُ مَاتَ عَلَى شُعْبَةٍ مِنْ نِفَاقٍ ) رواه مسلم (3533) .މާނައީ: ” މަރުވާމީހާ އެމަރުވީ ޖިހާދުނުކޮށް ނުވަތަ އެކަންކުރުމުގެ އެދުން އެނާގެ ނަފްސުގައި ނުވާޙާލުގައި ކަމުގައި ވަނީނަމަ އޭނާ [އެމަރުވީ] ނިފާޤުގެ ބައިތަކުގެ ތެރެއިން ބަޔަކަށް [ނިސްބަތްކުރެވޭ] މަރެއްގެ މަތީގައެވެ.”
6- ޔަހޫދީންނާއި އިސްލާމްދީނުގެ އެހެނިހެން ޢަދާވާތްތެރިންނާއި ޢަދާވާތެރިވާން ދަސްކޮށްދީ ދަރިން ތަރުބިއްޔަތުކުރުމާއި އަދި ކުޅަދާނަވީ އިރަކުން އެބައިމީހުންނާއި ޖިހާދުކުރުމުގެ ވާޖިބުކަން ކުދިންނަށް އުގަންނައިދިނުން.
7- ހަނގުރާމަކުރާ އަދުއްވުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް މާއްދީގޮތުންނާއި މަޢުނަވީގޮތުން ބާރުގަދަވާ އެންމެހާ ގޮތްތަށް ޙާޞިލުކުރުން. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّـهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ اللَّـهُ يَعْلَمُهُمْ……)الأنفال/60
މަނައީ: “އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ عدوّންނާއި، ތިޔަބައިމީހުންގެ عدوّންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. ﷲ އެއުރެން ދެނެވޮޑިގެންވެތެވެ.”
8- ތިމާގެ އަމިއްލަ ނަފްސާއި އެހެންމީހުން ﷲ ގެ މަގުގައި ޝަހީދުވުމުގެ މަތިވެރިކަން ހަނދާންކޮށްދިނުމާއި، ޖިހާދާއިބެހޭ ޙުކުމްތައް ކިޔަވައި ދިރާސާކުރުމާއި، ދުނިޔެއަށް ހިތްނުލެންބުން.
9- މުސްލިމުންނާ ހަނގުރާމަކުރާ މީހުންނަށް އަނގަބަހުން ޙަމަލާދިނުމާއި. ލިޔުންތަކުން އެއުރެނަށް އުނދަގޫކުރުމާއި ނިކަމެތިކުރުމާއި، އެއުރެންގެ ކުފުރާއި ޝިރުކު ފާޅުކުރުމާއި، ﷲ އަށާއި ރަސޫލާ صلى الله عليه وسلمއަށާއި މުއުމިނުންނަށް އެމީހުންކުރާ ފުރައްސާރަތައް ފަދަ މައުޟޫޢުތަކަށް ޕުރޮގުރާމްތައްހަދާ ވީހާވެސް ގިނައިން އޯޑިއޯ- ވިޝުއަލް މީޑިއާގައި ޝާއިއުކުރުން. އެއީ އިސްލާމްދީނާ ގުޅުވައިލެވޭގޮތަށް ﷲ ގެ ވަޙީބަސްފުޅުތަކާއި ރަސޫލާصلى الله عليه وسلمގެ ޙަދީޘްފުޅުތަކާއެކީއެވެ.
10- އިސްލާމީ ޤައުމުތަކުގެ އެހީދޭ ޖަމިއްޔާތަކާއި މުއައްސަސާތަކުގެ މައްސައްކަތް އިތުރަށް ބާރަށް ކުރިޔަށް ގެންދިޔުމަށް ބާރުއެޅުން. މީގެ ބޭނުމަކީ ޙާލުގައި ޖެހިފައިތިބި އަޅުގަނޑުމެންގެ ޢަޚުންނަށް އެހީތެރިވުގައި ވީހާވެސް ބޮޑަށް ހަރަކާތްތެރިވުމެވެ.
11- ފަލަސްޠީނުގެ މައްސަލަޔަކީ ހަމައެކަނި އެ ޤައުމަށް ދިމާވެފައިވާ މައްސަލައެއް ނޫންކަން މީސްތަކުންނަށް ބާޔާންކޮށްދީ ޔަޤީންކޮށްދިނުން. އަދި ފަލަސްޠީނުގެ މައްސަލަޔަކީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއްކަން ޔަޤީންކޮށްދިނުން. އެންމެހާ މުސްލުމުން ފަލަސްޠީނުގެ މައްސަލަޔާއިމެދު މައްސޫލުވެރިވާން ޖެހޭކަން ބާޔާންކޮށްދިނުން. މިގޮތުން އިސްލާމީ ޤައުމުތަކުގެ ވެރިންނާއި އިސްލާމީ ޤައުމުތަކުގެ ރައްޔިތުން މިކަމުގައި މައްސޫލިއްޔަތު އަދާކުރަންޖެހޭ.
12- ކޮންމެ މުސްލިމަކުވެސް އޭނާގެ މުޖުތަމަޢު، އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލަތާކައިމެދު ސަމާލުވެ އެކަންކަމާއި މެދު ވިސްނާ ފިކުރުކޮށް އެބަޔަކަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ތިމާމެންގެ އަޚުންނަށް އެހީވުމަށްޓަކައި ކުރަންޖެހެއެވެ.
ދުޢާއަކީ މަތިވެރިވަންތަ ހުރިހާކަމަކާށް ކުޅަދުންވަންތަ ﷲ އެކަލާނގެ ދީނަށް ނަޞުރު ދެއްވައި އެކަލާނގެ ކަލިމަފުޅު މަތިވެރިކުރެއްވުމެވެ.
މަޢުލޫމާތު ނަގާފައިވަނީ: ފަޟީލަތުއް ޝައިޙު މުޙައްމަދު ބުން ޞާލިޙުލް މުނައްޖިދު ޙަފިޠަހުﷲ ލިޔުއްވާފައިވާ ލިޔުމަކުން.
http://islamqa.info/ar/21284
http://islamqa.info/en/21284