[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 2

291103777292267287-19- ޙައިޟުވެރިޔާއަށް ތިލާވަތުގެ ސަޖިދަކުރެވިދާނެ ހެއްޔެވެ؟
ޖ- ޙައިޟުވެރިޔާއަށް މުޞްޙަފުގައި ބީހުމަކާ ނުލައި ޤުރުއާން ކިޔެވިދާނެއެވެ. އެފަދަ ޙާލަތުގައި ތިލާވަތުގެ ސަޖިދަވެސް ކުރެވޭނެއެވެ. އެހެނީ ތިލާވަތުގެ ސަޖިދައަކީ އެއަށް ޠަހާރަތު ޝަރުޠުވެގެންވާ ކަމެއް ނޫނެވެ.
(ބައްލަވާ اللجنة الدائمة للبحوث العلمية والإفتاء 7/262)

10- ކީރިތި ޤުރުއާން ކިޔަވާއިރު ތިލާވަތުގެ ސަޖިދަވަޅެއް އައުމުން މުޞްޙަފު މުޞައްލަ މަތީ (ބިންމަތީ) ބާއްވާފައި ތިލާވަތުގެ ސަޖިދަކުރުމަކީ މައްސަލައެއްތޯއެވެ؟
ޖ- މުސްޙަފު ބާއްވާތަން ޠާހިރު ނަމަ އެފަދަ ތަނެއްގެ މަތީގައި ސަޖިދަކުރާ ވަޤުތު މުސްޙަފު ބާއްވާލުމަކީ މައްސަލައެއް ނޫނެވެ. އުސްތަނެއްގައި ބޭއްވުމަށް ފަސޭހަނަމަ ބޮޑަށް ރަނގަޅީ އުސްތަނެއްގައި ބޭއްވުމެވެ. ނުވަތަ ސަޖިދައިން ތެދުވަންދެން ކައިރީގައި އިން މީހަކަށް މުސްޙަފު ދިއްކޮށްލުމެވެ. އެހެނީ އެކަން ވަނީ ކީރިތި ޤުރުއާނަށް މާތްކޮށްހިތުމާއި، އަޅާލުމުގެ ތެރެއިންނެވެ. އަދި މީސްތަކުން ތިބާއާ ދޭތެރޭގައި ޤުރުއާނަށް އިހާނާތްތެރިކޮށްހިތާ މީހެކޭ ހީކޮށްފާނެތީއެވެ.”
[ބައްލަވާ مجموع فتاوى ابن باز (24/349) .]

11- ތިލާވަތުގެ ސަޖިދާގައި ކިޔާދުޢާ ކިޔާނީ ކިތައް ފަހަރު ހެއްޔެވެ؟
ޖ- އެއްފަހަރުއެވެ.

12- ކީރިތި ޤުރުއާން ޙިފްޒުކުރުމަށްޓަކައި އާޔަތްތަކުރާރުކޮށް ކިޔަވަމުންދާއިރު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ އެއާޔަތް ކިޔަވާ ކޮންމެ ފަހަރަކު ސަޖިދަކުރަން ޖެހޭނެތޯއެވެ؟
ޖ- މި މައްސަލާގައި ޢިލްމުގެ އަހުލުވެރިންގެ އިޚްތިލާފުވެފައިވެއެވެ. އެންމެ ޞައްޙަ ވެގެންވާ ބަހަކީ އެފަދަ ޙާލަތެއްގައި އެންމެ ސަޖިދައަކުން ފުއްދާލުމެވެ. އެއީ އެކަމުގައިވާ ދަތިކަމާއި އުނދަގުލުގެ ސަބަބުންނެވެ. އެއީ ފުރަތަމަ އެ އާޔަތް ކިޔަވާއިރު ސަޖިދަކޮށްލުމެވެ. އޭގެފަހުގައި ކިތަންމެ ގިނައިން އެއާޔަތް ކިޔެވިކަމުގައިވިޔަސް އަލުން ސަޖިދަނުކުރުމެވެ. [ބައްލަވާ رد المحتار على الدر المختار” (2/114) ބައްލަވާ “الانصاف” (2/196 (].
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ކީރިތި ޤުރުއާން ކިޔަވާއިރު ސަޖިދައިގެ އާޔަތަކާ ދިމާވުމުން ސަޖިދަކުރުމީ ވާޖިބެއް ހެއްޔެވެ؟ އަދި ހިފްޒުކުރާއިރު ތަކުރާރުކޮށް އާޔަތް ކިޔަވާނަމަ ކޮންމެފަހަރަކު ސަޖިދަކުރަން ޖެހޭނެތޯއެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ. “ތިލާވަތުގެ ސަޖިދަކުރުމަކީ ވާޖިބެއް ނޫނެވެ. އެއީ ސުންނަތެކެވެ. އެކަމުގެ ދަލީލަކީ ޢުމަރު ރަޟިޔަﷲ ޢަންހު ހުކުރުދުވަހުގެ ޚުޠުބާއެއްގައި ސަޖިދައިގެ އާޔަތެއް (ނަޙްލު ސޫރަތުގެ އާޔަތް) ވިދާޅުވެފައި، މިންބަރުން ފައިބާވަޑައިގެން ތިލާވަތުގެ ސަޖިދަކުރެއްވިއެވެ. އަދި އެހެން ހުކުރު ޚުޠުބާއެއްގައި ހަމަ އެ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހަރު ތިލާވަތުގެ ސަޖިދައެއް ނުކުރައްވައެވެ. އޭގެފަހުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ( إِنَّ اللهَ لم يَفْرِضْ عَلَيْنَا السُّجُودَ إِلَّا أَنْ نَشَاءَ )[رواه البخاري] “އަހަރެމެން ބޭނުންވާ ފަހަރެއްގައި ކުރުމަށް މެނުވީ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ސަޖިދަ (ތިލާވަތުގެ ސަޖިދަ) ފަރުޟުނުކުރައްވައެވެ.”
ދެންފަހެ ކީރިތި ޤުރުއާން ހިތުދަސްކުރުމަށްޓަކައި ތަކުރާރުކޮށް މީހަކު ސަޖިދައިގެ އާޔަތެއް ކިޔަވާނަމަ އޭނާ ފުރަތަމަ ކުރާ ސަޖިދަ ދެން ބާކީ ހުރި ސަޖިދަތަކުން ފުދިގެންވެއެވެ. ސަޖިދަ އަލުންކުރުމުގެ ބޭނުމެއް ނެތެވެ. އާޔަތް ކިޔެވުން މެދުކަނޑާލުމަށްފަހުގައި ދިގު މުއްދަތެއް ފާއިތުނުވާނަމައެވެ.” [ބައްލަވާ مجموع الفتاوى (14/318] ( .

13- ކީރިތި ޤުރުއާނުގައިވާ ސަޖިދައިގެ އާޔަތްތަކަކީ ކޮބައިތޯއެވެ؟
ޖ- ކީރިތި ޤުރުއާނުގައިވާ ސަޖިދައިގެ އާޔަތްތަކުގެ ޢަދަދަކީ ފަނަރައެވެ. [ބައްލަވާ آيات سجدات القر آن تفسير وبيان- د/ سعود بن عبد العزيز بن سليمان الحمد، الأستاذ المشارك بقسم القرآن وعلومه، كلية الشرعية والدراسات الإسلامية، جامعة القصيم] އެ އާޔަތްތަކަކީ:
1- (إِنَّ الَّذِينَ عِندَ رَبِّكَ لاَ يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ) (الأعراف/206 ) .
2- (وَللهِ يَسْجُدُ مَنْ فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُمْ بِالْغُدُوِّ وَالْآَصَالِ). ( الرعد/15) .
3- (وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِنْ دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ) (النحل/49) .
4- (قُلْ آَمِنُوا بِهِ أَوْ لَا تُؤْمِنُوا إِنَّ الَّذِينَ أُوتُوا الْعِلْمَ مِنْ قَبْلِهِ إِذَا يُتْلَى عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا) (الإسراء/107 ) .
5- (أُولَئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ مِنْ ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِنْ ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا إِذَا تُتْلَى عَلَيْهِمْ آيَاتُ الرَّحْمَنِ خَرُّوا سُجَّدًا وَبُكِيًّا) ( مريم/58 ) .
6- (أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاء ) (الحج/18 ) .
7- (يَا أَيُّهَا الَّذِينَ آَمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ) (الحج/77 )
8- (وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورً) . ( الفرقان/60 ) .
9- (أَلَّا يَسْجُدُوا لِلَّهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ) (النمل/25 ) .
10- (إِنَّمَا يُؤْمِنُ بِآَيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ) (السجدة/15 ) .
11- (قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَى نِعَاجِهِ وَإِنَّ كَثِيرًا مِنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَى بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَا هُمْ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ) (ص/24) .
12- (وَمِنْ آَيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ) (فصلت/37) .
13- (فَاسْجُدُوا لِلَّهِ وَاعْبُدُوا) (النجم/63) .
14- (وَإِذَا قُرِئَ عَلَيْهِمُ الْقُرْآَنُ لَا يَسْجُدُونَ) (الانشقاق/21 ) .
15- (كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ) (العلق/19 ) .
[ބައްލަވާ فقه السنة 1/186-188]
(ނުނިމޭ)

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް1

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް3