[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 7

3. ގާތްގަނޑަކަށް ހިޖުރައިން ތިންވަނަ ޤަރުނުގައި ދެޙަރަމްފުޅުގެ ޢިލްމީ މަޤާމު ބީވެގެން ދިޔުމަށްފަހު ނުވަވަނަ ޤަރުނަށްފަހު ދެޙަރަމްފުޅުށް، އެދެތަނުގެ ޢިލްމީ މަޤާމު ކޮންމެވެސް މިންވަރަކަށް އިޢާދަވިއެވެ. އެއީ ރާފިޟީން މިދެރަށުގެ ވެރިކަމާއި މިންބަރަށް ގަދަވެގަތުމަށް ފަހުއެވެ. އެކަމުގެ ވާހަކަ އިމާމު އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ (الفتاوى) ގެ 8ވަނަ މުޖައްލަދުގައި ބަޔާންކުރައްވާފައިވެއެވެ. އަދި (الأمصار ذوات الآثار) ގައި ޙާފިޡު ޛަހަބީއާއި (التحفة اللطيفة)ގައި ޝަމްސުއްދީން އައްސަޚާވީ އަދި އިބްނު ބަޠޫޠާގެ ދަތުރުތަކުގައިވެސް އެކަމަށް އިޝާރާތްކޮށްފައިވެއެވެ.

އެހެނީ ޢުޘްމާނީން ޝާމުކަރައަށާއި މިޞްރަށާއި ޙިޖާޒުކަރައަށް ވަނުމަށްފަހު، ޙިޖާޒުގައާއި އަދި އެނޫން އިސްލާމީ ބިންތަކުން ރާފިޟީންގެ ބާރު ދެރަކުރުމަށް އެބައިމީހުން ބުރަ މަސައްކަތްތަކެއް ކުރިއެވެ. ހަމަ އެފަދައިން އައްތުރުކުމާނުއާއި ސަލާޖިޤާއިންވެސް އެޒަމާނުގައި އުޅުނު ރާފިޟީންނާއި ބާޠިނީންނާމެދު އެމޭރުމުން ޢަމަލުކުރިއެވެ.

ދިހަވަނަ ޤަރުނަށްފަހު ސުންނަތަށް ޚިދުމަތްކުރެއްވުމުގައި ބުރަމަސައްކަތެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޢަބްދުއްރައޫފު އަލްމުނާވީ (އަވަހާރަވީ 1031ހ) އަދި ޢަލީ ޤާރީއާއި  (އަވަހާރަވީ 1014ހ)  އަދި މުޙައްމަދު ޢަބްދުލްހާދީ އައްސިންދީ (އަވަހާރަވީ 1038ހ) ހިމެނިވަޑައިގަންނަވައެވެ.

 

4. ޢަރަބި ޖަޒީރާގައި ޢިލްމީ ސަލަފީ ހޭލުންތެރިކަމެއް އަހްލުއްސުންނާ ވަލްޖަމާޢަތުގެ މަންހަޖުގެ މަތީގައި އައެވެ. އެއީ ޝައިޚުލް އިސްލާމް އަލްޙާފިޡު ޢަބުލް ޢައްބާސް އިބްނު ތައިމިއްޔާގެ މަސައްކަތްތަކާއި އެކަލޭގެފާނުގެ ދަރިވަރުންގެ ކިބައިން އަލިމަގު ލިބިގެންނެވެ. އެކަންވެގެން ދިޔައީ ހިޖުރައިން ބާރަވަނަ ޤަރުނުން ފެށިގެން شيخ الإسلام المجدد الإمام محمد بن عبدالوهاب އާއި އެކަލޭގެފާނުގެ ދަރިވަރުންނާއި ކާފަދަރިންގެ އަތްމައްޗަށެވެ. ﷲގެ ފަޟްލުވަންތަކަމުން، އަޅުގަނޑުމެން އަދިވެސް ދިރިއުޅެމުން މިދަނީ އެބަރަކާތްތެރި ސަލަފީ ހޭލުންތެރިކަމުގެ އަޘަރުތަކުގެ މަތީގައެވެ. އޭގެ ސަބަބުން އަހްލުއްސުންނާއަށްވަނީ އެބައިމީހުންގެ މަޤާމު އަނބުރާލިބި އިސް އުފުލާލުމަށް ފުރުޞަތު ލިބިފައެވެ. އެއީ ފަހު ޒަމާންތަކުގައި ބިދުޢަވެރިންގެ ހައްދު ފަހަނައަޅާ ދިޔުންތަކުގެ ޛަރީޢާއިން އެބައިމީހުން އަހްލުއްސުންނާގެ މީހުން ވިއްސިވިހާލެވި ކުރުވާފައިވުމަށް ފަހުއެވެ.

 

5. މިޒަމާނުގައި ސުންނަތާއި އޭގެ ޢިލްމުތަކަށް ޚިދުމަތްކުރުމާއި ދިރާސާކުރުމާއި ތަޚްރީޖުކުރުމާއި އަދި މިނޫން މަސައްކަތްތަކުގައި އައްޝައިޚު އަޙްމަދު ބުން މުޙައްމަދު ބުން އައްޝާކިރު رحمه الله އާއި އައްޝައިޚު މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ رحمه الله ގެ ފައިދާކުރަނިވި، ރަނގަޅު، ބުރަ މަސައްކަތްޕުޅުތަކެއް ވެއެވެ.

 

6. ހަމަކަށަވަރުން އަޅުގަނޑުގެ ކުރިން، ސުންނަތް ޖަމާކުރެވުނު ގޮތާ ބެހޭގޮތުން ލިޔުއްވި ބޭފުޅުން ލިޔުއްވާފައިވަނީ ފުރަތަމަ ޤަރުނުގައި އެކަން ކުރެވުނުގޮތާމެދުއެވެ. ބައެއް ބޭފުޅުން އެއަށްވުރެ ތަނަވަސްކޮށް ޚުލާޞާ ގޮތަކަށް ތިންވަނަ ޤަރުނާ ހަމައަށް ހިމަނުއްވާފައިވެއެވެ.

 

އަޅުގަނޑަށް ފެނުނު ގޮތުގައި މިމައުޟޫޢުގައި އެންމެ ފުޅާކޮށް ލިޔުއްވާފައިވަނީ: އައްޝައިޚު އަބޫ ޒަހްވުއެވެ. އެއީ އެކަލޭގެފާނުގެ (الحديث والمحدثون) އޭ ކިޔުނު ފޮތުގައެވެ. ނަމަވެސް އަޅުގަނޑުވާނީ އެބޭފުޅާގެ ފޮތުގައި ގެންގުޅުއްވާފައި އުސްލޫބު ނޫން އެހެން އުސްލޫބެއް ބޭނުންކޮށްފައެވެ. އެހެނީ އަޅުގަނޑުވާނީ ވީވަރަކުން [އަލްޖާމިޢާ އަލްއިސްލާމިއްޔާގެ] ކުއްލިއްޔާގެ މަންހަޖަށް ރިޢާއަތްކޮށްފައެވެ.

وأسأل الله التوفيق السداد لما يحبه ويرضاه.

 

ލިޔުއްވީ

محمد بن مطر الزهراني

އަލްމަދީނާ އައްނަބަވިއްޔާ

15 ރަބީޢުލް އައްވަލު 1412ހ

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް