
ގިނަ ޢިލްމުވެރިންގެ އަރިހުގައި ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތަކީ ސުންނަތް ނަމާދެކެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިކަމުގެ މައްޗަށްވަނީ އިޖުމާޢުވެފައެވެ.
عن أبي قتادة رضي الله عنه قال: قال النبي – صلى الله عليه وسلم – : (( إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلَا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ )) [رواه البخاري 1167 ومسلم714]
މާނައީ: އަބޫ ޤަތާދާ رضي الله عنهވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلمޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެކަމުގައިވާނަމަ، ފަހެ އޭނާ ދެ ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިޝީންނަ ހުށިކަމެވެ.”
އިމާމް ނަވަވީ رحمه اللهވިދާޅުވެފައިވެއެވެ.
“ތަޙިއްޔަތުލް މަސްޖިދަކީ، ސުންނަތެއްކަމަށް ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އަދި ޢުޛުރަކާ ނުލާ، ތަޙިއްޔަތުލް މަސްޖިދްގެ ދެރަކުޢަތް ނުކޮށް އިށީނުމަކީ މަކްރޫހަ ކެމެކެވެ. އެހެނީ އަބޫ ޤަތާދާގެ ޙަދީޘްގައިއެވަނީ ވަރަށް ޞަރީޙަކޮށް އެކަން ނަހީކުރައްވާފައެވެ.” المجموع (544/3)
އަލް ޙާފިޡް އިބްނު ޙަޖަރު رحمه اللهވިދާޅުވެފައިވެއެވެ.
“މި ކަމުގައި އައިސްފައިއެވާ އަމުރުން ނެގެނީ ސުންނަތެއްކަމުގެ މާނަކަމަށް ފަތުވާދެއްވުމުގެ ޤާބިލުކަންހުރި ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައިވެއެވެ. އިބްނު ބައްޠާލް ޡާހިރީންގެ (މަޛްހަބުތަކުގެ ތެރެއިން މަޛްހަބެއް) ކިބައިން އެއީ ވާޖިބެއްކަމަށް ނަޤުލުކުރައްވާފައިވެއެވެ. ނަމަވެސް އިބްނު ޙަޒަމް ޞަރީޙަކޮށް ވިދާޅުވެފައިވަނީ އެއާ ޚިލާފަށެވެ. ” “فتح الباري” (1/538 ، 539 ) ، وينظر: “المحلى(2/7)
ތަޙިއްޔަތުލް މަސްޖިދްގެ ޙުކުމާއި ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފަތާވާކޮމެޓީން ނެރެފައިވާ ފަތުވާގައިވެއެވެ. “މިސްކިތައްވަންނަ ކޮންމެ މީހެއްގެ މައްޗަށްވެސް ތަޙިއްޔަތުލް މަސްޖިދްގެ ދެ ރަކުޢަތް ކުރުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. އެހެނީ ރަސޫލާ صلى الله عليه وسلمއަންނަނިވި ޙަދީޘް ބސްފުޅުގެ ޢާންމު މާނައިގެ ސަބަބުންނެވެ.
عن أبي قتادة رضي الله عنه قال: قال النبي – صلى الله عليه وسلم – : (( إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلَا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ )) [رواه البخاري 1167 ومسلم714]
މާނައީ: އަބޫ ޤަތާދާ رضي الله عنهވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلمޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެކަމުގައިވާނަމަ، ފަހެ އޭނާ ދެ ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިޝީންނަ ހުށިކަމެވެ.””
އައްޝެއިޚް އިބްނު ޢުޘައިމީން رحمه اللهވިދާޅުވެފައިވެއެވެ.
“ތަޙިއްޔަތުލް މަސްޖިދަކީ ވާޖިބެއްކަމަށް އައިސްފައިވާ ރައުޔަކީ ވަރުގަދަ ރައުޔެކެވެ. ނަމަވެސް އެންމެ ޞައްޙަކަން ބޮޑު ރައުޔަކީ އެއީ ސުންނަތް މުއައްކަދާއެއްކަމަށްވާ ރައުޔެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.” مجموع الفتاوى (354/14)
___________________________________
މިލިޔުމުގެ އަޞްލު http://islamqa.info/ar/181099