ނަންފުޅާއި ނަސަބުފުޅާއި ކުންޔާ:
محمد بن إدريس بن العباس بن عثمان بن شافع بن السائب بن عبيد بن عبد يزيد بن هاشم بن المطلب بن عبد مناف ، وعبد مناف بن قصي بن كلاب بن مرة بن كعب بن لؤي بن غالب بن فهر بن مالك بن النضر بن كنانة بن خزيمة بن مدركة بن الياس بن مضر بن نزار بن معد بن عدنان [1]
ކުންޔާ:أبو عبد الله [2]
އިސްވެދިޔަ ނަސަބުފުޅަށްބަލާއިރު، ޝާފިޢީގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބެފުޅުގެ ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުޅިފައިވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ކާފާފުޅު عبد المناف އާއި ހަމައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ވަޑައިގެންފައިވަނީ هاشم بن عبد المناف ގެ ދަރިކޮޅުންނެވެ. އަދި މީގެތެރެއިން ޝާފިޢީގެފާނު ވަޑައިގެންފައިވަނީ المطلب بن عبد منافގެ ދަރިކޮޅުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.“
((إنَّمَا بَنُو الْمُطَّلِبِ وَبَنُو هَاشِمٍ شَيْءٌ وَاحِدٌ))[3]
މާނައީ: “ހަމަކަށަވަރުން المطلب ގެދަރިކޮޅާއި هاشمގެދަރިކޮޅަކީ އެއްދަރިކޮޅެކެވެ.”
الإمام النووي رحمه اللهވިދާޅުވިއެވެ.
“ﷲތަޢާލާ އެކަލޭގެފާނުގެ ގައިގައި ކަރާމަތްތެރި އެތައްކަމެއް ޖަމަޢަ ކުރައްވާފައިވެއެވެ. އެ ޝަރަފުވެރި ކަންތައްތަކުގެ ތެރެއިން ޠާހިރު ނަސަބުފުޅެއްގައި އެކަލޭގެފާނު ލެއްވެން ހިމެނެއެވެ. އެކަލޭގެފާނުގެ ނަސަބުފުޅަކީ ރިވެތިވެގެންވާ ނަސަބުފުޅެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނު، ނަސަބުފުޅުން ޖަމާކުރެއްވިއެވެ. އަދި މީގެތެރޭގައި އެކަލޭގެފާނު މުޤައްދަސްވެގެންވާ ބިމެއްގައި އުފަންކުރެއްވުން ހިމެނެއެވެ. އަދި ބޮޑުފުޅުވެވަޑައިގެންފައިވަނީ މައްކާގައެވެ.” [4]
______________________________________
[1] تاريخ دمشق لابن عساكر/ حرف الميم/ ذكر من اسم أبيه إدريس من المحمدين/ مُحَمَّدُ بْنُ إِدْرِيسَ بْنِ الْعَبَّاسِ بْنِ عُثْمَانَ …
[2] تاريخ دمشق لابن عساكر/ حرف الميم/ ذكر من اسم أبيه إدريس من المحمدين/ مُحَمَّدُ بْنُ إِدْرِيسَ بْنِ الْعَبَّاسِ بْنِ عُثْمَانَ …
[3] رَوَاهُ الْبُخَارِيُّ
[4] تهذيب الأسماء واللغات, للإمام النووي (1/49),دار الكتب العلمية