އެކަލޭގެފާނުގެ ޙިކުމަތްތެރި ކުރު ބަސްފުޅުތަކުގެ ތެރެއިން…-رحمه الله-
الإمام النووي رحمه اللهގެ تهذيب الأسماءގައި ބަޔާންކުރައްވާފައިވާ މިފަދަ ޢިބުރަތްތެރި ބަސްފުޅުތަކުގެ ތެރެއިން މިންވަރެއް ލިސްޓުކޮށްލަމެވެ.[1]
الإمام الشافعي رحمه الله ވިދާޅުވިއެވެ:
- “طَلَبُ الْعِلْمِ أَفْضَلُ مِنْ صَلَاةِ النَّافِلَةِ”
“ޢިލްމުއުނގެނުން ސުންނަތް ނަމާދަށްވުރެ ހެޔޮކަންބޮޑެވެ.” (އެބަހީ ދީނީ ޢިލްމު އުނގެނުމުގެ ވާހަކައެވެ.)
- “زِيْنَةُ العِلْمِ الوَرَعُوالحِلْمُ”
“ޢިލްމުގެ ޒީނަތްތެރިކަމަކީ، ވަރަޢަވެރިކަމާއި ޙިލްމުވެރިކަމެވެ.”
- ” لَيْسَ الْعِلْمُ مَا حُفِظ، الْعِلْمُ مَا نَفَعَ “
“ޢިލްމަކީ ޢިލްމުން ހިތުދަސްކޮށްފައިވާ މިންވަރެއް ނޫނެވެ. ޢިލްމަކީ އެޢިލްމަކުން ފައިދާކުރަނިވި ޢިލްމެވެ.”
- “مَنْ غَلَبَتْهُ الشَّهْوَةُ لِلدُّنْيَا لَزِمَتْهُ العُبُوْدِيَّةُ لأَهْلِهَا”
“ދުނިޔޭގެ ޝަހުވަތްތެރިކަން މީހެއްގެމައްޗަށް ގަދަވެގެންފިމީހާ، އެތަނުގެ އަހުލުވެރިންނަށް އަޅުކަންކުރުމުގައި އެމީހަކު ދެމިހުރެއެވެ.”
- “مَنْ رَضِيَ بِالقَنُوْعِ زَالَ عَنْهُ الخُضُوْعُ”
“މަދުއެތިކޮޅަކަށް ރުހޭމީހުނަށް، މީސްތަކުންނަށް ނިކަމެތިވެގަތުން އެމީހުންގެކިބައިން ފިލާދާ ހުއްޓެވެ.”
- “لَوْ عَلِمْتُ أَنَّ شُرْبَ الماءِ البَارِدِ يُنْقِصُ مُرُوْءَتِيْ لمَاَ شَرِبْتُهُ، وَلَوْ كُنْتُ اليَوْمَ مِمَّنْ يَقُوْلُ الشِّعْرَ لَرَثَيْتُ المُرُوْءَةَ”
“ފިނިފެންބުއިމަކީ ތިމަންކަލޭގެފާނުގެ މުރޫއަތްތެރިކަން އުނިވާކަމެއްކަން އެނގޭކަމުގައި ވާނަމަ ތިމަންކަލޭގެފާނު ފިނިފެން ނުހިއްޕެވީމުހެވެ. އަދި ތިމަންކަލޭގެފާނަކީ މިއަދު ޅެންކިޔުއްވާ ޝާޢިރެއްނަމަ، މުރޫއަތްތެރިކަން ފިލައިގެން ގޮސްފައިވާތީ އެކަމުގެ ހިތާމައިގައި ޅެމެއް ކީމުހެވެ.”
- “المُرُوْءَةُ أَرْبَعَةُ أَرْكَانٍ : حُسْنُ الخُلُقِ ، والسَّخَاءُ ، والتَّوَاضُعُ ، والنُّسُكُ”
“މުރޫއަތްތެރިކަމުގައި ހަތަރު ރުކުނެއްވެއެވެ. (އެއީ) ރިވެތި އަޚުލާޤާއި، ދީލަތިކަމާއި، ތަވާޟުޢުވެރިކަމާއި ޒުހުދުވެރިކަމެވެ.”
- “المُرُوْءَةٌ عِفَّةُ الجَوَارِحِ عَمَّا لا يَعْنِيْهَا”
” މުރޫއަތްތެރިކަމަކީ، ނުބެހޭ ކަންކަމުން ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކުރުމެވެ.”
- “مَنْ صَدَقَ الله نَجَا وَمَنْ أَشْفَقَ عَلَى دِيْنِهِ سَلِمَ مِنَ الرَّدَى وَمَنْ زَهِدَ فِى الدُّنْيَا قَرَّتْ عَيْنَاهُ لمِاَ يَرَاهُ مِنْ ثَوَابِ اللهِ غَدًا”
“ﷲތެދުކޮށްފި މީހަކު، ނަޖާވެއްޖެއެވެ. އަދި އޭނާގެ ދީނުގެ މައްޗަށް ބިރުވެތިވެއްޖެމީހަކު،ނިކަމެތިކަމުން ސަލާމަތްވެއްޖެއެވެ. އަދި ދުނިޔޭގައި ޒުހުދުވެރިވެއްޖެ މީހަކު، މާދަމާ ﷲތަޢާލާ އޭނާއަށް ދެއްވާނެ ޘަވާބު ފެނުމުން އެކަން ލޮލުގެ ފިނިކަން ކަމުގައި ވެގެންދެއެވެ.”
___________________________________________
[1] تهذيب الأسماء (1/53-57) وهي في مناقب البيهقي كذالك (2/168-214)