الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ގޭތެރޭގައި ރިވެތި އަޚްލާޤު
21 ވަނަ ނަސޭހަތް: ގޭތެރޭގައި ރިވެތި އަޚްލާޤު ފެތުރުން
عَنْ عَائِشَةَ، أَنَّهَا قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِذَا أَرَادَ اللَّهُ عَزَّ وَجَلَّ بِأَهْلِ بَيْتٍ خَيْرًا، أَدْخَلَ عَلَيْهِمُ الرِّفْقَ» [رواه الإمام أحمد في المسند ٢٤٤٢٧ وهو في صحيح الجامع ٣٠٣]
މާނައީ: “ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަމަނާ ވިދާޅުވިއެވެ. “ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ގެއެއްގެ އަހުލުންނަށް ﷲ عز وجل ހެޔޮ ގޮތް އިރާދަކުރައްވާ ހިނދު އެބައިމީހުންގެ ތެރެއަށް އޯގާތެރިކަން ވައްދަވައެވެ.” “
އަދި އެހެން ރިވާޔަތެއްގައި ވެއެވެ.
«إِنَّ اللهَ إذَا أَحَبَّ أَهْلَ بيتٍ أَدْخَلَ عَلَيْهِم الرِّفْقَ» [رواه ابن أبى الدنيا وغيره وهو في صحيح الجامع رقم ١٧٠٤]
މާނައީ: “ހަމަކަށަވަރުން ﷲ، ގެއެއްގެ އަހުލުންދެކެ ލޯބިވެވޮޑިގަންނަވާ ހިނދު އެބައިމީހުންގެ މައްޗަށް އޯގާތެރިކަން ވައްދަވައެވެ.”
އެބަހީ: އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެއެވެ. މިއީ ގޭތެރެ ބާއްޖަވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ފަހެ، އޯގާތެރިކަމަކީ ދެމަފިރިންގެ ދެމެދުގައި އަދި ދަރިންނާއެކު ވަރަށް ފައިދާކުރަނިވި ކަމެކެވެ. އަދި ހަރުކަށިވެގެން ނުނެރެވޭ ނަތީޖާ އެކަމުން ނެރެވެއެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ.
«إِنَّ اللهَ رَفِيقٌ يُحِبُّ الرِّفْقَ، وَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْعُنْفِ، وَمَا لَا يُعْطِي عَلَى مَا سِوَاهُ» [رواه مسلم ، كتاب البر والصلة والآداب رقم ٢٥٩٣]
މާނައީ: “ހަމަކަށަވަރުން ﷲ އަކީ އޯގާވަންތަ އިލާހެވެ. އެއިލާހު އޯގާތެރިކަމަށް ލޯބިވެވޮޑިގެންވެއެވެ. އަދި ހަރުކަށިކަމަށާއި އެހެން އެއްވެސް ކަމަކަށް ނުދެއްވާ ފަދައިން އޯގާރެތިކަމަށް ދެއްވައެވެ.”
_________________________
=ނުނިމޭ=