[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (39)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

22 ވަނަ ނަސޭހަތް: ގޭތެރޭގެ ކަންތައްތަކުގައި ގޭގެ އަހުލުންނަށް އެހީތެރިވުން

 

ގިނަ ފިރިހެނުން ދެކޭގޮތުގައި ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަދި ބައެއް މީހުން ޤަބޫލުކުރާގޮތުގައި ގޭގެއަހުލުންގެ މަސައްކަތުގައި އެހީތެރިވުމަކީ އެމީހުންގެ ޤަދަރާއި މަޤާމު ދަށްވާކަމެކެވެ.

ނަމަވެސް ރަސޫލުﷲ صلى الله عليه وسلم، އެކަލޭގެފާނުގެ ހެދުންކޮޅު ފައްސަވާ، އެކަލޭގެފާނުގެ ފައިވާން ޖޯޑުކޮޅު މަރާމާތުކުރައްވާ އަދި ފިރިހެނުން ގޭތެރޭގައި ކުރާ އެހެނިހެން މަސައްކަތްތައްވެސް ކުރައްވާކަމުގައިވެއެވެ. [رواه الإمام أحمد في المسند وهو في صحيح الجامع ٤٩٣٧]

ފަހެ، މިފަދައިން ވިދާޅުވެފައިވަނީ އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله عنها ގެ އަރިހުގައި ރަސޫލުﷲ صلى الله عليه وسلم ގެކޮޅުގައި ކުރައްވަނީ ކޮންކަމެއްތޯ އެކަމަނާއަށް ސުވާލު ދެންނެވުމުންނެވެ. ފަހެ، އެކަމަނާ ޖަވާބުގައި ބަޔާންކޮށްދެއްވާފައިވަނީ އެކަމަނާއަށް ފެނިވަޑައިގެންނެވި ކަންކަމެވެ.

އަދި އެހެން ރިވާޔަތެއްގައި ވެއެވެ.

«كَانَ بَشَرًا مِنَ الْبَشَرِ يَفْلِي ثَوْبَهُ وَيَحْلُبُ شَاتَهُ وَيَخْدُمُ نَفْسَهُ» [رواه الإمام أحمد في المسند ٦/٢٥٦ وهو في السلسلة الصحيحة ٦١٧]

މާނައީ: “(އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކަންތައްތަކުގައި) އެކަލޭގެފާނުވީ ހަމަ އެހެނިހެން އިންސާނުންނެކޭ އެއްފަދައިންނެވެ. އެކަލޭގެފާނުގެ ހެދުންކޮޅު ސާފުކުރައްވައެވެ. އަދި ކަންބަޅި ބަކަރިން ކިރު ފެއްލަވައެވެ. އަދި އަމިއްލަ ކަންތައްތައް ކުރައްވައެވެ.”

އަދި އެކަލޭގެފާނު ގޭގައި ކުރައްވާ ކަންކަމާ ބެހޭގޮތުން އެކަމަނާއާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.

«كَانَ يَكُونُ فِي مِهْنَةِ أَهْلِهِ – تَعْنِي خِدْمَةَ أَهْلِهِ – فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ» [رواه البخاري]

މާނައީ: “އެކަލޭގެފާނުގެ އަހުލުންނަށް ޚިދުމަތްކޮށްދެއްވައެވެ. އަދި ނަމާދު ވަޤުތު ޖެހުމުން ނަމާދަށް ވަޑައިގަންނަވައެވެ.”

ފަހެ، މިއަދު އަޅުގަނޑުމެން މިދަފައިން ޢަމަލުކޮށްފިނަމަ އަޅުގަނޑުމެންނަށް ކަންތައްތަކެއް ޙާޞިލުކުރެވޭނެއެވެ. އޭގެ ތެރޭގައި:

  • ރަސޫލުﷲ صلى الله عليه وسلم އަށް ތަބާވުން.
  • އަޅުގަނޑުމެންގެ އަހުލުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ތަވާޟުޢުވެރިކަމުގެ އިޙްސާސްކުރެވި، ކިބުރުވެރިކަމުން ދުރުވުން.

ބައެއް ފިރިހެނުން ތެލި އުނދުންމަތީ ހުއްޓާ ނުވަތަ ދަރިފުޅު ބަނޑުހައިވެގެން ރޮއެރޮއެ އޮއްވާ އެމީހުންގެ އަނބީންގެ ކިބައިން ކާންހަދައިދޭން އެދެއެވެ. ފަހެ، ދަރިފުޅު އުރާލުން ނުވަތަ ކާއެއްޗެއްސަށް ކުޑަ އިރުކޮޅަކު އިންތިޒާރުކޮށްލުމަށް އެބައިމީހުން ބޭނުން ނުވެއެވެ. އެހެނެއްކަމަކު މި ޙަދީޘްތަކަކީ އެބައިމީހުންނަށްވާ ހަނދުމަކޮށްދިނުމެކެވެ. އަދި ޢިބްރަތެކެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް