[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް… (1)

ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ – رحمه الله – ވިދާޅުވެފައިވެއެވެ:

“މީސްތަކުންގެ ތެރެއިން ބަޔަކު، އޭނާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއި އަދި އެކުގައި އެއްމަޖިލިސްކުރާމީހުންނާއި އެއްބައިވުމުގެ ގޮތުން ޣީބަބުނެއުޅެތެވެ. އެއީ އޭނާ އެމީހެކޭ ކިޔައިގެން ޣީބަބުނެވުނު މީހަކީ، އޭނާ އެދެއްކި ވާހަކައަކުން ނުވަތަ އޭނާދެއްކި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކައިން ބަރީއަވެގެންވާ މީހެއްކަން އެނގޭ ޙާލުގައެވެ. އެހެނީ އޭނާ ދެކެނީ، އޭނާ އެބައިމީހުންނާއި އިންކާރުކޮށްފިނަމަ މަޖުލިސް ރޫޅި އޭނާއާމެދު އެމީހުން ނަފުރަތްތެރިވެދާނެކަމަށެވެ. އެހެންކަމުން އޭނާދެކެނީ އެމީހުންނާއި އެއްބައިވުމަކީ، ތިމާގެކަމުގެ ގުޅުން ދަމަހައްޓައި، ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުން ކަމުގައެވެ. ދެން އޭނާ އެމީހުން ރުޅިއަންނަހިނދު އެމީހުންނާ އެއްބައިވެ ރުޅިއާދެއެވެ. އަދި އެމީހުންނާއެކު އެވާހަކަދެއްކުން ކުރިޔަށްގެންދައެވެ.

އަދި ބައެއްމީހުން އެކިކަހަލަ ވާހަކައިން ޣީބަ ބުނެއުޅެތެވެ. އެގޮތުން ދީނީ ގޮތުން، އިޞްލާޙުކުރުންކަމުގައިދެކި މީސްތަކުންގެ މަސްކައި އުޅެތެވެ.”

[އޭގެ މިސާލަކީ، ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް މީހަކު ކުރުމުން ބައެއްމީހުން އޭނާ ނެތްތަނުގައި ކިޔާއުޅެތެވެ. އެވެނި މީހަކު އެކުރީ ހާދަ ނުބައިކަމެކެވެ. އެއީ ދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑުފާފައެކެވެ. ނުވަތަ އެވެނި މީހަކީ އެވެނި ނުބައި ކަމެއްކުރާ މީހެކެވެ. އޭނާގެ ފަރާތުން ރައްކާތެރިވާންޖެހޭނެއޭ ބުނެ، އޭނާގެ ނުބައި ހުރިހާ ވާހަކަތަކެއް ދައްކާ އުޅެތެވެ. މީހެއްގެ ނުބައިކަމަކުން ބަޔަކު ސަލަމާތްކުރަންކަމަށްބުނެ އޭނާގެ ހުރިހާ ޢައިބެއް މީސްތަކުންގެތެރޭ ދައްކާ ފަޟީޙަތްކޮށް އުޅެތެވެ.]

-ނުނިމޭ-

މިލިޔުމުގެ އެހެންބައިތައް