[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (44)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޭގެ އެތެރެއާއި ބޭރު

 

37 ވަނަ ނަސޭހަތް: ރަނގަޅު ހިސާބަކުން ގެ އިޚްތިޔާރުކުރުމާއި ގޭގެ ޑިޒައިން

 

ޙަޤީޤީ މުސްލިމުން  އެހެން މީހުންނަށްވުރެ ބޮޑަށް އޭނާގެ ގެ އިޚްތިޔާރުކުރުމާ އަދި ޑިޒައިން ކުރުމަށް އިސްކަންދޭނެއެވެ.

 

ފަހެ، ގޭގެ ސަރަހައްދު އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭ ބައެއް ކަންކަމުގެ މިޘާލަކީ:

  • މިސްކިތެއްގެ ކައިރީގައި ގެ ހުރުން. މިކަމުގައި ބޮޑެތި ފައިދާތަކެއްވާކަމީ ފޮރުވިފައިވާ ކަމެއް ނޫނެވެ. ފަހެ، (ބަންގީގެ) ނިދާ ނަމާދުގެ މަތިން ހަނދާންކޮށްދެއެވެ. އަދި ނަމާދަށް ހޭލައްވާލައެވެ. އަދި (މިސްކިތް) ކައިރީގައި ވުމުން ފިރިހެނުންނަށް ޖަމާޢަތުގައި ބައިވެރިވުމުގެ ހިތްވަރަކަށްވެއެވެ. އަންހެނުންނަށް ޤުރުއާން ކިޔަވާ އަޑާއި ޛިކުރުގެ އަޑު މިސްކިތުގެ އަޑުގަދަކުރާއިން އިވެއެވެ. އަދި ކުޑަކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ޙަލަޤާތަކުގައި ބައިވެރިވެއެވެ. އަދި މިފަދަ އެހެން ކަންތައްތައްވެސްމެއެވެ.
  • ފާސިޤުން ނުވަތަ ކާފިރުން އުޅޭ ޢިމާރާތެއްގައި ހުރި އެޕާޓްމަންޓަކަށް ނުވުން. އަދި އެތަނުގައި ދެޖިންސު އެއްވާ ފަތާ ފެންގަނޑާ އަދި މިނޫންވެސް އެފަދަ އެއްޗެއް ހުރި ތަނަކަށް ނުވުން.
  • ގޭތެރެއަށް ބޭރު ނުފެނުން އަދި ބޭރުން ގޭތެރެ ނުފެނުން. މިގޮތަށް ފެންނަކަމުގައި ވާނަމަ ދޮރުފޮތިން ނުވަތަ ބިތްގަނޑަކުން ނުވަތަ ފާރު އުސްކޮށްގެން ނުފެންނަ ގޮތް ހެދުން.

ޑިޒައިން ކުރާއިރު ވިސްނަންޖެހޭ ބައެއް ކަންކަމުގެ މިޘާލަކީ:

  • މަޙްރަމު ނޫން މީހުން ގެއަށް ޒިޔާރަތްކުރާއިރު، އަންހެނުންނާއި ފިރިހެނުން ވަދެނުކުތުމާއި އިށީނދެތިބުމުގައި ދެބައިމީހުން ވަކިން ތިބެވޭނެ ގޮތެއް ހެދުމަށް އިސްކަންދިނުން. އެފަދަ ގޮތެއް ނެތްނަމަ ދޮރުފޮތި ނުވަތަ ބިތްގަނޑެއްގެ ބޭނުން ހިފުން.
  • ކުޑަދޮރުތައް އެތެރެ ނުފެންނާނެހެން ފޮރުވުން. އެއީ އަވަށްޓެރިންނަށް ނުވަތަ މަގުމަތިންދާ މީހުންނަށް ކޮޓަރިތެރެ ނުފެންނާނެ ގޮތް ހެދުން. ޚާއްޞަކޮށް ރޭގަނޑު އަލިކުރަން ހޮޅިބުރިއާއި ބޮކިފަދަ ތަކެތި ދިއްލާފައި ހުންނައިރު ނުފެންނާނެ ގޮތް ހެދުން.
  • ފާހާނާތައް ބޭނުން ކުރާއިރު ޤިބްލައަށް ކުރިމަތި ނުވާގޮތަށް އެތަން ހެދުން.
  • ގޭތެރޭގައި ބޭނުންކުރާނެ ގިނަ ވަސީލަތްތަކެއްހުރި ތަނަވަސް ގެއެއް އިޚްތިޔާރު ކުރުން. އަދި އެކަމުގައި ހިމެނޭ ބައެއް ކަންކަމަކީ:

«إِنَّ اللَّهَ يُحِبُّ أَنْ يَرَى أَثَرَ نِعْمَتِهِ عَلَى عَبْدِهِ » [حديث رواه الترمذي رقم ٢٨۱٩ وقال : هذا حديث حسن]

މާނައީ:”ހަމަކަށަވަރުން ﷲ ތަޢާލާ، އެއިލާހުގެ އަޅާއަށް ދެއްވި ނިޢުމަތްތަކުގެ އަޘަރު އެއިލާހުގެ އަޅާގެ ކިބައިން ދެކެވޮޑިގަތުމަށް އެއިލާހު ލޯބިކުރައްވައެވެ.”

« ثَلاَثَةٌ مِنَ السَّعَادَةِ وَثَلاَثَةٌ مِنَ الشَّقاءِ فَمِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ تَرَاهَا فَتُعْجِبُكَ وَتَغِيبُ عَنْهَا فَتَأْمَنُهَا عَلَى نَفْسِهَا وَمَالِكِ وَالدَّابَّةُ تَكُونُ وَطِيئةً فَتُلْحِقُكَ بِأَصْحَابِكَ وَالدَّارُ تَكُونُ وَاسِعَةً كَثِيرَةَ الْمَرَافِقِ وَمِنَ الشّقاءِ: الْمَرْأَةُ تَرَاهَا فَتَسُوؤُكَ وَتَحْمِلُ لِسَانَهَا عَلَيْكَ وَإِنْ غِبْتَ عَنْهَا لَمْ تَأْمَنْهَا عَلَى نَفْسِهَا وَمَالِكَ وَالدَّابَّةُ تَكُونُ قَطُوفًا فَإِنْ ضَرَبْتَهَا أَتْعَبَتْكَ وَإِنْ تَركَتْهَا لَمْ تُلْحِقْكَ بِأَصْحَابِكَ وَالدَّارُ تَكُونُ ضَيِّقَةً قَلِيلَةَ الْمَرَافِقِ » [صحيح الجامع برقم ٣٠٥٦]

މާނައީ: “ބާއްޖަވެރިކަމުގެ ތެރެއިން ތިންކަމެއްވެއެވެ. އަދި އަބާއްޖަވެރިކަމުގެ ތެރެއިން ތިންކަމެއްވެއެވެ. ފަހެ، ބާއްޖަވެރިކަމުގެ ތެރެއިން ވަނީ: ޞާލިޙު އަންހެނާއެވެ. އޭނާއަށް ބަލާލުމުން ފަހެ ތިބާއަށް ހިތްހަމަޖެހުން ލިބެއެވެ. އަދި ތިބާ ނެތަސް އޭނާގެ ނަފްސާއި ތިބާގެ މުދަލަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަން އޮވެއެވެ. އަދި ކިޔަމަންތެރި ސަވާރީއެވެ. ފަހެ، ތިބާގެ އެކުވެރިންނާ އެ އަރާހަމަކުރާނެއެވެ. އަދި ތަނަވަސް، ވަސީލަތްތައް ގިނަ ގެއެވެ.

އަދި އަބާއްޖަވެރިކަމުގެ ތެރެއިން ވަނީ ތިބާއަށް އޭނާ ފެނުމުން ތިބާގެ ހިތަށް ނުތަނަވަސްކަން ގެނުވާ އަންހެނާއެވެ. އޭނާގެ ދުލުން ތިބާއަށް ހަމަލާދެއެވެ. އަދި ތިބާ ނެތިއްޔާ އޭނާގެ ނަފްސާއި ތިބާގެ މުދަލަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަމެއް ނޯވެއެވެ. އަދި ދަތުރުކުރަން އުނދަގޫ ސަވާރީއެވެ. އޭގައި ޖަހައިފިނަމަ ތިބާ ވަރުބަލިކުރުވާނެއެވެ. އަދި އެ ދޫކޮށްލައިފިނަމަ ތިބާގެ އެކުވެރިންނާ އަރާ ހަމައެއް ނުކުރާނެއެވެ. އަދި ދަތި، ވަސީލަތްތައް މަދު ގެއެވެ.”

ޞިއްޙަތާ ގުޅުން ހުރި ކަންކަމުގެ ތެރެއިން އިރުގެ އަލިކަން ގޭތެރެއަށް ލިބުމާއި، ވައި ދައުރުވުން ފަދަ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ. މިކަންކަމާ އަދި މިނޫނަސް މިފަދަ އެހެންކަންކަން ބިނާވެގެންވަނީ މާލީ ފޯރުންތެރިކަމާއި ލިބެންހުރި ވަސީލަތްތަކުގެ މައްޗަށެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް